ކުރީގެ އަދަދާއި ގުޅޭ، ” ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!” ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ. ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އޭނާއާ މެދު އެ ފަދަ ހިތްދަތި ގޮތަކަށް ބައްޕަ ކަންތައް ކޮށްފާނެ ކަމަކަށް […]
ސަލާމާ ޢަބްދުލް ޢަލީމް
އެމެރިކާގެ ހަމައެކަނި މުސްލިމުން އެކަނި ހިންގާ ސިޓީ ކަމުގައިވާ ހަމްޓްރަމްކްގެ މޭޔަރު އާމިރު ޣާލިބް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ ކަމަށް އިއުލާނު ކުރައްވައިފިއެވެ. މިޝިގަން ސްޓޭޓްގެ ހަމްޓްރަމްކް ސިޓީގެ މޭޔަރު އާމިރު ޣާލިބް ވަނީ އާދިއްތަ ދުވަހު ފޭސްބުކް ޕޯސްޓެއްގައި، ޓްރަމްޕަކީ “އުސޫލުތަކެއް ހުރި މީހެއް” އަދި “މި ނާޒުކު ވަގުތަށް ރަނގަޅު ޗޮއިސް” ކަމަށް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ބައެއް ކަންކަމުގައި ޓްރަމްޕާ ދެބަސްވުން ހުރި […...
އަޙްމަދު ދާއޫދު
ޗައިނާގެ އީ-ކޮމާސް ބޮޑު ކުންފުނި އަލީބާބާއިން، މޮނޮޕޮލިސްޓިކް އުސޫލުތަކެއް ގެންގުޅޭ ކަމަށް ބުނެ އެމެރިކާގެ އިންވެސްޓަރުން ހުށަހެޅި މައްސަލައެއް ހައްލުކުރުމަށް 433.5 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެއެވެ. މި މައްސަލަ ހައްލުކުރުމަށް އެއްބަސްވެފައިވަނީ އިތުރު ޝަރީއަތްތަކަށް ދިއުމުގެ ބަދަލުގައި ކަމަށް އަލީބާބާއިން ބުނެ ބުނެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ހުށަހެޅި ހުށަހެޅުން މެންހެޓަންގެ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާއިރު، މި ހުށަހެޅުން ފާސްކުރުމަށް އަދި ޖަޖް ޖޯޖް ޑެނިއަލްސްގެ ހުއްދަ ބޭނުންވ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި އެ ހައިކޯޓުން ރޭ އެވޯޑެއް ދީފިއެވެ. ރޭ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ “އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 ” އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެ ކޯޓުން ވަނީ، އެ ކޯޓުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، ހައިކޯޓުގައި ފަނޑ...
ޔުމްނާ ޢަލީ
ޣައްޒާގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލާ ގުޅުން ކެނޑިއްޖެކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ހުކުރު ދުވަހުގެ ހެނދުނު ޣައްޒާގެ އުތުރުގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލަށް އިޒްރޭލުގެ ސިފައިން ހަމަލާދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ހަމަލާގައި އާޓިލަރީ އާއި ބަޑިޖެހުން ހިމެނޭ ކަމަށާއި، އަދި މީގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި ކަމަށްވެސް ބުނެއެވެ. ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން ވާހަކަ އިވުނު ފ...
އަޙްމަދު ދާއޫދު
އިސްރާއީލުން ހަމާސް އަދި ހިޒްބުﷲއާ ދެކޮޅަށް ދެމުންދާ ހަމަލާތަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާ ވާހަކަ ވިދާޅުވެފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ. މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ކުރެއްވި ފޯނު މަޝްވަރާއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ “ކުރަންޖެހޭ ކަމެއް ކުރަމުން ގެންދާށޭ” ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ. މި މަޢުލޫމާތު ދީފައިވަނީ އެ މަޝްވަރާއާ ގުޅޭގޮތުން މަޢުލޫމާތު އެނގޭ 6 ފަރާތެއް ކަމަށ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ގެ އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ އާމިނަތު ނަސްރަތު ހޮވުނުއިރު އެންމެ މޮޅު ރަށަކަށް ދިއްދޫ ހޮވިއްޖެއެވެ. އެ އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އުތީމުގައެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް އިމިގްރޭޝަނުން ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި 39 ބިދޭސީން ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަންތަކެއް ގްރޭޓާ މާލޭ ސަރަހައްދުގައި ގިނަ ދުވަސް ތަކެއްވަންދެން ހިންގުމަށްފަހު އިމިގްރޭޝަނުން ވަނީ އެ އޮޕަރޭޝަން މިހާރު އަތޮޅުތަކަށް ފުޅާކޮށްފައެވެ. އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދާ މިނ އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގެ...
ޔުމްނާ ޢަލީ
އިސރާއީލުން، އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އިސްރާއީލުން އީރާނަށް ވައިގެ މަގުން އުދުވާނީ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް ހުއްޓާލިކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އިސްރާއީލުގެ މިހަމަލާތަކާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަ...
ޔުމްނާ ޢަލީ
އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޤަވާޢިދު ވެސް އިސްލާޙް ވެގެން އަންނާނެ ކަމަށެވެ. އަދި ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުން ތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ. އެ މިނިސްޓްރީން ވަނީ މި މަސަ...
ޔުމްނާ ޢަލީ
ގޫގުލް ޑީޕްމައިންޑުން އެ ކުންފުނީގެ އޭއައި ވޯޓަރމާކިންގ ޓޫލް، ސިންތްއައިޑީ، އޯޕަން ސޯސްކޮށްފިއެވެ. މި ޓޫލް އާންމުކުރި ކަމަށް އެ ކުންފުނިން އިއުލާނުކޮށްފައިވަނީ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ. ގޫގުލްގެ ޖެމިނައި ޗެޓްބޮޓްގައި ބޭނުންކުރަމުންދާ މި ޓޫލްގެ މައިގަނޑު މަޤްޞަދަކީ އޭއައި އުފައްދާ ކޮންޓެންޓްތަކާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމެވެ. މިގޮތުން، އުފައްދާ ލިޔުންތަކުގައި ވޯޓަރމާކެއް ހިމެނުމަށް ވަނީ މަސައްކަތްކޮށްފައެވެ. މި ވޯޓަރމާކިންގ އުކުޅު ބޭނުންކޮށްގެން ލިޔުން އުފެއްދުމާއެކު، ފެންނަން ނެތ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ފަތުރުވެރިކަމުގެ ވިޔަވާރި ކުރުމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ދެއްކި ހަތަރު ކުންފުންޏަށް ހަނިމާދޫ ކައުންސިލުން ބިން ހަވާލުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލުގައި ބިންތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ހަތަރު ބިން ހަވާލުކޮށްފައި ވަނީ ތިން ކުންފުންޏަކަށެވެ. ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑް އަށް ދެ ބިން، އަދި ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިންޓް ޕްރައިވެޓް ލިމިޓެޑް، މި ކޮންމެ ކުންފުނ...
އިބްރާހިމް ޚަލީލް
ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން ރަޝިޔާގައި އުތުރު ކޮރެއާގެ ސިފައިން ތިބިކަން ކަށަވަރުކޮށްދީފިއެވެ. ރަޝިޔާގެ ރައީސް މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވީ ދެކުނު ކޮރެއާގެ އިންޓެލިޖެންސް ސަރވިސްއިން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކާ ގުޅޭގޮތުންނެވެ. އެ ފޮޓޯތަކުގައި ރަޝިޔާގެ ސަރަހައްދުގައި އުތުރު ކޮރެއާގެ ސިފައިން ތިބިތަން ފެންނަ ކަމަށް ބުނެފައިވެއެވެ. “ފޮޓޯތަކަކީ ވަރަށް މުހިންމު އެއްޗެއް. ފޮޓޯތަކެއް ހުރިނަމަ، އެއިން އެއްޗެއް ދައްކުވައިދޭނެ،” ޕުޓިން ބުރާސްފަތި ދުވަހު ބޭރުގެ ނޫސްވެރިންނަށް ވިދާޅު...
އަޙްމަދު ދާއޫދު
ޗައިނާއިން އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރަށް ޓެރިފް-ފްރީ ވިޔަފާރީގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ޗައިނާގެ ބޮޑެތި އިމާރާތްކުރުމުގެ، ހަކަތައިގެ އަދި ކަސްޓަމަރުންނާ ގުޅުންހުރި ދާއިރާތަކަށް ޠާލިބާނަށް ޓެރިފް-ފްރީކޮށް ވަދެވޭނެއެވެ. މިއީ ވަސީލަތްތަކުން މުއްސަނދި ނަމަވެސް ޑިޕްލޮމެޓިކް ގޮތުން އެކަހެރިވެފައިވާ ޠާލިބާން ސަރުކާރުން އެމީހުންގެ މާކެޓް ފުޅާކުރުމަށް އެދިފައިވާ އެދުމަކަށް ޗައިނާއިން ދީފައިވާ ޖަވާބެކެވެ. 2021 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ހިފީއްސުރެ ޗައިނާއިން ވަނީ އ...
އަޙްމަދު ދާއޫދު
ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް، ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް އެ މަރުކަޒަށް ފޯރުކުށްދިނުމުގެ އެއްބަސްވުމުގެ ސޮއިކޮށްފިއެވެ. ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޚީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ...
ޔުމްނާ ޢަލީ
އަނބިމީހާ އާއި ދަރިންނަށް ޚަރަދުކުރުމުގަައި ފިރިން ނުވަތަ ބަފައިން ފަރުވާކުޑަކޮށް، ބައެއް ބަފައިންނާއި ފިރިން އެކަމަށް އިހްމާލްވެފައިވާކަމީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް ފެންނަމުންދާ ހިތްދަތި މަންޒަރެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މިފަދަ ފިރިންނާއި ބަފައިންނަށް އިސްލާޙްވެ، ވާޖިބު އަދާކުރުމަށް ބާރުއަޅައި އެކަމަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި އަހަށްމިއްޔަތު އަންގައިދީފައެވެ. އަނބިމީހާ އަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ދިނުމަށް ފިރިމީހާގެ މައްޗަށް ވަނީ...
ޔުމްނާ ޢަލީ
މާލެ އަތޮޅު ކުރޭންޑް ޕާކް ކޮއްދިއްޕަރު ސްޓާފް ފެރީގައި ލޯންޗެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެލޯންޗުގައި ހުރި މީހަކު “ތިލަދުން” އަށް މަޢުލުމާތު ދެމުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ކުރިމަތިން އައި ލޯންޗު އަރާފައިވަނީ ސްޓާފް ފެރީގެ އަރިމައްޗަށް ކަމަށެވެ. ފެރީ ލޯންޗުގައި ތިނބި ހަތަރު ވަރަކަށް މީހަކަށް އަނިޔާވެގެން މާލެ ގެންގޮސްފައިވާ ކަމަށާއި އެމީހުން މާލެެ ގެންދިއަޔީ ރިސޯޓުން ލޯންޗެއް ގެނެސްގެންކަމަށް އޭނާ މަޢުލޫމާތު ދިނެވެ. އެކްސިޑެންޓުވި ދެ ލޯންޗު މިހާރު އޮތީ […]
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާ ކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒު ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ފަށައިފިއެވެ. ނެއްލައިދޫގެ ގުދުރަތީ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި މި ދޫނި އެ ރަށުގައި އާލާކުރުމުގެ މަސައްކަތް ކުރަނީ ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާއި ވެސް އެކުގައެވެ. އަދި ރަށް ޕްރޮމޯޓް ކުރުމަށް ހަދާފައިވާ “ވިޒިޓް ނެއްލައިދޫ” ފޭސްބުކް ޕޭޖުން ވެސް އަންނަނީ މިކަމ...
އިބްރާހިމް ޚަލީލް