މިހާރު އެންމެ ރަނގަޅު ޕާސްވޯޑް މެނޭޖަރުންގެ ތެރޭގައި ހިމެނޭ “ވަންޕާސްވޯޑް” އިން މެކް ބޭނުންކުރާ ފަރާތްތަކަށް އިންޒާރު ދީފިއެވެ. އެ ފަރާތްތަކުގެ ޑޭޓާ ރައްކާތެރިކުރުމަށްޓަކައި އަވަހަށް ޕެޗް އަޕްޑޭޓް ކުރުމަށް އެ ކުންފުނިން ގޮވާލާފައިވެއެވެ. މިގޮތަށް ގޮވާލާފައިވަނީ އެޕްލިކޭޝަނުން ފެނުނު މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގެ ސަބަބުން ހެކަރުންނަށް ޕާސްވޯޑް ވޯލްޓްތަކަށް ވަދެ، އޭގައިވާ މަޢުލޫމާތު ހޯދުމުގެ ފުރުސަތު އެބައޮތެވެ. ވަންޕާސްވޯޑް ގައި ޕާސްވޯޑް ރައްކާކޮށްފައިވާ ފަރާތްތަކަށް އެކި ބޭނުންތަކަށ...
އަޙްމަދު ދާއޫދު
ޔޫކްރެއިންގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކަށް ނިސްބަތްވާ ކާރެއްގައި ފޮރުވާފައި ހުރި ގާތްގަނޑަކަށް ފަސް މިލިއަން ޔޫރޯގެ ކޭޝް ފެނިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެގައުމުގެ ދިފާއީ އިދާރާގެ ތެރޭގައި ހިންގާ ކޮރަޕްޝަނާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ކަމާބެހޭ ފަރާތްތަކުން މި ބޮޑު އަދަދު ހާމަކުރީ ރޫޓިން ޗެކެއް ނުވަތަ ޓާގެޓެޑް އިންވެސްޓިގޭޝަނެއް ކަމަށް ބެލެވޭ ގޮތަށެވެ. އަނެއްކޮޅުން މިފައިސާ ރައްކާކޮށްފައިހުރި ކާރަކީ އަގުބޮޑު ޓެގާއި ޕާފޯމަންސަށް މަޝްހޫރު ލަގްޒަރީ އެސްޔޫވީ އަކަށްވާއިރު،...
އަޙްމަދު ދާއޫދު
އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަންމެޑަލް ކާމިޔާބުކޮށް މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގެ ރަސްގެފާނަކީ ސްޕެއިންކަން އެ ޓީމުން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ. އޮލިމްޕިކް މުބާރާތް ބާއްވާ ފްރާންސާއި ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއިންނެވެ. ސްޕެއިންއަށް އެންމެ ފަހުން އޮލިމްޕިކް މުބާރާތުން ރަން މެޑަލް ހޯދިފައި ވަނީ މީގެ 32 އަހަރު ކުރިންނެވެ. އެއީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ މުބާރާތެއްގެ ފައިނަލުގައި ސްޕެއިން ކުޅުނެވެ. […]
އިބްރާހިމް ޚަލީލް
ކ. ހިންމަފުށީގައި އުރީދޫން ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ހޮވިއްޖެއެވެ. ސިފްކޯއަށް އެއްވަނަ ލިބުނީ 999 ޕޮއިންޓާ އެކުގައެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 807 ޕޮއިންޓާ އެކު “ގޯޅިއަންސް” ސްޕޯޓްސް ކްލަބެވެ. މި މަސްރޭހުގައި 608 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ހޯދީ ޑިޓިއުން ފިޝިންއެވެ. އުރީދޫގެ މި ފަހަރުގެ މަސްރޭހުގައި އެންމެ ބަރު މަސް ބޭނުމުގެ ރެކޯޑު ހެދީ ހުސެއިން ނައީމެވެ. އެއީ 37 […]
އަޙްމަދު ވަހީދު
ޣައްޒާ ހަނގުރާމަ ފެށުނުފަހުން “އަންރުވާ”ގެ 205 އެހީތެރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ. ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އެޖެންސީ (އަންރުވާ) އިން ހުކުރު ދުވަހު ހާމަކުރި ގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި 205 އިންސާނީ އެހީތެރިން މަރުވެފައިވެއެވެ. އަންރުވާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން “އާންމު ރައްޔިތުން މަރުވެ، މީހުން ގެދޮރު ދޫކޮށް ފިލައި، އަދި ގޭގެއާއި އާންމު ވަސީލަތްތައް ހަލާ...
އަޙްމަދު ދާއޫދު
ޖަރުމަނުގެ އާރުބީ ލެއިޕްޒިގް އަށް ކުޅެމުން އައި ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރ ޑެނީ އޯލްމޯ ހަ އަހަރުގެ އެއްބަސްވުމުގެ ދަށުން ބާސެލޯނާއަށް ސޮއިކޮށްފިއެވެ. އުމުރުން 26 އަހަރުގެ އޯލްމޯ ބާސާއަށް ބަދަލުވެފައި ވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާގެ އެއްބަސްވުމުގައި ރިލީސް ފީއެއްގެ ގޮތުގައި 500 މިލިއަން ޔޫރޯ ވަނީ ހިމަނާފައެވެ. އޯލްމޯ އަކީ ބާސާގެ ލަ މާސިއާ އެކަޑަމީން ތަމްރީންވީ ކުޅުންތެރިއެކެވެ. އޭނާގެ އުމުރުން 16 އަހަރުގައި ބާސާދޫކޮށް 2014 ވަނަ އަހަރު […]
އިބްރާހިމް ޚަލީލް
ބްރެޒިލްގެ ސާއޯ ޕައުލޯ ބޭރުގައި މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެކަމަށް ވޯޕާސް އެއަރލައިންއިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ވޯޕާސްގެ ބަޔާނުގައި ބުނެފައިވަނީ ފްލައިޓް 2283 ގައި ތިބި 61 މީހުން ވެސް ހާދިސާ ހިނގި ތަނުގައި މަރުވެފައިވާ ކަމަށެވެ. މި އުޅަނދުގައި 57 ފަސިންޖަރުންނާއި 4 ކުރޫ މެންބަރުން ތިބިކަމަށް އެއަރލައިނުން މަޢުލޫމާތު ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިޖުތިމާޢީ ވިއުގަތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަނީ އުޅަނދު...
އަޙްމަދު ދާއޫދު
ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު ރާއްޖޭން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި މިފަހުމުނާމާ ބަދަލުކޮށްފައިވަނީ ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާަމާގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިފަހުމުނާމާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަ...
އަޙްމަދު ވަހީދު
އިޤްތިޞާދީ ނުރައްކަލެއްގެ ތެރެއަށް އިޒްރޭލް ހިނގައިދާނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ. އިޒްރޭލުގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހު އެ ޤައުމުގެ އިޤްތިސާދީ ހާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. މި ގޮތުން، ޖީޑީޕީގެ 7.6 އިންސައްތަ އަރާ މިންވަރަށް، 39.77 ބިލިއަން ޑޮލަރުގެ ފިސްކަލް ޑެފިސިޓެއް ރެކޯޑުކޮށްފައިވެއެވެ. އިޒްރޭލުގެ އިމަރޖިންގ ޓެކްނޮލޮޖީ ކުންފުނިތަކުގެ ގެއްލުން 15 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މި ސެކްޓަރުގެ 37 އިންސައްތަ ކުންފުނިތައް ގައުމުން ބޭރަށް ފިލައިގެނ...
އަޙްމަދު ދާއޫދު
އުތުރުގެ ވިޔަފާރީގެ މައި ހަބު، ކުޅުދުއްފުށީ ސިޓީގައި ބޯޓުޔާޑެއް ގާއިމުކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށާއި، އަދި އެ ސިޓީގައި ޑޮކްޔާޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި، ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު...
ޔުމްނާ ޢަލީ
މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު, މީގެ 16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދާތީ އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިން ކްރާފްޓެއްގެ މައްސަލާގަ އެވެ. 2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން […]
ހުސައިން ހަބީބް
ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާ އިނގިރޭސިބަހާއި ބަންގާޅު ބަހަށް ތަރުޖަމާކުރަން ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ޢާލަމީ ރިސާލަތަކަށް ވުމާއެކު، ޚުޠުބާގައި އަންނަ މުހިންމު މަޢުލޫމާތު ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށްވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މިއަދު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ގެނެސް...
އަލީ އާދިލް
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެގޮތުން، ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތ...
އިބްރާހިމް އަސްވާޤް
މާލޭގެ ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަހާއި އޭގައި ހުރި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު 10:50 ހާއިރު މާލޭ މާފަންނުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި މައްސަލައެއްގެ މައުލުމާތު ލިބިފައިވާ ކަމަށެވެ. އެމީހުންގެ ދަބަސް ވަގަށް ނަގާފައި ވަނީ މޫދަށް އެރުމަށް ގަސްތައް ކައިރީ ދަބަސް ބާއްވާފައި އޮއްވައެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އެ ދަބަސް […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި މި ޚިދުމަތްފެށި ފުރަތަމަ ފަހަރެވެ. ކޭއާރުއެޗުން ބުނިގޮތުގައި އެ ހޮސްޕިޓަލްގެ ފުނަ ވިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިއްޔެ ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ކަމަށެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުއާއި އައިޖީއެމްއެޗްގެ އިސްވެރިން ވެސ...
ޔުމްނާ ޢަލީ
ޔޫކްރެއިން ސިފައިން ރަޝިއާގެ ސަރަހައްދަށް އަރައި ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފިއެވެ. ރަޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރަޝިއާގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށާއި، ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ފައުޖުއާ ހަނގުރާމަ ކުރަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށް ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަ...
އަޙްމަދު ދާއޫދު
އޮލިމްޕިކްގެ ފިރިހެން ފުޓްބޯޅައިން މޮރޮކޯ ލޯ މެޑަލް ހޯދައިފިއެވެ. މިއީ އޮލިމްޕިކް މެޑަލްއެއް ފުޓްބޯޅަ އިވެންޓުން އެ ގައުމު ހޯދި ފުރަތަމަ ފަހަރެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯ ޓީމް ސެމީ ފައިނަލުން ކެޓީ 2-1 ގެ ނަތީޖާއިން ސްޕެއިން އަތުން ބަލިވެގެންނެވެ. ރޭ ތިންވަނަ ހޮވާ މެޗުގައި މޮރޮކޯ ބައްދަލުކުރީ ސެމީގެ ދެވަނަ މެޗުގައި ފްރާންސް އަތުން ބަލިވެ މުބާރާތުން ކެޓި އިޖިޕްޓާއެވެ. މެޗު 6-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މޮރޮކޯއިން ވަނީ […]
އިބްރާހިމް ޚަލީލް
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 84 އަހަރުގެ މުހައްމަދު ޔޫނުސް ކުރައްވައިފިއެވެ. ޔޫނުސް މަގާމުގެ ހުވައި ކުރެއްވީ ވެރިރަށް ޑާކާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަގާމުގެ ޒިންމާ އިޚްލާސްތެރި ކަމާއެކު އަދާ ކުރައްވާނެ ކަމަށާއި، ބަންގްލަދޭޝްގެ ގާނޫނު އަސާސީ ނަގަހައްޓަވާނެ ކަމަށް ޔޫނުސް ވިދާޅުވިއެވެ. ޔޫނުސްގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށް ވާނީ ބަންގްލަދޭ...
އަޙްމަދު ދާއޫދު