އެމެރިކާގެ ލޮސް އެންޖެލެސް ޑޮޖާރސްގެ ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ ފްރޭންކް މެކޯޓްގެ ޕްރޮޖެކްޓް ލިބަރޓީ އަދި “ދަ ޕީޕަލްސް ބިޑް” ގެ ބައިވެރިން ޓިކްޓޮކްގެ އެމެރިކާގެ ވިޔަފާރި ގަތުމަށް ބައިޓްޑާންސްއަށް ރަސްމީ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުން މިހާރު ހުށަހަޅާފައިވާއިރު، އެމެރިކާގެ ރައީސް ބައިޑެން ސޮއިކުރެއްވި ޤާނޫނެއްގެ ދަށުން، ބައިޓްޑާންސްއިން ޖެނުއަރީ 19 ގެ ކުރިން ޓިކްޓޮކް ވިއްކާލަންޖެހެއެވެ. އެހެންނޫންނަމަ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާވެގެންދާނެއެވެ. މި ހުށަހެޅުމުގެ އަގު...
އަޙްމަދު ދާއޫދު
ސްޕެނިޝް ސްޕަކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާއިން ވަނީ އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ވުމާއިއެކު އާދީއްތަ ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ބާސާއާއި ރެއާލް މެޑްރިޑެވެ. ރޭ ސައުދީގެ ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗުގެ ފުރަތަމަ […]
އިބްރާހިމް ޚަލީލް
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވަން ނިންމައިފިއެވެ. އެމްޑީޕީން ސިޔާސީ ބޮޑު އެއްވުމެއް ބާއްވަން ނިންމީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމު ގައެވެ. ރިޔާސަތުން އެ މައްސަލަ ހުށައެޅުމުން ހުރިހާ މެންބަރުން އެކަމަށް ތާޢީދު ކުރިއެވެ. މިހާރު ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީގެ ބާރު ކެނޑުވާލުމަށް ގެނެސް ފައިވާ ބަދަލުތަކެއް ކަމަށް އެމްޑީޕީއިން ބުނެއެވެ. […]
އިސްމާއިލް މޫސާ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް […]
އިބްރާހިމް ޚަލީލް
ލުބުނާންގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ ސިފައިންގެ އިސްވެރިޔާ ޖޯސެފް އައުން ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އައުން އެމަޤާމަށް އިސްކޮށްފައި މިވަނީ 2022 ވަނަ އަހަރުން ފެށިގެން ލުބުނާންގެ ރައީސްގެ މަޤާމް ހުސްވެފައި އޮތުމަށްފަހުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 60 އަހަރުގެ އައުންގެ އެމަޤާމަށް އިންތިޚާބު ވުމުން ފާހަގަކޮށްދެނީ އިރާނުގެ ބާރުގަދަ އެހީތެރިޔާ، ހިޒްބުﷲގެ ނުފޫޒު އެގައުމުގައި މިހާރު ދަށްވެފައިވާކަމެވެ. މިއީ އިޒްރޭލާ އެކު ހިނގި ހަނގުރާމައިގައި ހިޒްބުﷲއަށް ލިބުނު ބޮޑު ގެއްލުމާއި، ސީ...
އަޙްމަދު ދާއޫދު
ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކަނޑަށް ވެއްޓިގެން ރިޕޯޓުކޮށްފައި ވަނީ “ނޯތު 07” ނަމަކަށް ކިޔާ ސަފާރީއެއްގައި މީހެކެވެ. އެމީހާ ކަނޑަށް ވެއްޓުނުއިރު ސަފާރީ އޮތީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައެވެ. “ނޯތު 7 ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަ...
ޔުމްނާ ޢަލީ
އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗާޑްގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ރޭ ދިން ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަމަލާދިން 18 މީހުންނާއި ސިފައިންގެ މީހަކެވެ. މި ހަމަލާ ދިން ވަގުތު ރައީސް މަހަމަތު ދެބީ އިޓްނޯ ހުންނެވީ ގަނޑުވަރުގައި ކަމަށް ޗެޑްގެ ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުގެ މީޑިއާއިން މިއަދު ހާމަކުރި ގޮތުގައި މި ހަމަލާގައި 6 މީހުން ހައްޔަރުކުރެވިފައިވާއިރު، ސިފައިންގެ 3 މީހަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ. ޗެޑްގެ ފޮރިން މިނިސްޓަރު […]
އަޙްމަދު ދާއޫދު
ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ. ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް […]
ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަޙީދު އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ. މިއީ 2025 ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ހަމައެކަނި ކުރިމަތިލާފައިވާ ފަރާތެވެ. ވަޙީދު ކުރިމަތި ލެއްވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޓިކެޓުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިންތިޚާބު ކުރަންޖެހޭ އ...
އަލީ އާދިލް
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކްކަތްތަކެއް ކުރަމުންދާތީ މާދަމާ މާލެއާއި ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. ހުޅުމާލޭގެ ފޭސް 2 ގައި ބަހައްޓާފައިހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒްކުރުމަށްޓަކައި މާދަމާ ހެނދުނު 6 އާއި 8 އާއި ދެމެދު ކަރަންޓްގެ ޚިދުމަ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގެ ތަޙުޤީގު ނިންމާ މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެކަމަށެވެ. މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްއާގުޅ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. އެއިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާކަމަށާއި މިޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤައުމުގެ ޙާލަތާއި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލަސް ސިޓީގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުންދާއިރު މިހާތަނަށް 5 މީހުން މަރުވެއްޖެއެވެ. މިޑިއާ ރިޕޯޓުރައް ބުނާގޮތުގައި، ހާހަކަށްވުރެއް ގިނަ އިމާރާތް ހަލާކުވެ، 130،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. އަންގާރަ ދުވަހު ރޯވި މިއަލިފާންގަނޑުގައި ގޭގެއާއި މަގުތަކުގައި އަލިފާން ރޯވެ، 42 އަކަމޭލުގެ (108 އަކަ ކިލޯމީޓަރު) ސަރަހައްދެއް އަންދާލާފައިވެއެވެ. ބުދަ ދުވަހުގެ ރޭ ވަނީ ޕެސިފިކް ކަނޑުގެ އައްސޭރިފަށުން ފެށިގެން ޕަސަޑީނާއަށް...
އަލީ އާދިލް
އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލ...
އަލީ އާދިލް
ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންވެ އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. ‘’އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކު...
ޔުމްނާ ޢަލީ
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރަން މީގެ ކުރީން އެކި ތާރީޚްތައް ދިން ނަމަވެސް އަދިވެސް އެ ލިސްޓް އޮތީ އާންމު ނުކޮށެވެ. އެ ލިސްޓާމެދު ކުރިމަތިލި ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، އެ ލިސްޓް އާންމު ނުކުރެވިދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 […]
ޔުމްނާ ޢަލީ
ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިނ...
ޔުމްނާ ޢަލީ
ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ. މިއީ ސްޕެނިޝް ސްޕަކަޕް ސައުދި އަރަބިއްޔާގައި ކުޅޭ ތިންވަނަ ފަހަރެވެ. މިއީ މި މުބާރާތް ސައުދީގައި ބޭއްވުމުގެ ބޭނުމަކީ އެ ގައުމުގައި ފުޓްބޯޅަ ކުރިއެރުވުމުގެ އިތުރުން ކުޅުންތެރިންނަށް ލިބޭ މާލީ މަންފާ އިތުރުކުތުމެވެ. ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ގަވީއެވެ. މިއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާގައި ދަނޑުން […]
އިބްރާހިމް ޚަލީލް