ނިއުކްލިއަރ ސަޕޯޓާއެކު ރަޝިއާއަށް ހަމަލާދިނުމުން ދިފާޢުގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ރަޝިޔާގެ ވެރިކަން ހިންގާ ކްރެމްލިންގެ ޑިޕްލޮމެޓިކް ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ. ޔޫކްރެއިންއިން ހަނގުރާމައިގައި ހަތިޔާރު ބޭނުންކުރުމަކީ ނިއުކްލިއަރ ބާރުތަކުގެ އެހީތެރިކަމާއެކު ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް މަގުފަހިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައް...
އަޙްމަދު ދާއޫދު
ސިނަމާލެ ބްރިޖު އެއަރޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހުއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ފަތިހު 5:25 ހާއިރު އެވެ. ބްރިޖު އެއަރޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހިނގި މި ހާދިސާގައި ސައިކަލުގައި އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް […]
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދަމުންދާ ގްރޯ ވިތް އުރީދޫގެ ސެޝަނެއް އައްޑު އަތޮޅު ފޭދޫގައި (25 ނޮވެމްބަރ 2024) ގައި ބާއްވާފިއެވެ. އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު މި ސެޝަނުގައި ގޭގައި ގަސްއިންދުމާއި ހެއްދުމަށް ކުރެވިދާނެ ކަންކަން ކިޔާދީ އަމަލީ ސެޝަނެއްވެސް ކުރިއަށް ގެންދެވުނެވެ. މި ސެޝަން ކުރިއަށް ގެންދެވުނީ ސ. ފޭދޫ އަވަށު އޮފީހާ ގުޅިގެންނެވެ. މި ސެޝަން ނަގައިދިނީ އުރީދޫގެ “ގްރޯ ވިތް އުރީދޫ” ބްރޭންޑް އެމްބެސެޑަރ ރަމްޒީ ހުސައިން އެވެ. މި […]
އިބްރާހިމް އަސްވާޤް
ހދ.ފިނެއަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އެ ރަށު ނެރުމައްޗަށް އަރައިފިއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ފިނޭ ކައުންސިލްގެ ނައިބް ރައީސް ޖަވާޒާ ހުސެއިން ބުނީ އެ ރަށުގައި އަޅާ ކުނިކޮށްޓަށް ބޭނުންވާ ސާމާނު ހިފައިގެން، އައި މުދާ އުފުލާ ދޯންޏެއް އެ ރަށުގެ ނެރުމައްޗަށް އަރައި ބީހިފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، ދޯނި ނެރުމައްޗަށް ބީހުނީ ހިކިދިޔައިގައި […]
އިބްރާހިމް ޚަލީލް
ހޭންޑްބޯލް މޯލްޑިވްސް އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީޗް ހޭންޑްބޯލްގެ ގައުމީ ޓީމެއް އެކުލަވާލުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކަށް ސެލެކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އުމުރުން 18 އަހަރު ފުރިފައިވާ ހަމަ ކޮންމެ ފަރާތަކަށް ވެސް ސެލެކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، ސެލެކްޝަން ބާއްވަން ހޭންޑްބޯލް މޯލްޑިވްސް އިން ކަނޑައަޅާފައި އޮތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީއެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް...
އިބްރާހިމް ޚަލީލް
ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް މީހުން ވެސް ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ. މި މައްސަލާގައި ހދ. އތޮޅުގެ ރަށެއްގެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ޢާއިލާއިން ބުނެފައި ވަނީ އެމީހުން ހައްޔަރުކުރީ މީހަކު ރަހީނުކޮށްގެން ނޫންކަމަށެވެ. އެމީހުންނާއި ޢާއިލީ މީހަކު ކަންހިނގިގޮތްކަމަށް ބުނެ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މި އަންނަ ޑިސެމްބަރަށް އެމީހުން...
ޔުމްނާ ޢަލީ
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރީބައިވެރިވިކަމުގެ ދައުވާ އެވެ. ނަމަވެސް ޝަރުތުތަކަކާއެކު ލަމްހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު އަމުރުކޮށްފަ އެވެ. އެ […]
ހުސައިން ހަބީބް
ފެނަކަ ކޯޕަރޭޝަނުން ވޭތުވެދިޔަ އަހަރު ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކޮށް، އިތުރު 25 ރަށަކަށް މި ޚިދުމަތް ފޯރުކޮށްދީފިއެވެ. މިހާރު ފެނަކައިން ވަނީ ރާއްޖޭގެ 98 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ވޭތުވެދިޔަ އަހަރު ތެރޭގައި 21 ރަށެއްގައި ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، 4 ރަށެއްގައި ނަރުދަމާގެ ޚިދުމަތް އަލަށް ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން، 5 ރަށެއްގައި ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުވާލަކު 564 ޓަނުގެ […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ޤައުމީޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެންތަނެއް މިވަގުތުނެތް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. މޭޔަރު އާތިފް މީސްމީޑިޔާގައި ހިއްސާކުރި މެސެޖެއްގައި ވިދާޅުވި ގޮތުގައި، ކުޅުދުއްފުށި ސިޓީއަކީ މި ފަރިތަކުރުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެތައް ސަބަބުތަކެއް ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުޅުދުއްފުށީގައި ބައިނަލްއަޤްވާމީ ކޯޗުންނާއެކު ބީޗް ހޭނ...
އިބްރާހިމް އަސްވާޤް
މޯލްޑިވިއަން އެއާލައިންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާއަށް އެ ވަޒީފާ އާއި ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި މައްސަލަ މޯލްޑިވިއަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޖެނިފާ އައްޔަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއިން ގެންދަނީ ތަހްގީގު ކުރަމުންނެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. މައްސަލަ ރިޕޯޓުކުރުމާއެކު ވަގުތުން ތަޙުޤީޤު ފަށާފައިވާއިރު، މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ. ކުޑަކުދިންނަށް...
ޔުމްނާ ޢަލީ
2025 ވަނަ އަހަރަށް ލަފާކޮށް، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް މިއަދުގެ ނިޔަލަށް ނިންމާނެކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިއަދު 9:30 ގެ ކުރިން ބަހުސްގައި ބައިވެރިވުމަށް ފުރުސަތުދެއްވާފައެވެ. މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މިސްކިތު ގާރީ ކުލާހުގެ ކިޔެވުން ފަށައިފިއެވެ. މި ކުލާހުގައި ބައިވެރިވާން އެންމެ ފުރަތަމަ ހުށަހެޅި 30 ބައިވެރިންނާއިއެކު ކުލާސްތައް ފަށާފައިވާއިރު، މި ކުލާސްތައް ކުރިއަށް ގެންދަނީ އެ ރަށު އެންމެ ބޮޑު މިސްކިތްކަމުގައިވާ މަސްޖިދުލް ހަޟާރާތުގައެވެ. މިސްކިތު ގާރީ ކުލާސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމ...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއި ގުޅޭ، ” އަހަންނަށް ޔަގީން ޒައިނާއަކީ ނަދީމް އެ ބުނި އަންހެން ކުއްޖާކަން. ނަދީމްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން. އެއީ ދާއިން ކަހަލަ…ދާއިން ކަހަލަ އޯގާތެރި މީހެއް ނޫން. ” ދާއިންގެ ނަން ބުނެވުމާއެކު އަރޫޝާ ފެންކަޅި ވާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ. އާދައިގެ މަތިން މަދީހާއާއި ރިޒާ އެ މީހުންގެ ދަނޑަށް ދިޔައެވެ. އެ ދެމަފިރިންނަކީ އެ ރަށުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ ދެ މީހުންނެވެ. ” ކަރައެއް […]
ސަލާމާ ޢަބްދުލް ޢަލީމް
މަޝްހޫރު އީމެއިލް ޕްލެޓްފޯމް ޔަހޫ މެއިލްއަށް އޭއައިގެ ފީޗާތަކާއެކު އައު ބަދަލުތަކެއް ގެނެސްފިއެވެ. މިދިޔަ ހަފްތާގައި ޔަހޫ ކުންފުނިން ވަނީ އެ ކުންފުނީގެ މެއިލް އެޕްލިކޭޝަން އަލުން ފަރުމާކުރަމުންދާ ކަމަށް އިއުލާނުކޮށްފައެވެ. މި އައު ބަދަލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް އިސްކަމެއް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އައު އެޕްލިކޭޝަނުގައި މެސެޖުތައް ޚުލާސާކޮށްދިނުމާއި، އީމެއިލް ލިޔުމުގައި އެހީތެރިވެދިނުމާއި، އަދި އީމެއިލްތައް ތަރުތީބުކޮށް ބައިބައިކޮށްދިނުން ފަދަ އައު ޚިދުމަ...
އަޙްމަދު ދާއޫދު
ރިޔާސީ ގަނޑުވަރު، މުލިއާގޭ ވެހިކަލް ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތާއި ގޯތި ”ޒުވާނުންގެ ތާޑް ސްޕޭސް” އެއް ނުވަތަ ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. ލިލީމަގުގައި ހުންނަ، މުލިޔާގެ މި ގަރާޖު “ޒުވާނުންގެ ތަރޑް ސްޕޭސް” ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެއެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ރައީސް ނިންމެވީ، އާދީއްތަ ދުވަ...
ޔުމްނާ ޢަލީ
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ރެކޯޑް މިންވަރަކަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށް މިކަމާ ގުޅިގެން ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. އިންޑިޔާގެ ތަޣައްޔަރުވުން ކޮންޓްރޯލްކުރާ އޮތޯރިޓީން ބުނާ ގޮތުގައި ވެރިރަށުގެ 24 ގަޑިއިރުގެ ވައި ތަޣައްޔަރުވުމުގެ މިންގަނޑު (އޭކިއުއައި) ވަނީ 484 ގައެވެ. މިއީ “ސިވިއަރ ޕްލަރ ޕްލަސް” ކަމަށް ބެލެވޭ އަދި މިއަހަރުގެ އެންމެ މަތީ މިންވަރެވެ. މޫސުމުގެ ހާލަތު ގޯސްވެ، ވައިގެ ބާރު ކުޑަވުމާ ގުޅިގެން އޮތޯރިޓީތަކުން […]
އަޙްމަދު ދާއޫދު
އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ތާރީޚީ މަޒާރެއް (ޒިޔާރަތެއް) ވައްޓާލައިފިއެވެ. ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ހުކުރު ވިލޭރޭ ލުބުނާނުގެ ދެކުނުގައިވާ ޗަމާއާ ރަށަށް ވަދެ، އެތަނުގައިވާ ތާރީޚީ ދީނީ މަޒާރެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ޙަމަލާ ދީފައިވަނީ އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވަދެ، އެތަނުގައި ހިންގަމުންދާ ހަނގުރާމަވެރި ޙަރަކާތްތަކުގެ ތެރެއިންނެވެ. ޗަމާއާ ރަށަކީ ލުބުނާނާއި އިސްރާއީލާ ދެމެދުގައިވާ ސަރަޙައްދީ ބޯޑަރު ކައިރީގ...
އަޙްމަދު ދާއޫދު