މިއަދު ލޮލުރޯގާއަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ލޮލުރޯގާއަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އުޅޭ ބައްޔެކެވެ. ކޮންމެ މަހަކުވެސް މި ބަލި ޖެހިގެން ކޮންމެވެސް މިންވަރަކަށް ރިޕޯޓުކުރެއެވެ. ލޮލުރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އެކްސްގައި އިރުޝާދުތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާންމުކޮށް އަތްލާ...
އިބްރާހިމް އަސްވާޤް
ގިނަ އަދަދެއްގެ ފައިސާއާއިއެކު، ވަގުޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިރޭ ބުނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑެއްގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. ހައްޔަރުކުރި ފަސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓ...
އިބްރާހިމް ޚަލީލް
އަޒަރްބައިޖާން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށްފައެވެ. އަޒަރްބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ކުރާ މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކޮންމެ ހުކުރު އަދި އާދީއްތަ ދުވަހަކު ރާއްޖެއަށް އަންނަ ދަތުރުތައް ކުރިއަށް ގެންދާއިރު، އެނބުރި ދިއުމަށް ހަމަޖެހިފަ...
އަލީ އާދިލް
ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ހައްޔަރުކުރި ދެމީހުން، އެ ތަކެތި ފޭރިގެންފައި ވަނީ ގެއަކަށް ވަދެ ވަޅިން ބިރުދައްކައިގެން ކަމުގައި ފުލުހުން ބުނެފިއެވެ. މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ފުރަތަމަ މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. ފުލ...
އިބްރާހިމް ޚަލީލް
އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުމާއެކު ކުރިއަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ. ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެ...
ޔުމްނާ ޢަލީ
ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 16:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލާގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ.ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްއެވެ. ފުލުހުން ބުނީ...
އިބްރާހިމް ޚަލީލް
އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ރަހީނުކޮށް ބިރުދެއްކި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. މިދިޔަ ހޯމަ ދުވަހު މަރުވި އަތުހަރާއި ގުޅޭގޮތުން މިއަދު ފުލުހުން މީޑިއާއަށް ފޮނުވި މައުލޫމާތުގައި ބުނީ ށ.މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ބޭއަދަބީ ބަހުރުވައިން މުއާމަލާތުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވިކަމުގެ މައްސަލާގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޛުރ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް މި މަޝްރޫޢު ހިންގާ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ނިންމާފައި އޮތީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު […]
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައެވެ. އެހެންވެ މިތަނުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ހިނގައިގެން ހަރަކަތްތެރިވާން ފަށާފައިވާ ކަމަށް އެ...
ޔުމްނާ ޢަލީ
ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް އިއުލާން ކޮށްފައިވާއިރު، މިފަހަރު އެ ލިސްޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ނުހިމެނެއެވެ. މިއީ 2003 ވަނަ އަހަރަށް ފަހު މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު މި ލިސްޓްގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 21 އަހަރު މި ލިސްޓްގައި މެދުކެނޑުމެއް ނެތި މި ދެ ކުޅުންތެރިން ވަނީ ލީޑުކޮށްފައެވެ. […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ޒުވާނުންގެ ދެބައިކުޅަ އެއްބައި މީހުން ވޯޓޫދޭނީ ނައިބު ރައީސް ކަމަލާ ހެރިސްއަށް ކަމަށް ދާދިފަހުން ނެގި ޕޯލަކުން ދައްކައިފިއެވެ. އެމެރިކާގެ 30 އަހަރުން ދަށުގެ ވޯޓުލާ އުމުރުގެ މީހުންގެ މެދުގައި ކުރެވުނު މި ސާވޭއިން ދައްކާ ގޮތުގައި، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދެބައިކުޅައެއްބައި މީހުން ވޯޓުދޭނީ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސްއަށެވެ. އަދި ތިންބައިކުޅައެއްބައި މީހުން ވޯޓުދޭނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ. ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ (އެންބީ...
އަޙްމަދު ދާއޫދު
އޯޕަންއޭއައިގެ ކޯ ފައުންޑަރ އިލްޔާ ސުޓްސްކެވަރ އޭނާގެ އައު އޭއައި ކުންފުނި “ސޭފް ސުޕަރއިންޓެލިޖެންސް” (އެސްއެސްއައި) އަށް 1 ބިލިއަން ޑޮލަރު އިންވެސްޓްމަންޓްގެ ގޮތުގައި ހޯދައިފިއެވެ. ސުޓްސްކެވަރ މިދިޔަ މެއި މަހު އޯޕަންއޭއައި އިން ވަކިވެފައިވަނީ، އެ ކުންފުނީގެ ޗީފް ސައިންޓިސްޓްގެ މަޤާމުގައި ހުރެއެވެ. އޭނާގެ މި އައު ވެންޗަރަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެންޑްރީސަން ހޯރޯވިޓްޒް، ސެކުއޯއިއާ ކެޕިޓަލް، ޑީއެސްޓީ ގްލޯބަލް އަދި އެސްވީ އޭންޖަލް ހިމެނެއެވެ. އެސްއެސްއައި އިން ބުނެފައިވާ ގޮތ...
އަޙްމަދު ދާއޫދު
ނައިޖީރިއާގެ އުތުރު-އިރުމަތީގައި ހުންނަ ޔޯބެ ސްޓޭޓްގެ މަފާ ރަށަށް ބޯކޯ ހަރާމް ޖަމާޢަތުން ދިން ހަމަލާއެއްގައި މަދުވެގެން 81 މީހުން މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޔޯބެ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ޑުންގުސް އަބްދުލްކަރީމް ވިދާޅުވި ގޮތުގައި، 150 އަށްވުރެ ގިނަ ބޯކޯ ހަރާމްގެ މެންބަރުން 50 އަށްވުރެ ގިނަ އަދަދެއްގެ މޮޓޯސައިކަލުގައި އައިސް، ބަޑިތަކާއި އާރުޕީޖީތައް ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ފިހާ...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތް ވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) ޕޯޗުގީޒުންގެ ކިބައިން މި ރާއްޖެ މިނިވަންކޮށްދެއްވި ދުވަސް ކަމުގައިވާ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހަށެވެ. އެއީ މީލާދީން 2 ޖުލައި 1573 އެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް […]
ޢަބްދުﷲ ސަޢީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ. މިއީ ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމާފައިވާ ތަނެކެވެ. މިތަން އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވުމުގެ އިތުރުން ރައީސް މިއަދު ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ. މިކައުންސިލް އެކުލެވިގެން ވަނީ ފަސް ބޭފުޅުންގެ...
ޔުމްނާ ޢަލީ
އެ ޤައުމެއްގެ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި، އަދި އެއީ ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށެވެ. އަދި މާދަރީ ބަހަކީ އަމިއްލަ ޤައުމީ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް އަމާޒުކޮށްގެން ވާއްވާ “ތިލައުތުރު ވޮލީ މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި މުރައިދޫ ކައުންސިލް ގުޅިގެންނެވެ. ނޮވެމްބަރ 15 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މުރައިދޫގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ ކޮންމެ ރަށަކުން ވެސް އެއް ޓީ...
އިބްރާހިމް ޚަލީލް