ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި ތިބި ކުދިން ރިހެބިލިޓޭޓް ކުރުމަށް ސަރުކާރުން ގާއިމްކުރާ ތަނެކެވެ. ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެ ކަމަށް ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
އަދި އެތަނުގައި ވަކި ވަރެއް ވަންދެން ރިހެބިލިޓޭޓް ކުރުމަށް ފަހު ހާފްވޭ ހައުސްއަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ދ. ކުޑަހުވަދޫގައި ހުރި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްގެ މަސައްކަތް ނިމި އެ ތަނުގައި ހިދުމަތް ދެވޭ ވަރެއް އަދި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!