އިސރާއީލުން، އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އިސްރާއީލުން އީރާނަށް ވައިގެ މަގުން އުދުވާނީ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް ހުއްޓާލިކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

Ad
rt

އިސްރާއީލުގެ މިހަމަލާތަކާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަތީގައި ސުލްހަ ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަވެއެވެ.

މީގެ އިތުރުން ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ސަރަޙައްދުގެ ދެމެހެއްޓެނިވި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަޝްވަރާތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މިހަމަލާތަކާބެހޭ ގޮތުން އީރާނުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ މަދަނީ ދިފާއާބެހޭ މަސްއޫލުވެރިއަކާ ހަވާލާދީ އީރާނުގެ އޮންލައިން ބައެއް ނޫސްތައް ބުނާގޮތުން ހަތް ގޮވުމެއްގެ އަޑު އީރާނުގެ ވެރިރަށް ތެހެރާންގެ ތެރެއިން ވަނީ އިވިފައެވެ.

މި ހަމަލާކުށްވެރިކޮށް ސައޫދީ ޚާރިޖިއްޔާއިން ވެސް ވަނީ ބަޔާނެއްނެރެ، ސަރަހައްދީ ހަމަޖެހުމަށް ޖާގަދިނުމަށް ގޮވާލާފައެވެ.