ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރުމުގެ މަސައްކަތް ބޮޑުކުރުމަށް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ އެ އެއާޕޯޓުގެ އިންފްރާސްޓަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމ...
ޔުމްނާ ޢަލީ
ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރަށްވާފައެވެ. މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ވަކިވަކިން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިއީ ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގާ ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯހެކެވެ. މި ކޯސް ހިންގުމަށް އެކަމުގެ ފަންނުވެރިއެއް ހޯދަން ބާރަށު ކައުންސިލުން އިއުލާން ކޮށްފައިވާއިރު، އެ ކައުންސިލުން ބުނީ މިކަމަށް ހުށައަޅާ ލިޔެކިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާއި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހަރަދު ހިމަނަންވާނެ ކަމަށެވެ. އަދި [...
އިބްރާހިމް ޚަލީލް
އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ މަޤްބޫލު ފޮޓޯ ހިއްސާކުރާ ޕްލެޓްފޯމް، އިންސްޓަގްރާމުން އިތުރު ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން، މިހާރު އެއް ޕޯސްޓެއްގައި އެއްފަހަރާ 20 ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ. އިންސްޓަގްރާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެއް ކެރޮސެލްއެއްގައި ނުވަތަ ޕޯސްޓެއްގައި 20 ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އެއް ޕޯސްޓެއްގައި އަޕްލޯޑް ކުރެވެނީ 10 ފޮޓޯ ނުވަތަ ވީޑިއޯއެވެ. އިންސްޓަގްރާމްގައި ކެރޮސެލްސް ފީޗާ ނުވަތަ އެއް ޕޯސްޓެއްގައި […]
އަޙްމަދު ދާއޫދު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ. މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ...
އަޙްމަދު ދާއޫދު
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ޝީލްޑް މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެހާފް ނުކުޅެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީން ކުރި ހޯދީ 7-6 ގެ ނަތީޖާއިންނެވެ. މިއީ ޕްރިމިއާ […]
އިބްރާހިމް ޚަލީލް
ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ. “އަލްޖަޒީރާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. […]
އަޙްމަދު ދާއޫދު
ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރާކާތެއް މުޅިރާއްޖޭގައި ފަށައިފިއެވެ. މި ހަރަކާތާއި ގުޅިގެން ޕީއެންސީން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ 12 ދާއިރާއެއްގައި މިހާރު އެޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ދާކަމަށެވެ. މި ހަރަަަަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރާކާތެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ. މި ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ޕީއެންސީގެ ދާއިރާތަކުގެ މަޖިލީސް މެމްބ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާ ކ...
ޔުމްނާ ޢަލީ
ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން، ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ހދ. ކުމުންދޫ، ވީނަސް، ޒަކަރިއްޔާ ޙަސަން (40އ) ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ޒަކަރިއްޔާ ޙަސަން ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. މި މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 12 ވަނަ ދުވަހުގެ 10:30 އަށް ކްރިމިނަލް ކޯޓަށް […]
އަލީ އާދިލް
ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަށައިފިއެވެ. މި ހަރަކާތް މިހާރު ކުރިއަށްދަނީ އަތޮޅުތެރޭގެ 12 ދާއިރާއެއްގައި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވިއެވެ. ޒީނާޒް އަދުނާން ވިދާޅުވި ގޮތުގައި މި ހަރަކާތް މިއަދު މާލޭގައިވެސް ފެށިގެން ގޮސްފައިވެއެވެ. މި ކެމްޕޭނުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕީއެންސީއާ ގ...
އަލީ އާދިލް
“ކާމިޔާބީގެ ކަނޑައެޅިފައިވާ ވަކި ތަޢުރީފެއް ނެތެވެ. އެ ހޯދުމަށް މަސައްކަތްކުރާނެ ވަކި ތަރުތީބެއް ވެސް ނެތެވެ. ކާމިޔާބީއަކީ އެކި މީހުންނަށް އެކިގޮތަށް ވިސްނޭ، އެކިގޮތަށް މާނަކުރާ އެއްޗެކެވެ. ” ޑރ. ޝަމްސުލް ފަލާޙު ޝާއިޢުކުރެއްވި “ކާމިޔާބީ” މި ފޮތުގެ ދީބާޖާ ފަށްޓަވާފައިވަނީ ޢިލްމީ މި ޙަޤީޤަތް ހާމަކޮށްދެއްވަމުންނެވެ. 44 ޞަފުޙާގެ މި ފޮތުން ކާމިޔާބު ނުވަތަ ބާއްޖަވެރި ހަޔާތަކަށް މިސްރާބު ދައްކައިދެއެވެ. ވިސްނައިދެއްވާފައި ވަނީ ކާމިޔާބީއަކީ ހަމައެކަނި ވަކި ބައެއްގެ ޙައްޤެއް ނޫންކަމެވެ. ދިވެހިރާއްޖޭގެ އަ...
ޢަބްދުﷲ ސަޢީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އިންތިޚާބުކޮށްފިއެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އިންތިޚާބުކޮށްފައިވަނީ 91 ފަނޑިޔާރުންގެ ތާއީދާ އެކު، ދަށު ކޯޓުތަކުގެ ތެރެއިން އެ ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރުގެ ގޮތުގައެވެ. މިއަދު ހެނދުނު 10އިން މެންދުރު 12އަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބުގައި، 166 ފަނޑިޔާރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ދިޔައެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރަކު ފިޔަވައި، އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވިއެވެ. މި އިންތިޚާބުގައި ވާދަ...
އަލީ އާދިލް
ރާއްޖެ އާއި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖ...
އަލީ އާދިލް
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތުގައި، މަޝްރޫތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި މަޝްރޫއުތަކަކީ 2019 ވަނަ އަ...
އިބްރާހިމް ޚަލީލް
ކ. މާފުށީ ޖަލުގެ ގައިދީންނަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 13 އޮފިސަރަކަށް ދަޢުވާކުރުމަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި އޮފިސަރުންނަކީ މިއަހަރުގެ ކުރީކޮޅު ޖަލުގައި ހިންގުނު ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ފަރާތްތަކެވެ. ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި 13 އޮފިސަރުންގެ ތެރެއިން 9 މީހުން ހައްޔަރުކުރެވިފައިވަނީ މާފުށިންނެވެ. އަދި ކ...
އަލީ އާދިލް
އިނގިރޭސި ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗަށް މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ މިރޭ ނުކުންނާނެއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗުގައި ޔުނައިޓެޑް ވާދަކުރަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ޗެމްޕިއަނުންގެ ގޮތުގައެވެ. ސިޓީ މި މެޗުގައި ވާދަކުރަނީ ނިމިދިޔަ ސީޒަންގެ ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ. ފާއިތުވި ހަތަރު ސީޒަންގައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ ސިޓީންނެވެ. މިއީ ސިޓީ ޖެހިޖެހިގެން ޝީލްޑް މެޗަށް ނުކުންނަ ހަތަރުވަނަ ފަހަރެވެ. އެންމެ ފަހުން […]
އިބްރާހިމް ޚަލީލް