ޗައިނާއިން ޖަޕާނާއި ބަލްގޭރިއާ އަދި އިތުރު ޤައުމުތަކަށް ވިސާ ފްރީ އެކްސެސް ފުޅާކޮށްފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު 30 އިން ފެށިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް، ޗައިނާއިން އެ ޤައުމުގެ ވިސާ ފްރީ އެކްސެސް ޖަޕާނު، ބަލްގޭރިއާ، ރޮމޭނިއާ، ކްރޮއޭޝިއާ، މޮންޓެނެގްރޯ އަދި އިތުރު ޤައުމުތަކަށް ފުޅާކުރާނެއެވެ. ޗައިނާގެ ސަރުކާރުގެ ޓެލެވިޜަން ސީ.ސީ.ޓީ.ވީ އިން ރިޕޯޓުކުރި ގޮތުގައި، މި […]
އަޙްމަދު ދާއޫދު
އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ”ރޮކެޓް ސްޕީޑްގައި” ކުރިއަށް ގެންދަވާނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ ”އިސްރާއީލް ޕާސްޕޯޓު މަނާކުރުން، އިބިލީހު ކައިވެންޏަށް” ކަމަށް ބުނެ، އަލީ ރަމީޒް އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. މުހައްމަދު ވިދާޅުވީ، ފަލަސްތީން މުސްލިމް ރައްޔިތުންނަށް އިސްރާއީލްއިނ...
ޙުސައިން ޝަހުދީ
2024 ވަނަ އަހަރަކީ އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމުގައި އދ. އިން ބުނެފިއެވެ. އދ. ގެ އިންސާނީ އެހީތެރިކަމުގެ އޮފީހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ 2024 ވަނަ އަހަރަކީ މިހާތަނަށް އިންސާނީ އެހީތެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށާއި، މިގޮތުން މިއަހަރު މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 281 އިންސާނީ އެހީތެރިން މަރުވެފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. ޖެނީވާގައި ބޭއްވުނު އދ. ގެ ބްރީފިންގއެއްގައި އދ. ގެ އިންސާނީ އެހީތެރިކަމުގެ ވިލަރެސްކުރާ އޮފީހުގެ […]
އަޙްމަދު ދާއޫދު
ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ ހާޝިމް އަބޫބަކުރު/ހއ. ހޯރަފުށި، އަންދަލީބުގެ (57އ)ގެ ބަލިހާލު ހުރިގޮތުން މިވަގުތު ހުރީ ވަގުތީގޮތުން ގޭބަންދުގައި ބެހެއްޓިފައިކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބުނެފިއެވެ. ހާޝިމަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ. އޭނާ އަށް މައާފްދީ ދޫކޮށްލާފައިވާކަމަށް މީސްމީޑިއާގައި ފަތުރަމުން އަންނަ ޚަބަރާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ، 2022 ވަނަ އަހަރު ޖަލުހުކެއް ތަންފީޒު ކުރަމުން އަންނަ ހާޝިމް އ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ވަޅިން މީހަކަށް ހަމަލާދޭން އުޅުނުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާއަށް ވެސް ހަމަލާދޭން އުޅެފިއެވެ. ފުލުހުން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ އިރުއޮއްސި 6:30 ހާއިރު ކަމަށް ފުލުހުންގެ މަޢުލޫމާތު ދީފަވެއެވެ. މި ހާދިސާގައި މީހަކަށް ހަމަލާ ދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް […]
ޔުމްނާ ޢަލީ
ފާނަބަސަންދު (ޗިކަންޕޮކްސް) ޖެހުނު ދެމީހަކު އެޑްމިޓްކޮށް ފަރުވާދެމުން އަންނަކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ބުނީ މި މަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހަކަށް ދަނީ އައިޖީއެމްއެޗުގައި އެޑްމިޓްކުރެވި އިތުރު ފަރުވާދެމުން ކަމަށް އެ ވުޒާރާއިން ބުންޏެވެ. ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރު އާއި ހަމައަށް މުޅި ރާއްޖެއިން […]
ޔުމްނާ ޢަލީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަދި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) ނެރެފައިވާ ހައްޔަރު އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ހުޅަނގުގެ ތިން ޤައުމުކަމަށްވާ އިޓަލީ ވިލާތާއި، ނެދަލެންޑްސް އަދި ކެނެޑާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ. ހޭގްގައި ހުންނަ ކޯޓުން މި އަމުރުތައް ނެރެފައިވަނީ އެދުވަހުގެ ކުރީކޮޅުގައެވެ. އަދި ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގާފައިވާ ހަނގުރާމައާ ގުޅިގެން ހަނގުރާމައިގެ ކުށްތަކާއި އިންސ...
ޔުމްނާ ޢަލީ
ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި މާތްﷲއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭކަން ބަޔާންކޮށް، އެދުވަހަށް ތައްޔާރުވުމުގެ މަތިވެރި ފިލާވަޅުތަކެއް މިއަދުގެ ހުކުރު ޚުޠުބާގައި ގެނެސްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ޤިޔާމަތްދުވަސް” އެވެ. މިއަދުގެ ޚުތުބާއިން ނަކަލުކޮށްފައިވާ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަސް އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި އިންޑިއާގެ ފައިސާ ދެ ޤައުމުގެ ދެމެދު ބޭނުންކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ(އާރުބީއައި) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބޭންކާއި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި އެކު ދެ ޤައުމުގެ އަމިއްލަ ފައިސާ އެއްގައުމުން އަނެއް ގައުމުގައި މާލީ މުއާމަލާތްތަކުގައި ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. މި އެއްބަސްވުމަކީ އިންޑިއާ ރުޕީސް އާއި ދިވެހި ރުފިޔާ ދެ ޤައުމުގެ ދެމެދުގައި ބޭނުންކުރުމަށް އޮނިގަނޑެއް އެކުލ...
ޔުމްނާ ޢަލީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް، އައިސީސީން އަމުރު ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. ސޯޝަލް މީޑިއާގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އައިސީސީގެ އެނިންމެވުމަކީ ފަލަސްތީނުގެ ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފް ޖަރީމާތަށް ހުއްޓުވައި އިޒްރޭލު ޖަވާބުދާރީކުރުވުމަކީ ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށާއ...
އިބްރާހިމް ޚަލީލް
އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެންޑްރޮއިޑް ފޯނަކަށް ބަދަލުވުން ފަސޭހަކޮށްދޭ އާ އެޕެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ. މިހާރު “އެންޑްރޮއިޑް ސްވިޗް” ގެ ނަމުގައި ނަން ބަދަލުކޮށްފައިވާ މި އެޕަކީ އައިފޯނުން އެންޑްރޮއިޑަށް މަޢުލޫމާތު ބަދަލުކުރުމަށް ކުރިން ބޭނުންކުރަމުން އައި “ޑޭޓާ ރިސްޓޯ ޓޫލް” އަށް ގެނެސްފައިވާ އައު ބަދަލެކެވެ. މި އެޕް މެދުވެރިކޮށް އައިފޯނު ޔޫޒަރުންނަށް އެމީހުންގެ ޗެޓްތަކާއި، ކަލަންޑަރު، އަދި ކޮންޓެކްޓްތަކުގެ އިތުރުން ވައިފައި ނެޓްވޯކްތަކާއި ގޫގުލް އެކައުންޓްގެ މަޢުލޫމާތު އައިފޯނުން...
އަޙްމަދު ދާއޫދު
ޔުގަންޑާގެ އިދިކޮޅު ސިޔާސީ ލީޑަރު ކިއްޒާ ބެސިގޭ (68 އަހަރު) ކެންޔާއިން ވަގަށް ނެގުމަށްފަހު، ބުދަ ދުވަހު ކަމްޕާލާގައި ހުރި އަސްކަރީ ކޯޓަކަށް ހާޒިރުކޮށްފިއެވެ. ޔުގަންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ފާޑުކިޔުންތެރިއެއް ކަމުގައިވާ ޑރ. ބެސިގޭ ކޯޓަށް ގެނެވުނީ ހަތިޔާރު އަޅައިގެން ތިބި އަސްކަރީ ބަޔަކާ އެކުގައެވެ. ބެސިގޭގެ ވަކީލު އެރިއަސް ލުކްވަގޯ އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ބެސިގޭ އާއި އެހެން އިދިކޮޅު ލީޑަރެއް ކަމަށްވާ ހާޖީ ލުޓާލޭ ކަމުލެގޭޔާ ކޯޓަށް ހާޒިރުކުރެވުނު ކަމަށެވެ. އޭނާ […]
އަޙްމަދު ދާއޫދު
އިނގިރޭސިވިލާތުން ފޯރުކޮށްދީފައިވާ ސްޓޯމް ޝެޑޯ މިސައިލްތަކުން ރަޝިޔާގެ ސަރަޙައްދަށް ޔުކްރެއިނުން ހަމަލާ ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔޫކޭގެ ސްޓޯމް ޝެޑޯ މިސައިލްތަކުން ޔުކްރެއިނުން ރަޝިޔާގެ ސަރަޙައްދަށް ދެ މިސައިލް އަމާޒުކޮށްފައިވެއެވެ. ނަމަވެސް މި ދެ މިސައިލްވެސް ވަނީ ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވާލެވިފައި ކަމަށް ރަޝިއާއިން ބުނެއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ދެ ސްޓޯމް ޝެޑޯ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިޤުތިޞާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މިރޭ މާލޭގެ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުނު “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގަ...
ޔުމްނާ ޢަލީ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން އިންތިޒާމުކުރާ “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” މިރޭ އިފްތިތާޙްކޮށްފިއެވެ. މިކަމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އެވެ. “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” އަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހި...
ޔުމްނާ ޢަލީ
ހއ. ހަތިފުށި ފަރުމައްޗަށް ފީނަން ފޭބި އިހަވަންދޫ ޒުވާނަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެއެވެ. ’މަސްވެރި އިހަވަންދޫ’ގައި ބުނެފައި ވަނީ، ފަރުމަށްޗަށް ފީނަން ފޭބި އިހަވަންދޫ ޒުވާނަކު ގެއްލިގެން ހޯދަމުންދަނިކޮން ފެނިފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދިޔަ ޒުވާާނާ ފީނަންފޭބީ އިތުރުބަޔަކާއެކު މިރޭ 6:45 ހާކަންހާއިރު ހއ ހަތިފުށީ ފަރުމައްޗައްކަމަށެވެ. ‘’ޒުވާނާފެނުނު އިރު ހާާލުރަނގަލުކަމަށް މައުލޫމާތުލިބޭ.’’ މަސްވެރި އިހަވަންދޫގައި ބުނެފަވެއެވެ. ގެއްލުނުޒުވާނާ ފެނިފައިވަނީ ހަބަރެއްނުވެގެން ގެއްލިގެން ހޯދ...
ޔުމްނާ ޢަލީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ދީފްގެ މައްޗަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފިއެވެ. އައިސީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް “2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން 2024 ވަނަ އަހަރުގެ މެއި 20 އާ ހަމައަށް އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ […]
އަޙްމަދު ދާއޫދު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު މަރާމާތުކޮށް ނިންމާ، މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. މި މަސައްކަތަކީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ފެށި މަސައްކަތެއްކަމަށް އެ ކުނ...
އަލީ އާދިލް