ފާނަބަސަންދު (ޗިކަންޕޮކްސް) ޖެހުނު ދެމީހަކު އެޑްމިޓްކޮށް ފަރުވާދެމުން އަންނަކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ބުނީ މި މަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހަކަށް ދަނީ އައިޖީއެމްއެޗުގައި އެޑްމިޓްކުރެވި އިތުރު ފަރުވާދެމުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

Ad
rt

ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓް ކުރާއިރު، 2024 ވަނަ އަހަރުގެ ނޮވެމްބަރު އާއި ހަމައަށް މުޅި ރާއްޖެއިން 2977 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އެއީ މާލެ ސަރަހައްދުން ރިޕޯޓު ކުރި 1506 ކޭހާއި އަދި އަތޮޅު ތަކުން 1471 ކޭހެވެ.

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށް ފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެ އެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެ އެވެ.

ފާނަބަސަންދުގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން، ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނޭއިރު، ފާނަބަސަންދުގެ އިތުރު އާލާމާތްތަކުގެ ކާހިތް ނުވުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވެ އަދި ބަނޑުގައި ރިއްސުން ވެސް ހިމެނެ އެވެ.

މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާތީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ އެއްޗެއް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފާނަބަސަންދު ޖެހިއްޖެ ނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމާއި ގެއިން ބޭރަށް ނުދިޔުމާއި ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފަވެއެވެ.