އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުމާއެކު ކުރިއަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ.
ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި ވަޒީރު ރާފިޢު ވަނީ ކުރިން ވާދަކުރި މުބާރާތަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން މަސައްކަތްކުރުމަށް ވެސް ހިތްވަރު ދެއްވާފައެވެ.
ރާއްޖެ ހިމެނޭހެން އިތުރު ތިން ޤައުމަކުން ވާދަކުރާ، ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ހިތްވަރު ދެއްވަމުން ވަޒީރު އިތުރަށް ދެއްކެވި ވާހަކާގައި ވަނީ، ޓީމްގެ ތެރޭގައި އޮންނަ ގުޅުމާއި، އޮފިޝަލުންގެ މެދުގައި ޓިމާ ދޭތެރޭ އޮންނަ ގުޅުމަކީވެސް ކާމިޔާބު ހޯދަން ބަލާއިރު މުހިންމު އެއްޗެއްކަން ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން އެއް މުބާރާތުން އަނެއް މުބާރާތަށް ކުޅުންތެރިންނާއި ވޮލީ އެސޯސިއޭޝަނާ ދެމެދު އޮންނަ ގުޅުންވެސް ބަދަހިވާން ޖެހޭކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.
''އަމާޒަކަށްވާންވީ އަބަދުވެސް ކާމިޔާބީ ހޯދުން. އެއީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކުރުން، ކުރީ މުބާރާތަށްވުރެ އިތުރު ހަރުފަތެއް ކުރިއަށް ދިޔުން. އެއީ ޓީމް ސްޕިރިޓްގަވެސް، ޓީމް އެފަޓްގައިވެސް.'' ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްވަރުގައި ލިބުނު ނަތީޖާއަށް ވުރެ، ރަނގަޅު ނަތީޖާއެއް ލިބުމަކީ ކާވާ ޗެލެންޖުން ލިބޭނެ ކާމިޔާބީއެއް ކަމަށް ދެކޭކަމަށެވެ.
މާދަމާ މާލޭގައި ފަށާ، ކާވާ ވުމަންސް ވޮލީބޯޅަ ޗެލެންޖު 2024ގައި ރާއްޖެ ހިމެނޭހެން ދެން ވާދަކުރަނީ ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ތަޖިކިސްތާން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!