އުރީދޫއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަޟްހާ އީދަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފިއެވެ.
މި އޮފާތައް އުރީދޫން ތައާރަފުކޮށްފައިވަނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ.
ބޯނަސް ޑޭޓާ އޮފާއިން، ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކުތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބިގެންދާނެއެވެ. އަދި ރައްޓެހިންނާއި އާއިލާއަށްހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވޭނެއެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާއާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައްވެސް ލިބޭނެއެވެ. މި ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.
އުރީދޫގެ ބޮޑު ޗުއްޓީ ޕެކާއެކު ހުރިހާ ވަގުތެއްގައިވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް،3 ދުވަހުގެ ވެލިޑިޓީއަކާއެކު ލިބޭ އޮފާއަކާއި 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާއެކު ލިބޭ އޮފާއެއް ވަނީ ތައާރަފުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!