ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު ބަޔަކު ހުއްޓުވުމަށް މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް ސްޓެލްކޯގެ “މެޑަލް އޮފް ބްރޭވަރީ” އަރުވައި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް ވަނީ އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައެވެ. ސްޓެލްކޯއިން މިއަދު މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ބުނެފައިވަނީ، މި މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާސްއާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައި...
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ. މި ޒިޔާރަތަކީ ރައީސް މިއަދު ހޯމަ ދުވަހު އެސްޓޯނިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ. ރައީސް މިއަދު އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ. ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސް އަރިހުގައި، އެ ޤައުމުގެ ޓައުން […]
ޔުމްނާ ޢަލީ
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަކާ ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޝަރީފް ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާާފެއްނުވެއެވެ. ޝަރީފް ޕާސްޕޯޓު ހިފަހައްޓާފައިވާކަން އޭސީސީން ވަނީ ބައެއް މީޑިއާތަކަށް ވެސް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޝަ...
ޔުމްނާ ޢަލީ
ދިވެހި މަސްވެރި އުފެއްދުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބާޒާރަށް ނެރުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަމުގައި އެ ޤައުމުން ބުނެފިއެވެ. މި އެހީތެރިކަން ލިބޭނެކަން ހާމަކުރަށްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއްޔެ އެސްޓޯނިއާގެ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އެވެ. މި ބައްދަލުވުމުގައި ރަ...
ޔުމްނާ ޢަލީ
ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހާރު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް އާއި ރައީސް ބައްދަލުކުރަށްވާފައިވާއިރު، މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ގޮތުން ބާރުވެރި...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައި, އެ މައްސަލަ ބަލަން އެ ކޯޓުން އަންގައިފި އެވެ. އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ […]
ހުސައިން ހަބީބް
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފި އެވެ. ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އެފަދަ މީހުންގެ ވަނަވަރު އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރާ ނަމަވެސް ފެމެލީ ކޯޓުން މިހާތަނަށް ވަނަވަރު އާންމެއް ނުކުރެ އެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ […]
ހުސައިން ހަބީބް
އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ޖޯޖިއާގެ އިތުބާރު އެޓޭކިން ކުޅުންތެރިޔާ ވިޗާ ކްވަރަސްޚޭލިއާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން އޭނާ ހޯދުމަށް ހުށަހަޅާފައި ވަނީ 80 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޕީއެސްޖީން އޭނާއާއިއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމުގައި ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްވަރަސްޚޭލިއާ ހޯދުމަށް މީގެ ކުރިން އިނގިރޭސި ބައެއް ބޮޑެތި ޓީމްތ...
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި، މަޑުނުކޮށް ދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައެވެ. އެކްސިޑެންޓުގައި އަނިޔާވި 63 އަހަރުގެ ފިރިހެނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ސައިކަލު ދުއްވި ފަރާތުން އެކްސިޑެންޓް ވުމާއެކު ސައިކަލު...
އަލީ އާދިލް
އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ދިއުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. އާސަންދައިން ބުނީ މި ދެ ޤައުމުގައި އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިހާރު އާސަންދަ ސްކީމްގެ ޚިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ. އާސަންދައިން ބުނީ މި ޚ...
އަލީ އާދިލް
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ “ކަނޑައެޅިގެން ދޮގު ވާހަކަތަކެއް” ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިޔާގައި ދުވަސްކޮޅެއް ވަންދެން ދެކެވެމުންދިޔަ ވާހަކަތަކަކާ ގުޅިގެން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނ...
އަލީ އާދިލް
ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް...
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު، ސިޓީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑުން ދެ ލަނޑުޖަހައި ސިޓީއާއި އެއްވަރުކޮށްފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގެ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ފިލް ފޮޑެންއެވެ. ފުރަތަމަ ލަނޑު 66 […]
އިބްރާހިމް ޚަލީލް
6 ފެބުރުއަރީ 25 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް އޮފީހުން ބުނީ، ރައީސް މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އި...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ. ފުލުހުން މިއަދު ބުނީ ރޭ 00:59 ހާއިރު، މާލޭގެ ޗާންދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮޖެހި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މިތަނަށް ކަޅުތެޔޮ ޖަހާފައިވާއިރު، މި ޖަގަހައިގެ ބޭރު ފާރުގައި ވެރިކަންކުރާ ޕީއެންސީގެ ބައެއް މެމްބަރުންގެ ފޮޓޯ އިއްޔެޖަހާފައިވެ އެވެ. އެ މެމްބަރުންނަކީ ވަގު ފޯމުތައް ލައިގެން ޕީއެންސީއަށް މެންބަރުން އިތުރ...
ޔުމްނާ ޢަލީ
މާލޭގެ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ވަގުތުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ކަމަށެވެ. އަދި ޒަޚަމްވެފައި އޮތް މީހާ ފަރުވާ ދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހ...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ބުނެފިއެވެ. އެމެރިކާގެ، އަރަބި އަދި އިސްރާއީލުގެ އިސް ވެރިންނާ ހަވާލާދީ ސީބީއެސް ނިއުސްއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ފަހު ތަފްސީލުތައް މި ހަފްތާގެ ތެރޭގައި ނިންމައި، އިސްރާއީލުގެ ސަރުކާރުން މިއަށް ވޯޓުދީފިނަމަ، މި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމަށް އެމެރިކާ އަދި...
އަޙްމަދު ދާއޫދު
އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ޔޫޒަރުން ޗައިނާގެ ސޯޝަލް މީޑިއާ އެހެން އެޕެއް ކަމަށްވާ “ރެޑްނޯޓު” އަށް ބަދަލުވަމުން އެބަދެއެވެ. އެގޮތުން ވޭތުވެދިޔަ 2 ދުވަހުގެ ތެރޭގައި 700،000 އަށްވުރެ ގިނަ އައު ޔޫޒަރުން ރެޑްނޯޓުގައި އެކައުންޓް ހަދާފައިވެއެވެ. ޓިކްޓޮކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ކަންބޮޑުވުންތަކާ ހެދި ޓިކްޓޮކް ވިއްކާލުމަށް ނުވަތަ ބަންދުކުރުމަށް ދީފައިވާ ސުންގަޑިއަކީ މި މަހުގެ 19 އެވެ. މިހާރު 170 މިލިއަން އެމެރިކާ ރައްޔިތުން ޓިކްޓޮކް […]
އަޙްމަދު ދާއޫދު