ހުޅުމާލޭ ފޭސްގެ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުހުން ބުނިގޮތުގައި ފޭސް އެކެއްގެ ސަހަރާ ކުރިމަތި މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެގެން ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ ނިޔާވެފައެވެ. އެކަން ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހާ ފެނުނީ އެތާ ޕާކުކޮށްފައި އޮތް ވޭނެ...
ޔުމްނާ ޢަލީ
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރު ނެރުނީ ގޯސްކޮށް ނިންމައި, ސުޕްރީމް ކޯޓުން މިއަދު އެ އަމުރު ބާތިލްކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ގުޅީފަޅު ހިއްކަން ހަވާލުކޮށްފައި ވަނިކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި, އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެކަން ހުއްޓުވި އެވެ. ނަމަވެސް […]
ހުސައިން ހަބީބް
ރާއްޖޭގައި ވަރިވާން ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭތީ ކަމަަށް ބުނެ ކަމަށާއި ގިނަ ފިރިހެނުން އަންހެނުން ވަރިކުރާ ސަބަބެެއް ކަމަށް ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ. އާއިލާތަކުގެ ދުވަހާ ގުޅިގެން އިސް ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އަނބިމީހާ ވަރިކުރާ މައްސަލަތަކުގައި […]
ހުސައިން ހަބީބް
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހޯދަން ދިވެހި ފުލުހުންގެ އިދާރާއިން އިޢުލާންކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ފުރަތަމަ ފަހަރަށް އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް މަސައްކަތް ފަށައިފިއެވެ. އުތީމް ކައުންސިލާއި ޣާޒީ ބަންޑާރައިން ސްކޫލާއި ގުޅިގެން ކުރިއަށް އޮތްއަހަރު އެ ރަށުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާ ކުރައްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް ދެ ޕްލޭނެއް ގެންގުޅުއްވާ ކަމަށެވެ. އަބްދުﷲ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ވިދިވިދިގެ ހަތަރުވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ސިޓީއާއި ޓޮޓެންހަމް ރޭ ބައްދަލު ކުރި މެޗަކީ ގިނަ ސަބަބުތަކާއި ހުރެ ވަރަށް ހާއްސަ މެޗެކެވެ. ރޭ މެޗަށް ސިޓީ ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީއަށް ވުރެ އެއް މެޗު އިތުރަށް […]
އިބްރާހިމް ޚަލީލް
މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނަކަށް، ދިވެހި ބަސް ނޭނގޭ ކަމަށް ބުނުމުން ކޯޓުން އޭނާއަށް ތަރުޖަމާނަކު ހަމަޖައްސަން މިއަދު އަންގައިފި އެވެ. ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އެޑްރެސް އޮތީ މާލޭގައެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭންގޭ ކަމަށާއި، ތަރުޖަމާނަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީފައިވާ ކ...
ހުސައިން ހަބީބް
އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫން ބުނީ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކުރާނެއެވެ. މި މުބާރާތުގެ ޕްރައިޒް ޕޫލަކީ 10،000 ރުފިޔާއެވެ. އެއް...
އަޙްމަދު ވަހީދު
ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ބޭނުންވާ ނެރޯ ބޮޑީ މަތިންދާ ބޯޓު ކުއްޔަށް ހޯދުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ހޯދަން ބޭނުންވަނީ އެއާބަސް އޭ-319 ނުވަތަ އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ. އެއާބަސް އޭ-319 އަކީ 156 ސީޓުގެ 3،700 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެއާބަސް އޭ-120 އަކީ 180 ސީޓުގެ 3،900 […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރިޔާ މިދިޔަ ހޮނިހިރު ދުވަހު ޕެރިހަށް ފުރައިފިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު، 18 އިން ފެށިގެން ޑިސެމްބަރު، 31 އާ ދޭތެރޭ އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ. މި ލަކީޑްރޯގެ ނަސީބުވެރި ކަސްޓަމަރާއެކު އުރީދޫ ޓީމުގެ ދެ މެމްބަރުންވެސް މި ދަތުރުގައި […]
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ “ސްކޫލް ގްރާންޓް” މިއަދު ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2024 ވަނަ އަހަރު ދިނުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ “ސްކޫލް ގްރާންޓް” ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރެވިފައެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް ސިޓީ ކައުނ...
ޔުމްނާ ޢަލީ
ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތުގައި ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. އަލްހާނާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ސަހުބާން އިތުރުން ޝަޒްބާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް […]
ހުސައިން ހަބީބް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އެއްވަރުވެ، ލިބުނު ޕޮއިންޓާއިއެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވިލާއިން ކުރަމުން އަންނަ އުންމީދު އައުވެއްޖެއެވެ. ޔޫރަޕްގެ ރަނގަޅު ރެކޯޑްތަކެއް އޮތް އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާއާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ލިބުނު ޕޮއިންޓާއިއެކު އެސްޓަންވިލާ މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި އޮތީ […]
އިބްރާހިމް ޚަލީލް
ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ނިންމައިފިއެވެ. އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާލާއިރު، އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://twi...
މުޙައްމަދު
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމަށް ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ. އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ރަސްމީ “އެކްސް” އެކައުންޓުން ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އެއްބައިވެ، ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ “އެކްސް” އެކައުންޓުން ކުރި […...
މުޙައްމަދު
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި ހަތަރު މެޗު ބާކީ އޮއްވައި ރެއާލް މެޑްރިޑުން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ރޭ މެޗަށް ނުކުތްއިރު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނާގައެވެ. ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ ކުޅުނު 35 މެޗުން […]
އިބްރާހިމް ޚަލީލް
ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ، ކުށެއް ނެތް ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ކުރިން ވެސް ބުނަމުން އަންނަ ބުނުން ތަކުރާރުކޮށްފައެވެ. އިރުމ...
ޔުމްނާ ޢަލީ
ހއ. ދިއްދޫ އަށް ރޭ ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި ހަ ފްލެޓެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ އިތުރު ފަރާތްތައް ގުޅިގެން މިހާރު ފުރާޅުލެވި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަގުތީ ނޫނީ ދާއިމީ ހިމާޔަތެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. “ދިއްދޫ ރައްޔިތުންގެ އެއްބާރުލުން ވެސް މިކަމުގައި […]
މުޙައްމަދު