ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް އިއުލާން ކޮށްފައިވާއިރު، މިފަހަރު އެ ލިސްޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ނުހިމެނެއެވެ.
މިއީ 2003 ވަނަ އަހަރަށް ފަހު މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު މި ލިސްޓްގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 21 އަހަރު މި ލިސްޓްގައި މެދުކެނޑުމެއް ނެތި މި ދެ ކުޅުންތެރިން ވަނީ ލީޑުކޮށްފައެވެ. މި އެވޯޑް އެންމެ ގިނައިން ހޯދާފައި ވަނީ މެސީއެވެ. އޭނާ ވަނީ 8 ފަހަރު މި އެވޯޑް ހޯދާފައެވެ. ދެން މި އެވޯޑް އެންމެ ގިނައިން ހޯދާފައި ވަނީ ރޮނާލްޑޯއެވެ. އޭނާ ވަނީ 5 ފަހަރު މި އެވޯޑް ހޯދާފައެވެ.
2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ފާއިތުވި ދިހަ އަހަރުތެރޭ މި އެވޯޑް މި ދެ ކުޅުންތެރިން ފިޔަވާ އެހެން ކުޅުންތެރިއަކަށް ހޯދިފައި ނުވެއެވެ. މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ފެނުނު ވާދަވެރި ތަފާތު މޮޅު ދެ ކުޅުންތެރިންނެވެ.
މިފަހަރު އެވޯޑަށް ނޮމިނޭޓް ވީ 30 ކުޅުންތެރިން
ޑަނީ ކާވަހާލް (ސްޕެއިން/ ރެއާލް މެޑްރިޑް)
ލަމީން ޔަމާލް (ސްޕެއިން/ ބާސެލޯނާ)
ބުކާޔޯ ސަކާ (އިންގްލެންޑް/ އާސެނަލް)
ހަކަން ޗަނޮނޮގްލޫ (ތުރުކީ/ އިންޓަ މިލާން)
ވިލިއަން ސަލީބާ (ފްރާންސް/ އާސެނަލް)
ކީލިއަން އެމްބާޕޭ (ފްރާންސް/ ޕީއެސްޖީ-ރެއާލް މެޑްރިޑް)
ލައުޓާރޯ މާޓީނޭޒް (އާޖެންޓީނާ/ އިންޓަ މިލާން)
އަޑެމޯލާ ލުކްމަން (ނައިޖީރިއާ/ އެޓަލަންޓާ)
އެންޓޯނިއޯ ރޫޑިގާ (ޖަރުމަނު/ ރެއާލް މެޑްރިޑް)
އަލެހަންޑްރޯ ގްރިމާލްޑޯ (ސްޕެއިން/ ބަޔާ ލެވަކޫސަން)
ޖޫޑް ބެލިންހަމް (އިންގްލެންޑް/ރެއާލް މެޑްރިޑް)
ރުބެން ޑިއާޒް (ޕޯޗުގަލް/މެންޗެސްޓާ ސިޓީ)
ފިލް ފޯޑެން (އިންގްލެންޑް/ މެންޗެސްޓާ ސިޓީ)
ފެޑެރީކޯ ވަލްވޭޑޭ (އުރުގުއޭ/ރެއާލް މެޑްރިޑް)
އެމިލިއާނޯ މާޓިނޭޒް (އާޖެންޓީނާ/ އެސްޓަން ވިލާ)
އާލިން ހާލަންޑް (ނޯވޭ/މެންޗެސްޓާ ސިޓީ)
ނިކޯ ވިލިއަމްސް (ސްޕެއިން/އެތުލެޓިކް ބިލްބާއޯ)
ގްރޭނިޓް ޝަކާ (ސްވިޒަލެންޑް/ ބަޔާ ލެވަކޫސަން)
އާޓެން ޑޮވްބީކް (ޔޫކްރެއިން/ ރޯމާ-ޖިރޯނާ)
ޓޯނީ ކްރޫސް (ޖަރުމަނު/ ރެއާލް މެޑްރިޑް)
ވިނީޝިއުސް ޖޫނިއާ (ބްރެޒިލް/ ރެއާލް މެޑްރިޑް)
ޑަނީ އޮލްމޯ (ސްޕެއިން/ ލައިޕްޒިގު-ބާސެލޯނާ)
ފްލޯރިއަން ވާޓްޒް (ޖަރުމަނު/ ބަޔާ ލެވަކޫސަން)
މާޓިން އޮޑެގާޑް (ނޯވޭ/ އާސެނަލް)
މެޓް ހަމެލްސް (ޖަރުމަނު/ ބޮރޫޝިއާ ޑޯޓްމަންޑް
ރޮޑްރީ (ސްޕެއިން/ މެންޗެސްޓާ ސިޓީ)
ހެރީ ކޭން (އިންގްލެންޑް/ ބަޔާން މިއުނިކް)
ޑެކްލަން ރައިސް (އިންގްލެންޑް/ އާސެނަލް)
ވިޓީނިއާ (ޕޯޗުގަލް/ ޕީއެސްޖީ)
ކޯލް ޕާމާ (އިންގްލެންޑް/ ޗެލްސީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!