ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ “ޑީންސް ލީޑަރޝިޕް ސީރީސް”ގައި ދެއްވި ތަޤުރީރުގައެވެ. އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަ...
ޔުމްނާ ޢަލީ
ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެ އަންނަ އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ، މެޑްރިޑް ޑާބީ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެ ކަމުގައި ރެއާލުން ބުނެފިއެވެ. އެމްބާޕޭއަށް އަނިޔާވެފައި ވަނީ ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ރެއާލާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 80 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ރެއާލުން އެ މެޗު ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ޕީއެސްޖީ ދޫކޮށް ރެއާލާއި ގުޅުނު އެމްބާޕޭ […]
އިބްރާހިމް ޚަލީލް
އިސްރާއީލުން ލުބުނާނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން، ސީރިއާގެ 13,500 މީހުން ލުބުނާނު ދޫކޮށް ސީރިއާއަށް ގޮސްފައިވާކަމަށް ލުބުނާނުގެ އިންޓީރިއަރ މިނިސްޓަރު ބައްސާމް މައުލަވީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލަވީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން، ލުބުނާނުގެ 533 ވަގުތީ ހިޔާތަކުގައި މިހާތަނަށް 70,100 މީހުން ވަނީ ހިމާޔަތް ހޯދާފައެވެ. އަދި ލުބުނާނުގެ އިރުމަތީ ސަރަހައްދު ބެކާއާގައިވެސް ސީރިއާ މީހުންނަށް ޚާއްޞަކޮށްގެން ހިޔާވަހިކަ...
އަޙްމަދު ދާއޫދު
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެ މުއައްސަސާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މާލެ ޕޮލިސް ކޮމާންޑުން ފެށި މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސް ޑރ. މުޙައްމަދު ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެ...
ޔުމްނާ ޢަލީ
ދުންފަތާއި އީ-ސިނގިރޭޓާއި ވޭޕް ރާއްޖެއިން ބޭން ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލާފައި ވަނިކޮށް، އެތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓާލުމަށް ނަރުހުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިއަދު އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މިހާރު އާންމުވަމުންދާ އަދި ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ، ދުންފަތާއި ދުންފަތުގެ އަރައެއް ކަމުގައިވާ ނިކޮޓިން ބޭނުން ކުރުމަށް ގެންގުޅޭ އާލާތެއް ކަމަށްވާ އީ-ސިނގިރޭޓްގ...
އިބްރާހިމް ޚަލީލް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުން ވެސް ބޭރުކޮށްލައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައ...
ހުސައިން ހަބީބް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ވެސް ބެހެއްޓި ކަމަށް […]
ހުސައިން ހަބީބް
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަސްތެރޭ ސްކޭމްތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝިފާން މީގެ އިރުކޮޅެއްގެ ކުރިން “އެކްސް” ގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މަކަރާއި ހީލަތުގެ މައްސަލަތަކުން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައި ކަމަށެވެ. ޝިފާން […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މޮޅުވުމުގެ ސިލްސިލާ ބާސާއިން ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 19 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. ކޫންޑޭ ހުރަސްކުރި ބޯޅަ ދިފާއުކުރަން ގެޓާފޭގެ ކީޕަރު ސޯރިއާ މަސައްކަތް ކުރުމުގެ ތެރޭ އަތުގައި ޖެހިފައި އޭރިއާތެރެއަށް ވެއްޓުނު ބޯޅަ ލެވަންޑޯސްކީ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލާ ބާސާއަށް […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސެޝަންގެ މައުޟޫއަކީ “ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން” އެވ...
ޔުމްނާ ޢަލީ
މެޓާ ކުންފުނިން އެ ކުންފުނީގެ އަހަރީ ކޮނެކްޓް ކޮންފަރެންސްގައި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) އައިނުގެ ޕްރޮޓޯޓައިޕެއް ހާމަކޮށްފިއެވެ. “އޯރިއަން” މިނަން ދީފައިވާ މި އައިނަކީ ހަޤީޤީ ދުނިޔެއާއި މަޖާޒީ ދުނިޔެ އެއްކޮށްލުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާމަކުރި އެއްޗެކެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވި ގޮތުގައި މި އައިނަކީ “ހޮލޮގްރާމްތަކެއް އޯވަލޭކޮށްފައިވާ ފިޒިކަލް ދުނިޔެއެކެވެ.” މި އައިނަކީ މެގްނީޒިއަމް އެލޯއިން ހަދާފައިވާ، މެޓާއިން ޚާއްޞަކޮށް ފަރުމާކުރި ސިލިކޮނުން ރަން ކުރާ އު...
އަޙްމަދު ދާއޫދު
އިންޑިއާގެ މުންބާއީ ސިޓީއާއި އެ ސަރަހައްދުގެ އެހެން ބައެއް ސިޓީތަކަށް ބުދަ ދުވަހުގެ ރޭ ވަރަށް ބޯ ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެ، އުޅަނދުފަހަރު ދުއްވުމަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ. އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ މުންބާއީއަށް ރެޑް އެލަރޓެއް ދީފައެވެ. މި އެލަރޓް ބުރާސްފަތި ދުވަހުގެ ހެނދުނު 8 އަށް ދެމިގެންދާނެ ކަމަށް ބުނެއެވެ. މި އެލަރޓާ ގުޅިގެން މުންބާއީ ސިޓީގެ އިދާރާތަކުން ވަނީ ސެޕްޓެމްބަރ 26 ގައި ސިޓީގެ ހުރިހާ ސްކޫލުތަކަކާއި ކޮލެޖުތަކެއް […]
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. އދ.ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ރައީސް ތަގުރީރު ކުރައްވަނިކޮށް، އެ ތަގުރީރު ގެނެސްދިން ފޭސްބުކް ލައިވް އަށް މީހަކު ވަނީ ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ކޮމެންޓްކޮށްފައެވެ. ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނުމުގެ އިތުރުން އެމީހާ ވަނީ އެމީހާ ހައްޔަރުކުރަން އައުމަށް އެދި ފުލުހުންނަށް ނިސްބަތްކޮށް ވެސް ކޮމެންޓެއް ކޮށް...
ޔުމްނާ ޢަލީ
އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު 1،247 އަށް އަރައިފިއެވެ. ލުބުނާންގެ ތިމާވެށީގެ ވަޒީރު ނާސިރު ޔާސިން ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލުން ލެބަނަނަށް ދޭ ހަމަލާތަކުގައި މިހާތަނަށް 1،247 މީހުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން 5،278 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވަޒީރު ވިދާޅުވިއެވެ. ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މި ހަމަލާތައް ފެށިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 8...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވެ...
ޔުމްނާ ޢަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ދެ ލޯނެއްގެ މައްސަލާގައި މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އެ ބޭނުންކުން އިއުލާންކޮށްފި އެވެ. މި ދެ ގެ ވިއްކާލަން ބީއެމްއެލުން ނީލަމަށް ހުޅުވާލާފައި ވަނީ ވަކި ދެ ޢިއުލާނެއްގައެވެ. އެ ދެ ޢިއުލާންގައި ބުނެފައިވާގޮތުން އެ ދެ ގެ ނީލަމުގައި ވިއްކާލަން އިއުލާންކުރީ އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ. މިއީ މާލޭގެ މާފަންނުގައި ހުންނަ ދެ ގެއެވެ. މީގެ ތެރެއިން […]
ޔުމްނާ ޢަލީ
ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، މުޙައްމަދު ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފުލެޓް 205-2-35 ގައިކަމަށެވެ. ”މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ތަފާތަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުގެ އމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ރޭ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒްއެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން […]
އިބްރާހިމް ޚަލީލް