އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއްޔެ ހޮވައިފިއެވެ.

މި ނަސީބުވެރިޔާއަށް ސައިކަލް އިއްޔެ ހަވާލުކޮށްފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އިން މި ޕްރޮމޯޝަން ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

Ad
rt

މި ޕްރޮމޯޝަނަކީ މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އުރީދޫއިން ކުރިއަށްދާ މި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)، އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެއެވެ.

އުރީދޫގެ ޚިދުމަތްތައް ބޭނުންކޮށްގެން ކޮންމެ 3 ދުވަހަކުން އަގުހުރި ސައިކަލެއް ލިބޭ!

މީގެ އިތުރުން މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ގޕްރޮމޯޝަނެކެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.