ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި ގެންނަ ކޮންމެ ބަދަލަކީ، އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭން ފައްޓަވާފައިވާ ޝާހިދު މިހެން ވިދާޅުވީ، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން، މިއަދު ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައި ކަމަށެވެ.
މީގެއިތުރުން ޝާހިދު ވަނީ ފަތުރުވެރިކަމާއި ގުޅޭ ސަރުކާރުން ގެންގުޅޭ ސިޔާސަތު ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
"ސަރުކާރުން ތިޔަ ގެންގުޅުއްވާ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެެރިންނާއި އެކު މަޝްވަރާއަށް ވަޑައިގެން އެބޭފުޅުންގެ އަޑުއައްސަވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސަލާމަތްކުރުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓެވުމަށް އަނެއްކާވެސް އަޅުގަނޑު ގޮވާލަމެވެ،" ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!