މާލޭގެ ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނަކު ފެނިގެން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ވަގުތުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ކަމަށެވެ. އަދި ޒަޚަމްވެފައި އޮތް މީހާ ފަރުވާ ދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ދަނީ މިވަގުތު ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!