އެފްރިކާގައި މިހާރު ފެތުރެމުންދާ މަކުނު ވިދުރީގެ އާ ވޭރިއެންޓް، އެ ބައްރުން ބޭރު ޤައުމަކުން ފުރަތަމަ ފަހަރަށް ފާހަގަކުރެވިއްޖެއެވެ. މި އާ ވޭރިއެންޓް ކަމަށްވާ އެމްޕޮކްސް ކްލޭޑް 1 ވޭރިއެންޓް ފެނިފައިވަނީ ސްވިޑެންއިންނެވެ. ސްވިޑެންގެ ޕަބްލިކް ހެލްތު އޭޖެންސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ޤައުމުގެ މީހަކަށް މި އާ ވޭރިއެންޓް ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި މި ފަރާތަށް ބަލި ޖެހުނީ އެފްރިކާގައި މިހާރު މި ބަލި ފެތުރެމުންދާ ޤައުމަކަށް ދަތުރުކުރުމަށްފަހު ކަމަށް ބެލެވެއެވެ. އިތުރު މަޢުލޫމ...
އަޙްމަދު ދާއޫދު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުމާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް، ދާރުއްސަލާމް އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ވަޤުފުތައް އިތުރުކުރުމުގެ މަޤުޞަދުގައި ހުޅުމާލެ ފޭސް 1 ގައި “ދާރުއް ސަލާމް” ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުޞޫލުންނެވެ. މިކަމަށް ޝައުގުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ...
އަލީ އާދިލް
ޔުކްރެއިންއިން ރަޝިޔާގެ ސަރަޙައްދުގައި އަސްކަރީ އޮފީހެއް ޤާއިމުކޮށްފިއެވެ. ޔުކްރެއިންގެ އަސްކަރީ ބާރުތަކުން ރަޝިޔާގެ ބިމަށްއަރައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދާއިރު، އެ ޤައުމުގެ ހުޅަނގު ސަރަޙައްދުގައިވާ ކުރްސްކްގައި އަސްކަރީ އިދާރީ އޮފީހެއް ޤާއިމުކޮށްފިކަމަށް ޔުކްރެއިންގެ އެންމެ އިސް އަސްކަރީ ވެރިޔާ ވަނީ ކަށަވަރު ކޮށްދީފައެވެ. ބީބީސީން ރިޕޯޓްކޮށްފްފައިވަނީ ގޮތުގައި ޖެނެރަލް އޮލެކްސަންޑަރ ސިރްސްކީ ވިދާޅުވި ގޮތުގައި މި އޮފީހުގެ މަޤްޞަދަކީ އެ ސަރަޙައްދުގައި ޤާނޫނާއި އިންތިޒާމު ދެމެހެއްޓުމާއި ރައ...
އަޙްމަދު ދާއޫދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެދުފަންތީގެ ތިން ހޮޓާ ތަރައްގީކޮށް އެ ތަންތަން ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ. ހުޅުމާލޭގެ ބެލެނިވެރިފަރާތް، ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައިވާގޮތުން މި ހޮޓާތައް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯންގެ އާބަން އައިލް ގައެވެ. އެޗްޑީސީން ވަނީ އެ ސަރަހައްދުގައި މެދުފަންތީގެ ތިން ހޮޓާ އަޅައި އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓ...
ޔުމްނާ ޢަލީ
ޒުވާނުންނަށް އަމާޒުކޮށްގެން “ޕިޗް ރައިޓިންގ” މުބާރާތެއް ބާއްވަން ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލައިފިއެވެ. ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ބުނީ، މި މުބާރާތަކީ ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ކަނޑައަޅާފައިވާ ޝިއާރުގެ ދަށުން ބާއްވާ މުބާރާތެއް ކަމަށެވެ. ޒުވާނުންގެ ދުވަހާއި ގުޅިގެން އދ. ކަނޑައަޅާފައިވާ ޝިއާރަކީ ” ފްރޮމް ކްލިކްސް ޓު ޕްރޮގްރެސް: ޔޫތު ޑިޖިޓަލް ޕާތްވޭސް ފޯ ސަސްޓޭނަބަލް ޑ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން އެ މަގާމުން ވަކޮކޮށްފިއެވެ. ސައްތާރު ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާއާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައުންސިލަށާއި އަތޮޅުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށްބުނެ އެ ބައްދަލުވުމުގައި މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ހިރިމަރަދ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ރަށްރަށުގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް ކައުންސިލްތަކަށް ދެވިފައިވާ މުއްދަތު، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ. ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، ރަށްރަށުގައި ކުރިއަށް ގެންދެވުނު އިންސްޕެކްޝަނަކުން ފާހަގަކުރެވުނީ 144 ރަށެއްގެ މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭކަމެވެ. މި ކަން އިސްލާހުކުރުމަށް އިތުރު ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެ...
އަލީ އާދިލް
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް، މިއަދު މަޤާމުން ވަކިކުރައްވައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފިއެވެ. ރަމީޒް މަޤާމުން ވަކިކުރެއްވީ، އޭނާއާ ގުޅުންހުރި މައްސަލައެއް ތަޙުޤީޤުކުރެވެމުންދާތީ، މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ސަސްޕެންޑް ކުރެއްވުމަށްފަހުގައެވެ. ރަމީޒާއެކު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރިން ތިމާވެށްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ވެސް ސަސްޕެންޑް ކުރެވުނެވެ. ޝަމްނާޒް ސަސްޕެ...
އަލީ އާދިލް
ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން “މަވައްދަތު” ނަމުގައި ސިލްސިލާ ފޯރަމްތަކެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. މި ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ފޯރަމް ކުރިއަށް ދާނީ 20:30 އިން 22:00 އަށެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މި ފުރަތަމަ ފޯރަމްގެ މައުޟޫއަކީ “ކައިވެނީގެ ކުރިން” އެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވ...
އަލީ އާދިލް
ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ކެތިނޯންއެވެ. އަދި އޭގެ ޖުމްލަ ބަރުދަނަކީ 6.070 ކިލޯގްރާމެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9,105,000.00 (ނުވަ މިލިއަން އެއްލައްކަ ފަސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް...
އަލީ އާދިލް
ސިހުރު ހެދިކަމުގެ ތުހުމަތުކޮށް, ނ. މަނަދޫގައި މިދިޔަ އަހަރު މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު އެ ދައުވާއަށް އިންކާރުކޮށްފި އެވެ. ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި […]
ހުސައިން ހަބީބް
ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން “ޗާލު ހާދާލު” ނަމުގައި ބޭއްވި ފޮޓޯ މުބާރާތުން އެއްވަނަ ކުޅުދުއްފުށީ ޢަބީރު، ނަވާޒު އަސްޢަދު ހޯދައިފިއެވެ. މި މުބާރާތުގެ ދެވަނަ ހޯދީ ކުޅުދުއްފުށީ ނަޖަފް، ޖަޢުފަރު ޢަލީ އެވެ. އަދި 3 ވަނަ ހާސިލުކުރީ ކުޅުދުއްފުށީ ނީލްވިލާ މުޙައްމަދު މިހާޒެވެ. މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 2500 (ދެހާސްފަސްސަތޭކަ) ރުފިޔާ، ދެވަނަ ހޯދާ ފަރާތަށް 1500 (ފަނަރަސަތޭކަ) ރުފިޔާ އަދި ތިންވަނަ […]
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތަށް އިސްރާއީލުގެ ބައެއް ވަޒީރުންނާއި، ސެނެޓް މެންބަރުންތަކެއް ހިމެނޭހެން ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާޢީލުގެ މި އަމަލަކީ، މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލައި، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމަށެވެ. އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމ...
ޔުމްނާ ޢަލީ
ވިންޑޯސް ކޮމްޕިއުޓަރުތައް އާންމު ގޮތުގައި ބޫޓުވުމުގެ ބަދަލުގައި ބިޓްލޮކަރ ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފިއެވެ. މި މައްސަލަ ދިމާވެފައިވަނީ އެންމެ ފަހުން ނެރުނު ސެކިއުރިޓީ އަޕްޑޭޓާ ގުޅިގެންނެވެ. ބިޓްލޮކަރ އަކީ ބައެއް ވިންޑޯސް ވާޝަންތަކުގައި ހިމެނޭ، މުޅި ޑިސްކް އެންކްރިޕްޓް ކުރުމުގެ ފީޗަރެކެވެ. މި ފީޗަރ ފަރުމާކޮށްފައިވަނީ މުޅި ވޮލިއުމް އެންކްރިޕްޓްކޮށްގެން، ހެކަރުން ނުވަތަ ހުއްދަނެތް ފަރާތްތަކުން ޑިވައިސްގައިވާ މަޢުލޫމާތު ބޭނުންކުރުން ހުއްޓުވުމަށެވެ. މައިކްރޯސޮފްޓުން ބ...
އަޙްމަދު ދާއޫދު
އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ވައިރަސްގެ އައު ބާވަތެއް އެފްރިކާގައި ފެތުރެމުންދާތީ، ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން އިޢުލާންކޮށްފިއެވެ. މިއީ އެ ޖަމްޢިއްޔާއިން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ. ބުދަ ދުވަހު ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ އެފްރިކާގެ 13 ޤައުމެއްގައި އެމްޕޮކްސް ފެނިފައިވާ ކަމަށާއި، އޭގެ އައު ބާވަތް ފެތުރެމުންދާ ކަމަށެވެ. މިއީ މި ބަލި ފެތުރުމާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި ދެވަނަ ފަހަރަށް މި އިންޒާރު […]
އަޙްމަދު ދާއޫދު
ޔުއެފާ ސުޕް ކަޕް ހަވަނަ ފަހަރަށް ކާމިޔާބުކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމްގެ ޝަރަފް ރެއާލް މެޑްރިޑުން ހޯދައިފިއެވެ. ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ތިން ޓީމް އޮތެވެ. އެއީ އޭސީ މިލާނާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑެވެ. ރޭ މޮޅާއިއެކު ރެއާލުން ސުޕަ ކަޕް ހަވަނަ ތަށި ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމަށް ވީއެވެ. ބާސާއާއި އޭސީ މިލާނު […]
އިބްރާހިމް ޚަލީލް
ބުދަ ދުވަހުގެ ރޭ ދެކުނު ލުބުނާނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރްޖައައޫން ރަށަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާވެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅު ރަބް އެލް-ތަލާތީން، ބްލީދާ، ހޫލާ، ނަގޫރާ އަދި އައިތާ އަޝް-ޝައާބް ރަށްތަކުގައި ހިޒްބުﷲއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ...
އަޙްމަދު ދާއޫދު
ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭ ފަންނީ ތަޖުރިބާ ބަދަލުކުރުމަށް ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން...
އިބްރާހިމް ޚަލީލް