ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...
އިބްރާހިމް ޚަލީލް
އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ނ. ލަންދޫ އަށް ލިބިއްޖެ އެވެ. އުރީދޫން ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމަކީ، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް […]
އިބްރާހިމް އަސްވާޤް
ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވައި ފަރުޟު ކުރައްވާފައިވާ ޒަކާތަކި މުދަލު ޒަކާތްކަމަށާއި އަދި އިސްލާމްދީނުގެ ރުކުނެއް ކަމުގައި ކަނޑައަޅުއްވާފައިވާ ޒަކާތަކީވެސް މުދަލު ޒަކާތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުކުރު ހުތުބާގައި ބުނީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ފިޠުރު ޒަކާތް ކަމުގައި ކަމަށާއި އެހެންކަމުން މަދު މީހަކު މެނުވީ ފިޠުރު ޒަކާތް ދެއްކި ނަމަވެސް ވަރަށް ގިނަބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. ޙަޤީޤަތުގައި މިއީ ވަރަށްބޮޑު އޮޅުމެއް ނ...
އަލީ އާދިލް
ހުޅުމާލެއާއި މާލެ އާއި ދެމެދު އަޅާފައިވާ ހައިވޭ މަތީގައި ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކު ޖުރިމަނާކޮށް ނަސޭހަތް ދީފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސިނަމާލެ ބްރިޖް ގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި މީހާއާއި އެސައިކަލުގެ ފަހަތުގައި އިން މީހާއާއި މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދެ މީހުން ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް ވިދާޅުވިއެވެ. “ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ގ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ މާރަންދޫގައި ބާއްވާ ބަދަހި ކަޕް ހޭންޑް ބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތްތަކަކީ އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތަކެކެވެ. ފުޓްސަލް މުބާރާތް ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްފައިވާއިރު، ހޭންޑް ބޯލް މުބާރާތް ބާއްވަނީ ކަނބަލުންނަށެވެ. މި މުބާރާތް ރާވާ ހިންގަނީ މާރަންދޫ ކައުންސިލާއި އެ ރަށު އިޖުތިމާއީ މަރުކަޒު ގުޅިގެންނެވެ. މި ދެ މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނ...
އިބްރާހިމް ޚަލީލް
ކަރަންޓް ބިލްތަކަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ. 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ އޭސީސީއިން ތަހުޤީޤުކޮށް އެ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށް...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 20 ވަނަ ދުވަހު...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” ގެ ނަމުގައި ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ. މިގޮތުނ...
ޔުމްނާ ޢަލީ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން އިދާރާތަކުން މަސައްކަތް ނުކުރާތީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައި އެވެ. މިދިޔަ 2023 ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75 ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަ...
އަލީ އާދިލް
ރާއްޖޭގެ އެކިކަންކޮޅުތަކުގައި 150 އެނދުގެ ތިން ހޮސްޕިޓަލެއް އަޅަން ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ވިދާޅުވީ...
މުޙައްމަދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފިއެވެ. ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސ...
މުޙައްމަދު
މަސްތުވާތަކެތީގެ ވިޔަފާރި ކުރި ތ. މަޑިފުށި މީހަކު 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި އަހަރުގެ ފެބްރުވަރީ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެރަށުގެ ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކޮށް އޭނަ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ހުކުމް މިހާރު ވަނީ އިއްވާފައެވެ. މިމަ...
ޔުމްނާ ޢަލީ
ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ސައުދީ ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ ވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސް ޑރ. މުއިއްޒު ޝުކުރު އަދާ ކުރެއްވިއެވެ. އ...
މުޙައްމަދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ނާޒިމާ ޢަލީ ޢައްޔަނުކޮށްފި އެވެ. ކޭއާރުއެޗުން އިއްޔެ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ނާޒިމާ އެ ހޮސްޕިޓަލްގެ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. ނާސިން އަދި މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ނާޒިމާ އަކީ ސިއްހީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެފަހުން ހުންނެވީ އައިޖީއެމްއެޗްގެ ނާސިންގ ކޯޑިނޭޓަރުގ...
ޔުމްނާ ޢަލީ
ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި މި އަހަރުގެ އޮލިމްޕިކް ކޮލިފައިން އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ މިއަދު ހޯދައިފިއެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި އުމުރުން 15 އަހަރުގެ ދީމާ ވާދަކުރީ ސްރީލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގައި ވެސް މި ދެކުޅުންތެރިންގެ ވާދަވެރިކަން ފެނިގެން ގެންގޮސްފައިވެއެވެ. އެ މެޗު 4-...
މުޙައްމަދު
ޒިކާ ވައިރަސް ފެތުރެމުންނެއް ނުދާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ޒިކާ ފެތުރެމުން ނުދާކަމަށާއި، ޒިކާ ފެތުރޭކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށް އެ ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ. އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ނުރައްކާތެރި ބަލީގެ އަލާމާތްތައް ޑެންގީގެ އަލާމާތްތަކާ އެއްގޮތެވެ. ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ. މާބަނޑު މީހަކަށް ޒިކާ […]
ޔުމްނާ ޢަލީ
ދަރިފުޅަށާއި އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ޖަލަށްލުމުގެ އިތުރުން އޭނާގެ ރުޅި މައިތިރި ކުރުމަށްޓަކައި ކައުންސެލިން ހޯދުމަށް އެ މީހާގެ ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ކ. ކާށިދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާއަށް ކުރީ އަތްލުމުގެ ދެ ދައުވާ އެވެ. ދަރިފުޅަށް އަނިޔާކުރި މައްސަލާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ އެކަމަށް އިންކާރު ކުރިޔަސް, ހެކިންގެ ހެކިބަހުން […]
ޙުސައިން ޝަހުދީ
މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޮޮއޮގަސްޓް, 2018 ގައި އާގިލް މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ. މިއަދު ހެނދުނު ބޭއްވި ކްެރިމިނަލް ކޯޓުން އޭނާގެ މައްޗަށް […]
ޙުސައިން ޝަހުދީ