ހއ. ދިއްދޫ އަށް ރޭ ކުރި ވިއްސާރައިގައި ނަގޫރޯޅިއެއް އަރައި ހަ ފްލެޓެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނާއި ދިއްދޫ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ އިތުރު ފަރާތްތައް ގުޅިގެން މިހާރު ފުރާޅުލެވި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަގުތީ ނޫނީ ދާއިމީ ހިމާޔަތެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. “ދިއްދޫ ރައްޔިތުންގެ އެއްބާރުލުން ވެސް މިކަމުގައި […]
މުޙައްމަދު
މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ ފަޅު އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެކެވެ. އެމީހާ ފެނުނު އެޕާޓްމަންޓަކީ މީހުން ނޫޅޭ ފަޅުތަނެއްކަމަށް ކަށަވަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިތުރު މައުލޫމާތު ކަންކަނ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މަޑުން ތިބެގެން ނުވާނެ ކަމަށެވެ. ފަލަސްތީނުގެ ޣައްޒާގ...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަަމާ ފަަށަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ. ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ...
ޙުސައިން ޝަހުދީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮށްދީފިއެވެ. ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ […]
މުޙައްމަދު
ރޭ ޖަރުމަނު ލީގުގައި ރަށުން ބޭރުގައި ބޮކުމްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލެވަކޫސަންއިން ބަލިނުވެ 50 މެޗު ހަމަކޮށްފިއެވެ. ރޭ ބޮކުމްގެ ދަނޑުގައި ލެވަކޫސަން އިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ބޮކުމް ބަލިކޮށްފައެވެ. މި ސީޒަންގައި އާދަޔާ ހިލާފް މޮޅަށްކުޅެ، ތަފާތު ނަތީޖާތަކެއް ނެރެމުން އަންނަ ލެވަކޫސަންއަކީ މިހާރު ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވާ ޓީމެވެ. ކުރިން މި ރެކޯޑް އޮތީ ޕޯޗުގަލްގެ ބެންފީކާގެ އަތުގައެވެ. ބެންފީކާއިން ވަނީ […]
އިބްރާހިމް ޚަލީލް
ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އެ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ. ބީއެމްއެލުން ތައާރަފުކުރި މި ހިދުމަތާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިނ...
އަޙްމަދު ވަހީދު
އއ. އުކުޅަހުގައި ކުޑަކުއްޖަކު ސައިކަލަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުން ބުނީ ސައިކަލުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރު 14:30 އެހާކަންހާއިރެވެ. އެކުއްޖާ ސައިކަލުން ވެއްޓިފައިވަނީ އުކުޅަހު ހިއްކި ސަރަހައްދުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާ އަށް އުކުޅަހު ސިއްހީ މަރުކަޒުގައި ފަރު...
މުޙައްމަދު
މާލޭގެ ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ ހަަތް މީހަކު އަނބުރައިގަނެގެން ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ކެފޭއެއްގެ ދުންހޮޅިން އެ ކެފޭގެ ބަދިގެތެރެއަށް ދުން ލީކުވެގެން ހަތް މީހަކު އަނބުރައިގަތުމުގެ ހާދިސާއެއް ރޭ ފަތިހުު ވަނީ ހިނގާފައެވެ. އެ ކެފޭއަކީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެކެވެ. މި ހާދިސާ ހިނގައި، މި ހާދިސާގައި އަނބުރައިގަތް ހަތް މީހުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:50 ހާއ...
ޙުސައިން ޝަހުދީ
ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން އިސްލާހު ކުރަން “ހޯޕް އައިލެންޑް” ނަން ކިޔާ ރަށަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އިއުލާންކޮށްފައެވެ. އެ މިނިސްޓްރީން އެގޮތަށް އިއުލާން ކުރި ނަމަވެސް އެ ކުދިން ގެންދާނެ ވަކި ރަށެއް އަދި ކަނޑަނާޅައެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ...
މުޙައްމަދު
ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވޭ ގޮތަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ޖުލައި މަހު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހއ. ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލު ކުރުމަށް މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކް ވެގެން ދާނީ ރާއްޖޭގެ […]
މުޙައްމަދު
ނަގުދު ފައިސާގެ ގޮތުގައި 10،000 އަށް ވުރެ ގިނަ ޑޮލަރު ރާއްޖެ އިން ބޭރަށް ގެންދާ ނަމަ، އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ސުވާލު ކުރާ ގޮތަށް ނިންމައި ފައިސާ ޑިކްލެއާކުރަން އޮންނަ އުސޫލު ހަރުކަށިކޮށްފިއެވެ. ހޯމް މިނިސްޓްރީ އާއި އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ އިދާރާތައް ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މީގެކުރިން ނަމަ، 10،000 އަށް ވުރެ ގިނަ ޑޮލަރު ހިފައިގެންދާ […]
މުޙައްމަދު
ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން، ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް އިފްޒާގެ ކުންފުނީގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރާން ނިންމާފައިވާއިރު، ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް، އެރަށުގައި ޤާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ފުލަމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ލީގު ކާމިޔާބު ކުރުމާއި ދާދި ގާތަށް ސިޓީ ޖެހިލައިފިއެވެ. ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ތިން ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވަނީ ސިޓީންނެވެ. ފާއިތުވި އަށް ސީޒަނަށް ބެލިނަމަވެސް ލީގު ހޯދުމުގައި ސިޓީ އުޅެނީ އެހެން ޓީމްތަކަށްވުރެ މާ ބޮޑަށް ވެސް ކުރީގައެވެ. ފާއިތުވި […]
އިބްރާހިމް ޚަލީލް
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބާއްވާ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ފަށައިފިއެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ބައިވެރިވެފައި ވަނީ 9 ޓީމެކެވެ. މިދިޔަ އަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. މިދިޔަ އަހަރު މުބާރާތުގައި 10 ޓީމް ބައިވެރިވިއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ޔުނައިޓެޑް ޔޫތެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވި […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ރޫޅާލަން ފަތުރާ ދޮގު ހަބަރުތަކުން ވާނީ ފަޟީހަތް ކަމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހިންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައ...
މުޙައްމަދު
އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން އދ. ގެ އާންމު މަޖިލިހުން ރޭ ނިންމި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލިހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގަރާރަށް […]
މުޙައްމަދު
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގެ ދެވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ފޯރިގަދަ ހަރަކާތްތަކެއް ތާވަލުކޮށްފިއެވެ. އުރީދޫން ބުނިގޮތުގައި އިއްޔެ ސެންޓްރަލް ޕާކުގައި ފެށި ހަރަކާތަތްކުގެ ތެރެއިން މިއަދު ހަވީރު 4:00 އިން ފެށިގެން އެ ކުންފުނިން ރާވާފައިވާ “ވޯޓާ ފަން” ކުރިއަށްދާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް ކަމަށް ވެސް ބުންޏެވެ. މި ހަރަކާތުގައި އަމިއްލަ ފެން ބަޑިއެއް ހިފައިގެން...
އަޙްމަދު ވަހީދު