އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯގެ ނަސީބުވެރިޔާ މިދިޔަ ހޮނިހިރު ދުވަހު ޕެރިހަށް ފުރައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު، 18 އިން ފެށިގެން ޑިސެމްބަރު، 31 އާ ދޭތެރޭ އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ.
މި ލަކީޑްރޯގެ ނަސީބުވެރި ކަސްޓަމަރާއެކު އުރީދޫ ޓީމުގެ ދެ މެމްބަރުންވެސް މި ދަތުރުގައި ބައިވެރިވެއެވެ. އެއީ މި ލަކީޑްރޯއާ ގުޅުވައިގެން އުރީދޫ މުވައްޒަފުންގެ މެދުގައި ބޭއްވުނު މުބާރާތަކުން މޮޅުވި ދެ މުވައްޒަފުން ކަމަށް އުރީދޫން ބުންޏެވެ.
ޕެރިހަށް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައި މި މަހުގެ، 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗު އުރީދޫ ވީއައިޕީ ލައުންޖުން ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕާޓްނާޝިޕްގެ ދަށުން ޕީއެސްޖީ އެކަޑަމީ އާއި ޕީއެސްޖީ ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!