ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަކީ މި ޓާސްކްފޯސް އުފެއްދުމުގެ މައިގަނޑު މަގުސަދެވެ. މި ޓާ...
އިބްރާހިމް ޚަލީލް
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތިލަދުންމަތީގައި ހިމެނޭ އެންމެ އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މިގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މިރޭ 7:00 އާއި ހަމައަށް މި ދެ އަތޮޅުގެ 16 ރަށަކުން ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ. ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް،...
ޔުމްނާ ޢަލީ
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި...
އިބްރާހިމް ޚަލީލް
ދިމާވާ އެކިއެކި ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ތިބާ ގުޅަންޖެހޭ ނަންބަރުތައް އިނގިފައި އޮތުމަކީ މުހިންމުކަމެކެވެ. އެ ދިމާވާކަމެއް ސިއްހާ ކުއްލި ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ގުޅަންވީ އެމްބިއުލާންސްގެ ނަންބަރުތައް އެނގިފައި ހުރުމަކީ ހާލަތަށް ތައްޔާރުވެ ހުރުމެވެ. އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ މުއައްސަސާއެެއްގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތެއްގައި އެފަދަ ނަންބަރުތައް ކޮންޓެކްޓް ލިސްޓުގައި އޮތުމަކީ އެހާލ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޝާމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ފޮނުއްވި ސިޓީ މިއަދު އޮތް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ އިއްވާފައެވެ. އެއީ ޝަމީމް ޢަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައް...
ޔުމްނާ ޢަލީ
ރާއްޖޭގެ ތާރީޚުގައި ވެސް ތެލެސީމިޔާއަށް އެންމެ އިސްކަމެއްދީފައި ވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ތެލެސީމިޔާގެ ހި...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާ މަޝްރޫއު ނިމުމުން، މާލޭ އަށް ކުރިމަތިވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލެއަށް ބޯ ކެރިވެހި ބޮޑުބަޔެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކ...
ޔުމްނާ ޢަލީ
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވުމާއެކު، މޫސުމާއި ގުޅިގެން އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހި، ވިލާގަނޑުގައި 45 މޭލާއި ހަމައަށް ވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 އަށެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައްޓަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބުއްރަޙީމް ޢަބުދުﷲ ވަނީ އެކަން ފާހަގަކުރައްވައި ދައުރ...
ޙުސައިން ޝަހުދީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުންކަމަށް އެކްސްގެ ވެރިޔާ އެލޮން މަސްކް ބުނެފިއެވެ. އެމެރިކާގެ އިރުމަތީ ގަޑިން ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިންޓަވިއު ފެށުމަށްފަހު ކުރިއަށް ނުދެވުމާ ގުޅިގެން، މަސްކް ވަނީ އެކްސްގައި މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައި އެކްސްއަށް ބޮޑު ޑީޑޯސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަލާ […]
އަޙްމަދު ދާއޫދު
މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ކުންފުނި ސަލާމަތް ކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ދިނުމުގައި ޚަރަދު ކުޑަ ގިނަ އުޞޫލުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށެވެ. ޚަރަދުކުޑަކުރުމަށް ފެނަކައިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް މާލީގޮތުން ކުންފުނި އަމާން އައްސޭރިއަކަށް ގެންދިޔުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، މީގެ ކުރިން ނުއަގުގައ...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބޮޑެތި ބާރުތަކުން ބަޔާނެއް ނެރެއްފިއެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަމަޖެހުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ގުޅިގެންނެވެ. މި ބަޔާނުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ ތާއީދު އޮތްކަން ފާހަގަކޮށްފައިވެއެވެ. މި ބަޔާނުގައި، އެމެރިކާގެ ރައީސ...
އަޙްމަދު ދާއޫދު
ޣައްޒާއަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ހަމަލާ ދެމުންދާތާ 311 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 16،500 ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 39،897 މީހުން ވަނީ މިހާތަަނަށް ޝަހީދުވެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކ...
އަޙްމަދު ދާއޫދު
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިހަވަންދޫގެ ނަރުދަމާ ނެޓްވޯރކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުން މަޢުލޫމާތު ދީފިއެވެ. ފެނަކައިން ބުނާ ގޮތުގައި، މިވަގުތު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަންތަކަށް އާދަޔާ ޚިލާފަށް ނެޓްވޯރކްގެ ތެރެއިން ވާރޭފެން އެޅި، ޕަންޕްތަކަށް ކޮންޓްރޯލް ނުވެގެން ސްޓޭޝަންތައް ފުރެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ވަގުތުން ހައްލު ނުކުރެވިއްޖެނަމަ، ޕަންޕިން ސް...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ އުތުރު އަދި މެދު ސަރަޙައްދުތަކަށް މޫސުން ގޯސްވުމުމުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު 1:00 އިން ހެނދުނު 7:00 އަށެވެ. މެޓްގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ އުތުރު ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު “އިމިގްރޭޝަން ވޮޗް” އޮންލައިން ޕޯޓަލަށް، 290 މައްސަލަ ހުށަހެޅިފައިވެ އެވެ. ސަރުކާރުގެ ރަސްމީ ވެބްސައިޓް “ސަރުކާރު.އެމްވީ” ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، “އިމިގްރޭޝަން ވޮޗް” އަށް މިހާތަނަށް ހުށަހެޅިފައިވާ 290 މައްސަލައިގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަޙްޤީޤުކުރަމުން ގެންދާ ކަމަ...
އިބްރާހިމް އަސްވާޤް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ […]
ހުސައިން ހަބީބް
ޒުވާނުންގެ ދުވަހު އަމާޒެއް ކަނޑައަޅައި ހީވާގިކަމާއިއެކު ނުކުމެ އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޒުވާނުން ބާރުވެރި ކުރުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) އިލްތިމާސްކޮށްފިއެވެ. ވަޒީރު މިފަދައިން އިލްތިމާސް ކޮށްފައިވަނީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ ހިތާބުގައެވެ. ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. ވަޒީރު ވިދާޅުވީ ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގުހުރި ތަރި...
އިބްރާހިމް ޚަލީލް