ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، 1 ކުންފުންޏަކަށް މިއަދު ދެއްވައިފިއެވެ. މި އިނާމްތައް ދެއްވީ މިއަދު ހެނދުނު ކުރިއަށް ދިޔަ މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ދައުލަތުން ދެއްވާ އިނާމްތަކަށް ބޭފުޅުންނާއި، ފަރާތްތައް އެކަށަހަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް ދެއް...
ޔުމްނާ ޢަލީ
މަތީ ސާނަވީގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ފޯމު ހުށަހަޅައި، އެޕްލިކޭޝަނަށް ޖާގަ ހަމަޖައްސައި ރަޖިސްޓަރީވާން އަންގާފައި ވަނިކޮށް، އެ ޖާގަ ދޫކޮށްލައި މާލޭގައި ހުރި މަތީ ސާނަވީ އެހެން ސްކޫލަކަށް ވަންނަ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ފީ ދައްކައި ނުދޭނެކަމަށް ބުނެ އެ ފަރާތްތަކަށް ސިޓީ ފޮނުވައިފިއެވެ. މާލޭ ސަރަހައްދުގައި މިވަގުތު މަތީ ސާނަވީއަށް ތައުލީމް ފޯރުކޮށްދޭ ހުރީ ތިން ސްކޫލެކެވެ. އެއީ ސީއެޗްއެސްއީއާއި، ވިލާ އިންޓަނޭޝަނަލް...
އިބްރާހިމް ޚަލީލް
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މިއަދު އަރުވައިފިއެވެ. ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މިއަދު އަރުވާފައި ވަނީ މިއަދުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެ...
ޔުމްނާ ޢަލީ
މޮޓޮރޯލާ އަދި ވިވޯ ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޯނުގެ ސްކްރީނުގައި ގްރީން ލައިނެއް ފެންނަ މައްސަލަ ދިމާވާން ފަށައިފިއެވެ. މި މައްސަލަ ދިމާވެފައިވަނީ ވޮރަންޓީ މުއްދަތު ހަމަވެފައިވާ ފޯނުތަކަށް ކަމަށް ބެލެވެއެވެ. މި މައްސަލަ ދިމާވެފައިވާ މޮޑެލްތަކުގެ ތެރޭގައި މޮޓޮ ޖީ82، ޖީ52، ވިވޯ އެކްސް80 ސީރީޒް، އަދި ވިވޯ އެކްސް70 ޕްރޯ+ ހިމެނެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން މި ދެ ބްރޭންޑުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މީގެ ކުރިން މި […]
އަޙްމަދު ދާއޫދު
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި، ޤައުމީ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އ...
ޔުމްނާ ޢަލީ
އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާގުޅޭ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް އިއްޔެ ލޯންޗްކޮށްފި އެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކުރީ މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އިއްޔެ ލޯންޗް ކުރި މި ވެބްސައިޓަކީ އެމްޕީއެލުން ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅ...
އިބްރާހިމް އަސްވާޤް
ޔުކްރެއިންގެ މެދުތެރޭގައި އޮންނަ ޕޮލްޓާވާ ސިޓީއަށް ރަޝިޔާއިން ދިން މިސައިލް ހަމަލާއެއްގައި 51 މީހަކު މަރުވެއްޖެއެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސިފައިން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމަލާގައި އިތުރު 200 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެފައިވާއިރު، މި ހަމަލާ އަމާޒުކޮށްފައިވަނީ ސިފައިންގެ މުވާސަލާތީ އިންސްޓިޓިއުޓަކާއި އޭގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ. ޔުކްރެއިންގެ ސިފައިންގެ ބާރުތަކުން ވަނީ މި ހަމަލާގައި ސިފައިން ވެސް މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ޔުކްރެއިންގެ ދ...
އަޙްމަދު ދާއޫދު
ސިނަމާލެ ބުރިޖުގެ ލޭންތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މީސްމީޑިއާގައި ވީޑިއޯއެއް އާންމުކުރައްވާފައެވެ. މި ވީޑިއޯގައި އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. ކުރީގެ ނައިބު ރައީސް އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެއާރގެ ހައިސިއްޔަތުން ރައްޔިތުންނަށް ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށާއި...
އަލީ އާދިލް
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 33 މީހަކު ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވި މީހުންގެ ޖުމުލަ އަދަދު 40،819 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 94،291 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. “ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލު ސިފައިން ހިންގި ގަތުލުއާންމުގައި 33 މީހުން ޝަހީދުކޮށް، 67 […]
އަޙްމަދު ދާއޫދު
އަލްކާހިނު: އޭނާއަކީ މުސްތަޤުބަލުގައި ހިނގާނޭ ކަންތައްތައް އޭނާއަށް އެނގޭކަމަށް ދަޢްވާކުރާމީހާއެވެ. މިޘާލެއްގެގޮތުން ފަހެ، މިވެނި މީހަކު މާދަމާ މަރުވާނޭކަމާއި އޭނާ މަރުވާނެތަނާއި އެވެނިމީހަކު ދުނިޔޭގަައި ދިރިއުޅޭނީ އުފަލުގައިތޯ ނުވަތަ ނޫންތޯއާއި މިފަދަ މުސްތަޤުބަލާ ގުޅުންހުރިކަންތައްތައް އޭނާއަށް އެނގޭކަމަށް އޭނާ ދަޢްވާކުރުމެވެ. އަދި މިކާހިނު ކަލޭގެ ދަޢްވާކުރަނީ މަލާއިކަތުންނާއި ރަސޫލުންނަށް ނޭނގޭކަމެއް އޭނައަށް އެނގޭކަމަށެވެ. އެހެނީ ހަމަކަށަވަރުން ޣައިބުގެ ޢިލްމަކީ ﷲ ތަޢާލާ، އެއިލާހުގެ ޢިލްމުފު...
Thiladhun
ސަޢޫދީ ޢަރަބިއްޔާގެ އަމީރާ ލަޠީފާ ބިންތި ޢަބްދުލްޢަޒީޒް އަލްސަޢޫދު އިއްޔެ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި ހާމަކުރެވިފައެއް ނުވެއެވެ. އަމީރާ ލަޠީފާ އަކީ ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ރަސްގެފާނު، ބަނީ ސަޢޫދު ޚާންދާނުގެ މުއައްސިސް އަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އާލް ސަޢޫދުގެ ދަރިކަނބަލުންނެވެ. އެކަމަނާގެ އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ މީޑިއާތަކުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް ހެޔޮ ދުޢާކޮށް، އާއިލާއަށް ކެތްތެރިކަން...
އަޙްމަދު ދާއޫދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަނީ ސައްހަނޫން ލިޔުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ބަޔަކު ނެރުނު މައްސަލައިގެ ތަހުގީގީ ރިޕޯޓްކަމަށް ބުނެ ލިޔުމެއް މީސްމީޑިއާގެ މަންސަތަކުގައި ދައުރުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި އެއީ ސ...
ޔުމްނާ ޢަލީ
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑެއް އެކުލަވާލައި، ދަފްތަރުކުރުމުގެ އުސޫލެއް އާންމުކޮށް ޢަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. މި އުސޫލުގެ ދަށުން ގޭގައި ހެދިކާ ހަދައި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ދަފްތަރުކޮށް، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ފުރިހަމަކުރަންޖެހޭނެއެވެ. މި މިންގަނޑު އެކުލަވާލުމުގައި ބޭރުގެ އެކި ޤައުމުތަކުގެ މިންގަނޑުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ އިތުރުން ރާއްޖޭގެ ކަމާބެ...
އަލީ އާދިލް
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ދެއްވި ބަޔާނެއްގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ގިނަ ބަހަނާތަކަކާއި ދޮގުތަކެއް ހިމެނިފައިވާކަމަށް ބެލެވެއެވެ. މިޞްރާއި ޣައްޒާ ގުޅުވައިދޭ ބޯޑަރުގެ ކޮންޓްރޯލް ދޫކޮށްނުލުމާ ގުޅޭގޮތުން ނަތަންޔާހޫ ބުނެފައިވަނީ، “ފިލަޑެލްފިއާގެ ދަށުން ބިމުގެ އަޑިން ޔަމަނާއި އީރާނުގެ ހަތިޔާރު އެތެރެ ކުރާ މަގެއް އޮވެދާނެ” ކަމަށެވެ. އަދި ހަނގުރާމަ ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެ، “ހަނގުރާމައިގެ ފަހުވަގުތުކޮޅު އެއްވެސް ޖޯޝެއް ނުހުންނާނެ. އަ...
މުޞްޠަފާ މުޙައްމަދު
ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހަވީރު 4:34 އެހާކަންހާއިރު މާލޭ ރާޅުގަނޑު ސަރަޙައްދުގައެވެ. ލޯންޗެއް ބަނޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސް އާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަޙައްދަށް ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން […]
އަލީ އާދިލް
ހުޅުމާލެއިން ގެއްލިގެން އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޯދަމުން މިދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އައިޑީ މޮހަމެޑް ސެޚްއެވެ. މޮހަމެޑް ސެޚް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުން ފެށިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަކަމަށް ފުލުހުން ބުނެއެވެ. މީގެ ކުރިން މިފަދަ މައްސަލަތަކުގައި […]
އަލީ އާދިލް
ރާޅުގަނޑު ސަރަޙައްދުން ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައިފިއެވެ. ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެސަރަހައްދުގައި ހުރި މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެލޯންޗުގައި ތިބި ކަމަށް ލަފާކުރެވެނީ ހަތަރު މީހުން ކަމަށެވެ. އެމީހުން މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވެއެވެ. އަދި އެ ސަރަޙައްދުގައި އިތުރު ލޯންޗުތަކެއް ހަރަކާތްތެރި...
އަލީ އާދިލް
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2022 -2023 ވަނަ އަހަރުގެ މަތީ ސާނަވީގެ އެންމެ މޮޅު ދެވަނަ ދަރިވަރަކަށް އަޙްމަދިއްޔާގެ ކެޕްޓަން އާދަމް ނާއިޝް ނަސީމް ވަނީ ހޮވިފަ އެވެ. އާދަމް ނާއިޝް ނަސީމްއަކީ ސާނަވީ ތަޢުލީމް އަޙްމަދިއްޔާގައި ހާސިލްކުރި ދަރިވަރުންގެ ތެރެއިންވެސް އެންމެމޮޅު ދަރިވަރަށް ހޮވިގެން 2020 – 2021 ގެ ރަންޝީލްޑް ގެވެސް ވެރިޔާއެވެ. ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމްގެ އުދަގޫ 2 މަރުހަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލް […]
Thiladhun