ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރިގެންފިއެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައެވެ. އެ އަންހެން މީހާ އަކީ ހުޅުމާލޭގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާގައިގާ ކަޓަރު އަޅައި، ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައެވެ. މި ހާދިސާއާއި ގުޅޭ ފޮޓޯ އާންމުކުރަމުން ’’ސަބްޓިނީ އެލެވެންއެލެވެން’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރާ އ...
ޔުމްނާ ޢަލީ
އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ނަރުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއް، އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށް...
އިބްރާހިމް ޚަލީލް
ފްރެންޗް ލީގުގެ ފުރަތަމަ މެޗުން ލެ ހާވް އަތުން ޗެމްޕިއަން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ. ރޭ ލެ ހާވްގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ސްޕެއިންގެ ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު 25 މެޗުން ވެސް ބަލިވެފައި ނުވެއެވެ. މިއީ އަވޭގައި ބަލިނުވެ އެ ޓީމުން އެންމެ ގިނަ މެޗު ކުޅުނު ފަހަރެވެ. މި މެޗުގެ ވަރަށް […]
އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ އިތުރުން ދެ ރުނބާ ބޮގަރާއިއެކު ލ. ގަމުން ދެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފިއެވެެ. ފުލުހުންގެ އިދާރާއިން ބުނީ މިއަދު ލ.ގަމު ތުނޑި/ ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކުރެވިފައިވާ ކަމަށެވެ. އެ ގޭތެރެއިން ހެރޮއިން ކަމަށް ޝައްކުކުރެވޭ 24.42 ގްރާމްގެ ދެ ރަބަރު ޕެކެޓާއި، ދެ ރުނބާ ބޮގަރުގެ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ (2024/25) ފުރަތަމަ މެޗުގައި ފުލަމް އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 1-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާގެ ހުރަހަކަށް ވީ ފުލަމްގެ ގޯލް ކީޕަރ ލެނޯއެވެ. މިހާފުގައި ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރ މައިނޫ އާއި މިޑްފީލްޑްރ […]
އިބްރާހިމް ޚަލީލް
މެސެޖިންގ އެޕްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވޭ އައު ފީޗަރެއް ވަޓްސްއެޕުން ތަޢާރަފުކޮށްފިއެވެ. މި ފީޗަރގެ ސަބަބުން ޔޫޒަރުންނަށް ވަކިވަކި ޗެޓްތަކަށް ތަފާތު ތީމްތައް ބޭނުންކުރެވޭނެއެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި މި އައު ފީޗަރ މިވަގުތު ވަނީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ނެރެފައިވާ 2.24.17.19 ބީޓާ ވަރޝަންގައި ހިމަނާފައެވެ. މި ފީޗަރ މެދުވެރިކޮށް ޔޫޒަރުންނަށް ވަކިވަކި ޗެޓްތަކުގެ މެސެޖުތަކުގެ ކުލައާއި ބެކްގްރައުންޑް ބަދަލުކުރެވޭނެއެވެ. “މ...
އަޙްމަދު ދާއޫދު
މަކުނުވިދުރީގެ ކޭހެއް ޕާކިސްތާނުން ފެނުމާއެކު ޔޫރަޕިއަން އޭޖެންސީއިން އިންޒާރު ދީފިއެވެ. ޕާކިސްތާނުގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ މަކުނުވިދުރި ނުވަތަ އެމްޕޮކްސް ވައިރަސްގެ ކޭހެއް އެ ގައުމުން ފެނިފައިވާކަމަށެވެ. މިކޭސް ޕާކިސްތާނުން ފެނިފައި މިވަނީ ސްވީޑަނުން އެފަދަ ކޭސްއެއް ފެނުނުކަން ކަށަވަރުކުރިތާ އެއްދުވަސް ތެރޭގައެވެ. ޕާކިސްތާނުގެ ޕަޚްތުންޚުވާ ސޫބާގެ ޕަބްލިކް ހެލްތް ޑިރެކްޓަރު އިރުޝާދު ރޯޣާނީ ވިދާޅުވެފައިވަނީ، 34 އަހަރުގެ ބަލިމީހާގެ ކިބައިން ފެނުނީ ކޮން ބާވަތެއްގެ އެމްޕޮކްސް...
އަޙްމަދު ދާއޫދު
ދިވެހި ރެޑް ކްރެސެންޓުގެ ޚިދުމަތްތައް ފަސޭހަކޮށްދީ މައުލޫމާތު ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ. މި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމަށް ތައްޔާރުވެފައިވާކަން ހާމަކުރެއްވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ މެނޭޖަރ ޕްރޮގްރާމްސް އެންޑް ސަރވިސަސް އިބްރާހިމް ޝަމީލް އެވެ. ޝަމީލް ވިދާޅުވިގޮތުގައި ދިވެހި ރެޑް ކްރެސެންޓް ޖަމްޢިއްޔާއަށް 15 އަހަރު ފުރު...
ޔުމްނާ ޢަލީ
އިންޑިއާގެ ކަލްކަތާގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިއެވެ. ކޮލްކަތާގެ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގައި މަސައްކަތްކުރި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރެވުނު މީހާއަކީ ސަންޖޮއި ރޯއި ކަމަށް ފުލުހުން ބުނެފައިވެއެވެ. ރޯއި އަކީ އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގެ މުވައްޒަފެއް ނޫނެވެ. ނަމަވެސް އޭނާ އަކީ އެތަނަށް އަބަދުވެސް ޒިޔާރަތްކުރާ މީހެކެވެ. އޭނާ ހައްޔަރުކުރީ ހޮނިހިރު ދުވަހުއެވެ. އޭނާގެ މައްޗަށް ބަރަތިޔާ ނިޔާޔާ...
އަޙްމަދު ދާއޫދު
ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން އިންތިޚާބުވެއްޖެއެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވާޓްރާގެ ދަރިކަނބަލުން ޕެއެޓޯންގްޓާން ޝިނަވާޓްރާ ވަނީ ތައިލެންޑުގެ އެންމެ ޅަ އުމުރުގެ ބޮޑުވަޒީރަކަށް ވެފައިވާއިރު، އޭނާ މި މަޤާމާ ހަވާލުވެފައިވަނީ އޭނާގެ ބައްޕާފުޅު ކުރީގެ ބޮޑުވަޒީރު ކޯޓު ހުކުމަކުން މަޤާމުން ވަކިކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ޕެއެޓޯންގްޓާން ބޮޑުވަޒީރުކަމަށް އައްޔަން ކުރަން ފާސްކުރެވުނީ ސްރެތާ ތަވިސިން ބޮޑުވަޒީރުކަމުން ވ...
އަޙްމަދު ދާއޫދު
ވަައިބާ ހެކްކޮށްގެން ޢާއިލީ މީހުންނާއި ރައްޓެހިން އަތުން ފައިސާ އަތުލާ މައްސަލައަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ވައިބާ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މިގޮތުން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑާއި، އޯޕީޓީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީހަކު ފައިސާ ހޯދަން އެދުނު ނަމަވެސް އެއީ ކާކުކަން ކަށަވަރުކޮށްފައި މެނުވީ އެފަދަ މުއާމަލާތެއް ނުކުރުމަށް ފު...
ޔުމްނާ ޢަލީ
މި އަހަރުގެ ވޯޓްލާ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ބާރަކީ ފާހަގަ ކުއިޒް” ނަމުގައި ކުއިޒެއް އިލެކްޝަން ކޮމިޝަނުން ފަށައިފިއެވެ. ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 25 ވަނަ ދުވަހެވެ. އެ ކޮމިޝަނުން މި ކުއިޒް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް، ދިހަ ދުވަހުގެ މުއްދަތަށެވެ. އެ ކޮމިޝަނުން ބުނީ ކޮންމެ […]
އިބްރާހިމް ޚަލީލް
ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގެ ކުޅުން މިރޭ ފަށާއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ ތައްޔާރަށް ނޫންކަމަށް ބުނެ، އެ ޓީމްގެ ކޯޗް އެރިކް ޓެން ހާގް ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިރޭ ރާއްޖެ ގަޑިން 00:00 ގައި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ފުލަމްއާއި ދެކޮޅަށެވެ ޔުނައިޓެޑް އައު ސީޒަނާއި ކުރިމަތިލާއިރު އަނިޔާގެ މައްސަލަތައް ގިނައެވެ. އަލަށް ގުޅުނު ޑިފެންޑަރ ޔޯރޯއާއި ލުކާ ޝޯއާއި ޑިފެންޑަރ މަލާސިއާގެ އިތުރުން ފޯވާޑް […]
އިބްރާހިމް ޚަލީލް
އެޕަލްއިން ތަޢާރަފްކުރާ އައިއޯއެސް 18.1 އާއިއެކު އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ހުޅުވިގެންދާނެކަމަށް އެޕަލްއިން ބުނެފިއެވެ. އެޕަލްއިން ދާދިފަހުން އިޢުލާނުކުރި ގޮތުގައި އައިފޯނުގެ އެން.އެފް.ސީ ޓެކްނޮލޮޖީ އެހެން އެޕްތަކަށް ތަޢާރަފުވުމުން، އޮސްޓްރޭލިއާ، ބްރެޒިލް، ކެނެޑާ، ޖަޕާން، ނިއުޒިލޭންޑް، ޔޫކޭ އަދި އެމެރިކާގައި މި ފީޗަރ ބޭނުންކުރެވޭނެއެވެ. އަދި އިތުރު ގައުމުތަކަށްވެސް ފަހުން ތަޢާރަފުކުރާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ. މި ބަދަލާއެކު، އެހެން އެޕްތަކަށްވެސް އައިފޯނުގެ އެނ...
އަޙްމަދު ދާއޫދު
ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި އަދި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫންކަމަށާއި އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވެއްޖެ އެވެ. ޚުޠުބާގައި ވިދާޅުވި ގޮތުގައި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގަތުމުން، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެކަތިގަނޑަކަށްވާން ޖެހެއެވެ. އަދި އަނިޔާ ލިބޭ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހެއ...
Thiladhun
ހދ. މަކުނުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިގޮނޑު) ގައި އުޅޭ ބިދޭސީންގެ ފަރާތުން ބަދުއަޚްލާޤީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެފަރާތްތަކުން އެ ސަރަހައްދު ހުސްކޮށް 24 ގަޑިއިރުގެ ތެރޭ ރަށުން ފޭބުމަށް މަކުނުދޫ ކައުންސިލުން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ވަނީ މިގޮތައް ނިންމާ އާންމު އެންގުމެއް ރޭގެ ވަގުތެއްގައި ނެރެފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު “ތިލަދުން“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ބިދޭސީންނަކީ ރިސޯޓް މަސައްކަތަށް އައިސް އުޅުނު މީހުންނެވެ. ރިސޯޓް ހުޅުވުނު ދުވަސް ޖެހުމުނ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި އެ އަތޮޅު ކެލާ ކައުންސިލް ގުޅިގެން ކެލާގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ކޮންމެ ރަށަކުން އެއް ޓީމަށެވެ. މުބާރާތުގައި ބައިވެރިކުރާ [...
އިބްރާހިމް ޚަލީލް