ހުޅުމާލޭގައި ވަޅިން މީހަކަށް ހަމަލާދޭން އުޅުނުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާއަށް ވެސް ހަމަލާދޭން އުޅެފިއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މީހާ ހައްޔަރުކޮށްފައި ވަނީ އިރުއޮއްސި 6:30 ހާއިރު ކަމަށް ފުލުހުންގެ މަޢުލޫމާތު ދީފަވެއެވެ.

މި ހާދިސާގައި މީހަކަށް ހަމަލާ ދޭން އުޅުނު މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.