އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މަސްރޭހުގެ ތެރެއިން ނައިފަރު މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ. އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ މަސްރޭސް ބާއްވާފައެވެ. މިގޮތުން ނައިފަރު މަސްރޭސް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ އެވެ. ނައިފަރު މަސްރޭހުގައި 18 ޓީމަކުން ވާދަކުރިއިރު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ބޮޑެތި ގިނަ އިނާމްތަކެއް ދީފައެވެ. މި މަސްރޭހުގައި […]
ޔުމްނާ ޢަލީ
ހުޅުމާލޭގައި މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ ހެނދުނު 6:50ހާއިރު އެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ އޭނާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހުޅުމާލޭގައި ބާރަށް ދުއްވި ރޭސް ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު...
ޔުމްނާ ޢަލީ
ހުޅަނގު އައްސޭރީގައި އޮތް މުޒާހަރާއަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި އެމެރިކާ- ތުރުކީގެ 26 އަހަރުގެ އަންހެން އެކްޓިވިސްޓަކު މަރާލައިފިއެވެ. ހުކުރު ދުވަހު ވެސްޓް ބޭންކުގައި ބޭއްވުނު އެ އިހުތިޖާޖުގައި އިސްރާއީލް ސިފައިންވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ލައިވް ވަޒަން ޖަހާފައެވެ. އެކަމުގެ ސަބަބުން އެތައްބަޔަކުވަނީ ޒަޚަމްވެފައެވެ. އައިސެނުރު އެޒްގީ އެއިގީ ނަމަކަށް ކިޔާ މި އަންހެންމީހާ ބައިވެރިވެފައިވަނީ ނަބުލުސް ކައިރީގައި އޮންނަ ބެއިތާ ރަށުގައި ބޭއްވި، އިސްރާއީލީ ޔަހޫދީ ސެޓްލްމަންޓްތަކާ ދެކޮޅު...
އަޙްމަދު ދާއޫދު
ގޫގުލްގެ ސާރޗް އިންޖީނުގެ މޮނޮޕޮލީ ނިމުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އައުޓްލައިނެއް މިއަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާނެ ކަމަށް އެމެރިކާގެ އިންސާފުގެ ވުޒާރާއިން ބުނެފިއެވެ. މިކަން އެ ވުޒާރާއިން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމެއްގައެވެ. ޖަސްޓިސް ޑިޕާޓްމެންޓް ނުވަތަ އިންސާފުގެ ވުޒާރާގެ ވަކީލު ޑޭވިޑް ޑާލްކުއިސްޓް ވިދާޅުވީ ހުށަހަޅާ ހުށަހެޅުންތައް ފަރުމާ ކުރެވިފައިވާނީ ގޫގުލްއިން ސާރޗް އިންޖީނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގް...
އަޙްމަދު ދާއޫދު
ޣައްޒާގެ އުތުރުގައި ހުރި ޙަލީމާ އައްސަޢުދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ޖަހާފައިހުރި ޓެންޓު ހިޔާވަހިކަމަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ އިތުރުން މެދު ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ވެސް އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ. ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 33 މީހުން ޝަހީދުވިކަމަށް ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ބައިތުލް މަޤުދިސްގެ ބ...
އަޙްމަދު ދާއޫދު
މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް މިއަދު (ހުކުރު) އަންގާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ރައީސް...
އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރި މެޗުން، ތިލަދެކުނު ފުޓްބޯޅަ މުބާރާތް މިއަދު (ހުކުރު) ފަށައިފިއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކޮރަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު އެ ޓީމް ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ޕްރިންސް ލާބީ ޖަހައިދިންއިރު، ދެވަނަ […]
އިބްރާހިމް ޚަލީލް
ފިރިހެނަކަށް ދަޢުވަތުދީގެން ގެސްޓް ހައުސް އަކަށް ގެންގޮސް ފޭރިގަނެފި އެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ މިކަން ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ 21:30 ހާއިރު ކަމަށެވެ. ”އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނެއް ހުއްޓުވާ އޭނާ އަށް ރޫމަކަށް ދިއުމަށް ދަޢުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސް އަކަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލާ އޭނާގެ އެކައުންޓުން 53,000 ހާސް […]
އަލީ އާދިލް
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިންމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ލ. އިސްދޫއަށް އުފަން ހަސަން ސަމާހް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައ...
އިބްރާހިމް ޚަލީލް
ޓައިވާނުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނެގުމުގެ ތުހުމަތުތަކެއް ޗައިނާގެ މައްޗަށް ކޮށްފިއެވެ. ޓައިވާނުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކުރި ތަޙްޤީޤަކުން ދައްކާގޮތުގައި، ޗައިނާގެ 8 ކުންފުންޏަކުން ޓައިވާނުގެ ޤާނޫނާ ޚިލާފަށް އެ ޤައުމުގެ ޓެކްނޮލޮޖީ އިންޖިނިއަރުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ސެމިކޮންޑަކްޓަރ މެނުފެކްޗަރިންގ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ ސަޕްލަޔަރެއް ކަމަށްވާ ނައުރާ ޓެކްނ...
އަޙްމަދު ދާއޫދު
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 900 ވަނަ ލަނޑުޖަހައި، މި އަދަދަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފިއެވެ. ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލުންނެވެ. މި މެޗުން ޕޯޗުގަލް މޮޅުކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އުމުރުން 39 އހަރުގެ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 900 […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ހުރަސްއެޅުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ކުށުގެ ދަޢުވާތަކަށް އިންކާރުކޮށްފިއެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕްގެ ފަރާތުން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބުނެފައިވަނީ، އެމައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ލިބިފައިވާ ޙައްޤު ދޫކޮށްލާ ކަމަށެވެ. ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމުގައި ޓްރަމްޕް ބައިވެރިއެއް ނުވެއެވެ. ނަމަވެސް އޭނާގެ ވަކީލުން އޭނާގެ ފަރާ...
އަޙްމަދު ދާއޫދު
ކޮރަޕްޝަނާ ދެކޮޅަށް އިހުތިޖާޖުކުރި މީހަކު ޝަކުވާ ސިޓީތަކެއް، ގައިގައި އޮޅައިގެން މަގުމަތީގައި ފޮރެޅެމުން ކަމާބެހޭ އިދާރާއަށް ހިނގައްޖެއެވެ. އިންޑިއާގެ މެދުތެރޭގައި އޮންނަ ސްޓޭޓެއް ކަމުގައިވާ މަދިޔަ ޕްރަދޭޝްގެ ނީމުޗް ސަރަޙައްދުގައި ދިރިއުޅޭ މުކޭޝް ޕްރަޖަޕަތް ނަމަކަށް ކިޔާ މީހަކު، ގިނަ އަދަދެއްގެ ޝަކުވާގެ ސިޓީތަކުން ފައްޗެއްހަދައިގެން ގައިގައި އަޅައިގެން، އެ އަވަށުގެ އޮފީހަށް ދިޔައީ މަގުމަތީގައި ފުރޮޅެމުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއީ އޭނާގެ އަވަށުގެ ކައުންސިލްގެ ވެރިޔާގެ ކޮރަ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން، އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން “ތިލަދެކުނު ފުޓްބޯޅަ މުބާރާތް” ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ. މުބާރާތުގެ އިއުލާނާއިއެކު އަތޮޅު ކައުންސިލުން ގައިވައިދު އާންމު ކޮށްފައިވާއިރު، ގަވައިދުގައި އަތޮޅުގެ ފުޓްބޯޅައަށް ބޭނުންތެރި އެހާމެ މުހިންމު މަގުސަދުތަކެއް ވެސް ވަނީ ހިމަނާފައިވެއެވެ. މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހދ.އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، ފު...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލަކާ ޖެހުމުންނެވެ. އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ އަށް އުފަން ޒުވާނެކެވެ. އޭނާގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެނގިފައިވާ ގޮތުގައި މި ޒުވާނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. ސައިކަލު ފަހަތުގައި އިން އަނެއް ޒުވާނާއަށް މާ ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. ސައިކަލު...
އަލީ އާދިލް
ހަމާސްއާ އެކު އެއްބަސްވުމެއް ނެތި އަސީރުންގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރެއަށް ހުށައެޅިފައި ކަމަށާއި، އަސީރުންގެ ފުރާނަ ސަލާމަތް ކުރެވޭނީ ހަމާސް އާއިއެކު އެއްބަސްވުމަކަށް ދެވިގެން ކަމުގެ އިންޒާރު އިސްރާއީލުގެ ސިފައިން ސަރުކާރަށް ދީފިއެވެ. އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެގައުމުގެ ސަރުކާރަށް އިންޒާރު ދެމުން ބުނެފައިވަނީ، ޣައްޒާގައި ފުޅާދާއިރާއެއްގައި ހިންގާ ކޮންމެ އަސްކަރީ އޮޕަރޭޝަނަކުން އިސްރާއީލުގެ އަސީރުންގެ ފުރާނަ އަށް އިތުރަށް ނުރައްކާވާނެ ކަމަށެވެ. އިސްރާއީލުގެ ދުވަހުނޫސް ޔެޑިއޮތު އަހްރ...
މުޞްޠަފާ މުޙައްމަދު
އިސްރާއީލުގެ ނިއުކްލިއަރ ހަތިޔާރަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އީރާނުން އދ އަށްކަނޑައަޅާފައި ހުންނަވާ މަންދޫބު އާމިރު ސައިދު އިރަވާނި ވިދާޅުވެއްޖެވެ. އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ވުމަށްޓަކާ، އިސްރާއީލުގެ ނިއުކްލިއާ ވަސީލަތްތައް ބައިނަލްއަގްވާމީ އޮބްޒާވަރުން ބަލަންޖެހޭ ކަމަށް އީރާނުން ވަނީ ގޮވާލާފައެވެ. “މިހާރުގެ ހާލަތު ބިރުވެރި، އިސްރާއީލުން ދަނީ ސަރަހައްދީ ގައުމުތަކަށް ނިއުކްލިއާ ބިރު ދައްކަމުން، އިސްރާޢީ...
މުޞްޠަފާ މުޙައްމަދު
މާލޭ ސަރަޙައްދުގެ ބަސް ދަތުރުތައް ފަތިހު 5 ޖަހާއިރު ފަށާގޮތަށް އެމްޓީސީސީން ނިންމައިފި އެވެ. މި ބަދަލު ގެނެވިފައިވަނީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް، އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރުގެ އިރުޝާދުގެ ދަށުންނެވެ. އަންނަ އާދީއްތަ ދުވަހުން (8 ސެޕްޓެމްބަރު 2024) ފެށިގެން، ގްރޭޓަރ މާލޭ ސަރަޙައްދުގެ އާރްޓީއެލް ބަހުގެ ޚިދުމަތުގެ އާރު-1، 2، 6، 7، 8، 10، 11 އަދި 12 ރޫޓްތަކުގެ ދަތުރުތައް ފަތިހު 5:00 އަށް ފެށޭނެ އެވެ. މިހާރު […]
އިބްރާހިމް އަސްވާޤް