ފަލަސްތީނަށް ތާއީދުކުރާ ރީމާއަށް ފާރަލި މައްސަލަ ހުށަހަޅައިފި
ފްރާންސާއި ފަލަސްތީނަށް ނިސްބަތްވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ރީމާ ހަސަންގެ މައްޗަށް ހިންގާ ތަހުގީގުގެ ސިއްރު ހިފެހެއްޓުމުގެ ގަވާއިދުތަކާ ހިލާފުވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް، ފްރާންސްގެ ދާޚިލީ ވަޒީރު ލޯރެންޓް ނުނޭޒްއާ ދެކޮޅަށް ކޯޓް އޮފް ޖަސްޓިސް އޮފް ދަ ރިޕަބްލިކް (ސީޖޭއާރް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ހުކުރު ދުވަހުއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ރީމާ ހަސަން ވިދާޅުވީ، ސަރުކާރުގެ ވަޒީރުންގެ މައްސަލަތައް ބެލުމު...