މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ހުށަހަޅައި އެ އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި ސަނަދުތަކާ ހަވާލުވުމަށް އެދިއްޖެއެވެ.

އެމްކިއުއޭ އިން ނެރުނު އިޢުލާނެއްގައި ބުނީ، އެކިއެކި ފަރާތްތަކުން ހުށަހަޅައިގެން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރޭގައި، ގިނަ ސަނަދުތަކެއް ވެރިފަރާތުން ނުގެންގޮސް އެ އޮތޯރިޓީގައި އެބަހުރި ކަމަށެވެ.

Ad
rt

އެހެންވެ، 31 ޑިސެމްބަރ 2022 ގެ ކުރިން ވެލިޑޭޓް ކޮށްފައިވާ ސަނަދުތައް، 31 ޖުލައި 2025 ގެ ކުރިން ސަނަދުތަކާ ވެރިފަރާތުން ހަވާލުވުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.

އެމްކިއުއޭއިން ބުނެފައި ވަނީ ސަނަދުތައް ގެންދިޔުމަށް ދީފައިވާ މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި 31 ޖުލައި 2025 ގެ ފަހުން އެ ތާރީޚުގެ ސަނަދެއް ބޭނުންވެއްޖެނަމަ އަލުން އާ އެޕްލިކޭޝަނެއްގެ ގޮތުގައި އެމްކިއުއޭ އަށް ހުށަހަޅައިގެން ވެލިޑޭޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަންޖެހޭނެ ކަމަށް އެމްކިއުއޭ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، 2023 އަދި 2024 ވަނަ އަހަރު ވެލިޑޭޓްކޮށް ވެރިފަރާތުން ހަވާލުނުވާ ސަނަދުތައްވެސް ވީ އެންމެ އަވަހަށް ވެރިފަރާތުން ހަވާލުވުމަށް އެމްކިއުއޭ އިން އެދިފައިވެއެވެ.