ސްމާޓްފޯނުގެ ބާޒާރުގައި އެންމެ މަޤުބޫލު އައިފޯން އުފައްދާ ކުންފުނި އެޕަލް އިން ހޯމަ ދުވަހު އައިއޯއެސް 18.1 ނެރެ، އައިފޯން 16 އަދި އައިފޯން 15 ޕްރޯގައި ބޭނުންކުރެވޭ ގޮތަށް “އެޕަލް އިންޓެލިޖެންސް” ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް ތަޢާރަފުކޮށްފިއެވެ. މީގެ އިތުރުން އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށްވެސް އެޕަލް އިންޓެލިޖެންސް ހިމެނޭ ސޮފްޓްވެއަރ އަޕްޑޭޓްތައް ނެރެފައިވެއެވެ. މި އަޕްޑޭޓަކީ އެޕަލްއަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިދިޔަ މަހު ނެރުނު އައިފޯން 16 ސީރީޒްގެ މާކެޓިންގ […]
އަޙްމަދު ދާއޫދު
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރ ރޮޑްރީ ކާމިޔާބު ކޮށްފިއެވެ. މިދިޔަ ސީޒަންގައި ކްލަބާއި ގައުމީ ޓީމްގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ހޯދި ރޮޑްރީއާއި އެންމެ ގާތުން މި އެ ވޯޑަށް ވާދަކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނީސިއަސް ޖޫނިއާއެވެ. ރޮޑްރީ މި އެވޯޑް ކާމިޔާބު ކުރުމާއިއެކު އޭނާވެފައި ވަނީ ބެލޮންޑިއޯ އެވޯޑް ފާއިތުވި 64 އަހަރުތެރޭ ހޯދި […]
އިބްރާހިމް ޚަލީލް
ސޫދާނުގެ ރައްޔިތުން ރައްކާތެރިކުރުމަށް އދ. ގެ ބާރެއް ފޮނުވުމަށް ވަރަށް ބޮޑަށް ބޭނުންކަމަށާއި، އެކަމަކު އަދި ރައްކާތެރި ކަމުގެ ގޮތުން އެކަށީގެންވާ ހާލަތެއް ނެތްކަމަށް އދ.ގެ ވެރިޔާ ގުޓެރެސް ވިދާޅުވެއްޖެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ހަނގުރާމައިގެ ތެރޭގައި ޖެހިފައިވާ ސޫދާނުގެ އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިވުމަށް ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އދ. ގެ ބާރެއް އެ ޤައުމަށް ފޮނުވުމަށް މިވަގުތު އެކަށީގެންވާ ޙާލަތެއް ނެތްކަމަ...
އަޙްމަދު ދާއޫދު
އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް އިންޑިއާއިން ވަކިވެގަންނަން އެދޭ ސިކުން ތުހުމަތު ކޮށްފިއެވެ. ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައި، ސިކުންގެ އެކްޓިވިސްޓެއް ކަމަށްވާ ގުރްޕަޓްވަންޓް ސިންގް ޕަންނުން ވަނީ އެމެރިކާ އަދި ކެނެޑާގައި އިންޑިއާގެ ޖާސޫސީ ނެޓްވޯކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އޭނާ މިވާހަކަތައް ދައްކާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި އޭނާ މަރާލުމަށް އިންޑިއާއިން ރާވާފައިވާކަމަށް ބުނެވޭ މައްސަލައަކާ ގުޅިގެންނެވެ. އެމެރިކ...
އަޙްމަދު ދާއޫދު
ކުޅުދުއްފުށީގައި އަންނަ އަހަރު ތެރޭގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދޭވަރުވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑުގެ ޚިދުމަތަކީ ގިނަ ސަރުކާރުތަކަކުން ކުޅުދުއްފުށިން ސީދާ ޕްރިންޓުކޮށްގެން ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައިވާ ޚިދުމަތެއްކަން ފާހަގަކުރަށްވައި، އެކަން ކުޅުދުއްފުށީގައި ފެށޭނެ ދުވަހެއ...
ޔުމްނާ ޢަލީ
އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ނަތީޖާ ނުނެރެވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކިކޮށްފިއެވެ. 2022 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ޓެން ހާގަށް އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ. ދެ އަހަރާއި ބައިގެ މުއްދަތުގައި ޓެން ހާގް ވަނީ ޔުނައިޓެޑާއި އެކު ދެ ތައްޓެއް ކާމިޔާބު ކޮށްފައެވެ. އެއީ 2023 ވަނަ އަހަރުގެ ކަރަބޯ ކަޕާއި މިދިޔަ އަހަރުގެ އެފްއޭ ކަޕެވެ. މި ސީޒަން ފެށުމުގެ […]
އިބްރާހިމް ޚަލީލް
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީން އެ ބަޖެޓް މިއަދު ފާސްކޮށްފިއެވެ. ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން މިއަދު 14:30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޤާސިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އެވެ....
ޔުމްނާ ޢަލީ
ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ނައިވާދޫ ކައުންސިލާއިއެކު މަޝްވަރާކޮށްފިއެވެ. އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އިން ބުނީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ ހިމެނޭހެން އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ނައިވާދޫ ކައުންސިލާއި އެކު އެރަށުގެ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިވާދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ތިއްބެވީ ޢަލީ ރަޝީދާއި، ނަ...
ޔުމްނާ ޢަލީ
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަލީ ސަމީރު އިސްތިއުފާ ދެއްވައިފި އެވެ. ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ މެއި، 2022 ގަ އެވެ. ސަމީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑެޕިއުޓީ ޕީޖީއަކަށް ދެން މަހުމޫދު ސަލީމް އެކަންޏެވެ.އެ މަގާމަށް ބޭފުޅުން […]
ހުސައިން ހަބީބް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދޭގޮތަށް އެ ދެކޮމިޝަންގެ ގާނޫނަށް ބަދަލުގެންނަން މަޖިލީހަށް ދެ ބިލު ހުށަހަޅައިފިއެވެ. މިގޮތުން މި އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ހިމަނާފައިވާ އެންޓި ކޮރަޕްޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރުއެވެ. އީސީގެ ރައީސާއި ނައިބު […]
ޔުމްނާ ޢަލީ
ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާ) ގްރޫޕަށް ތުރުކީވިލާތުން ވަނުމަށް ހުށަހެޅި ހުށަހެޅުން އިންޑިޔާއިން ބްލޮކްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ތުރުކީވިލާތާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. ތުރުކީވިލާތުން ބްރިކްސްއަށް ވަނުމަށް ހުށަހެޅި ހުށަހެޅުމަށް ބްރިކްސްގެ ގިނަ މެންބަރު ޤައުމުތަކުން ތާއީދު ކޮށްފައިވާއިރު، މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިންޑިޔާއިން މި ހުށަހެޅުން ބްލޮކްކުރުމާ ގުޅިގެން ތުރުކީ...
އަޙްމަދު ދާއޫދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު އާސެނަލްއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑްގެ މައްޗަށް ވެސްޓްހޭމުން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުންދިޔަ ވެސްޓްހޭމްއިން ޔުނައިޓެޑްއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. ފުރަތަމަ ލަނޑު 74 ވަނަ މިނެޓުގައި ވެސްޓްހޭމްއަށް ޖަހައިދިނީ ސަމާވިލްއެވެ. އޭގެ ހަމިނެޓް ފަހުން ކަސެމީރޯ ޖަހައ...
އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، ދެކުނު އެފްރިކާއަށް އުފަން އެލޮން މަސްކް، 1990 ގެ އަހަރުތަކުގައި އެމެރިކާގައި ޤާނޫނާ ޚިލާފަށް މަސައްކަތްކުރި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓު ނެރުނީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް، އާދީއްތަ ދުވަހު މަސްކް މި ރިޕޯޓު ދޮގުކޮށް، އޭނާ އެ ދުވަސްވަރު އެމެރިކާގައި ޤާނޫނީ ގޮތުން މަސައްކަތްކުރުމުގެ ހުއްދަ އޮތް ކަމަށް ބުނެފައިވެއެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓުކޮށް، “އަހަރެން ހުރީ ޖޭ-1 ވިސާއެއްގައި. އެއަށްފަހު އެޗް1-ބީ ވި...
އަޙްމަދު ދާއޫދު
އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުން އެނބުރި ބިމަށް އައުމާއެކު، ނާސާގެ އެސްޓްރޮނޯޓެއް ސިއްޙީ މައްސަލައަކާ ގުޅިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފިއެވެ. މި ހާދިސާއާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް އަދިވެސް ހާމައެއް ނުކުރެއެވެ. ނާސާއިން ދީފައިވާ އަޕްޑޭޓެއްގައި ބުނެފައިވާ ގޮތުގައި، ސްޕޭސްއެކްސްގެ ކްރޫ-8 މިޝަންގެ ހަތަރު މެންބަރުންވެސް ވަނީ ހިއުސްޓަންގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރަށް ދިއުމުގެ ބަދަލުގައި ފްލޮރިޑާގެ ޕެންސަކޯލާގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގެންދެވިފައެވެ. ކްރޫ ޑްރެގަން...
އަޙްމަދު ދާއޫދު
ވާދޫ ކަނޑު ތެރެއިން 2 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ޑިންގީއެއް ދިޔަވެ އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގީ މިރޭ 23:19 ހާއިރު ސިނަމާލެ ބްރިޖް ސަރަޙައްދުގެ ވާދޫ ކަނޑު ތެރޭގައެވެ. އުޅަނދުގައި ތިބި 2 މީހުންގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސްގެ އޮޕަރޭޝަން ޓީމެއް ވަނީ ވަގުތުން ސަރަޙައްދަށް ފޮނުވާފައެވެ. އަދި […]
އިބްރާހިމް އަސްވާޤް
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވާހަކަ ދެއްކުމުގެ މުބާރާތުގެ ފަހުރުވެރި އެއްވަނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އާދަމް އިސްހާގް ކާމިޔާބު ކޮށްފިއެވެ. އެ އަތޮޅުގެ 10 ސްކޫލަކުން 52 ދަރުވަރުން ބައިވެރިވި މި މުބާރާތް މި މަހުގެ 24 އިން 26 އަށް ކުރިއަށް ގެންގޮސްފައި ވަނީ ކަނޑިތީމުގައެވެ. މުބާރާތުގެ ވަނަތައް މުޅިމުބާރާތުން 1 ވަނަ އާދަމް އިސްހާޤް / ށ.އަތޮޅު ތައުލީމީ މަރުކަޒު […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި އައިވީއެފް ޚިދުމަތް ތައާރަފްކުރާނެކަމަށް މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ މާލެ ހޮސްޕިޓަލްސް ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައެވެ. މި ނޫސްކޮންފަރެންސްގައި މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އައިޖީއެމްއެޗްގައި ފާޓި...
ޔުމްނާ ޢަލީ
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ. މިއަދު ހެނދުނު 10:15 ގައި ފެށި ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް ފަޒާދު ހޮވީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2...
ޔުމްނާ ޢަލީ