ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.
މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ.
މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް ވަންދެން އަމަލީ ގޮތުން މަސައްކަތް ކޮށްފައެވެ. އޭނާ ހައްދާފައިވާ ބާވަތްތަކުގެ ތެރޭގައި ޖަޕާނުގެ ވައްތަރުތައް ކަމަށްވާ ސްވީޓްކޯނާއި އެޑަމަމޭ، ބަށި އަދި ފަތްޕިލާވެލި ހިމެނެއެވެ.
މިސް ތެރުކޯ ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރެވުނު ދިރާސާގެ ނަތީޖާތަކުގެ މައްޗަށް ބްރީފިންއެއް ވެސް ދީފައެވެ.
މި ދިރާސާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މިސް ތެރުކޯ ބުނީ އެއް އަހަރާއި ހަމަސް ވަންދެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރެވުނު މަސައްކަތަކީ ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހައްދަން ރަނގަޅުތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
ޖޭއޯސީވީ (ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް) ގެ ވޮލެންޓިއަރެއް ކަމަށްވާ، މިސް ތެރުކޯ ސަވާދާ ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގެ އޮފިޝަލުންނާ ބައްދަލުކުރައްވާ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ގައި ކުރެއްވި ދިރާސާގެ ނަތީޖާތަކުގެ މައްޗަށް ބްރީފިންގއެއް… pic.twitter.com/Nfu5MknV86
— Ministry of Agriculture and Animal Welfare (@MAAWmv) January 15, 2025
އޭނާ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ ޖަޕާނުގައި 3 މަހުން ހައްދާ ސްވީޓްކޯން އަދި އެޑަމަމޭ ރާއްޖޭގައި 2 މަހުން ހެދޭ ކަމަށާއި ނަމަވެސް ހެދޭ ގަހުގެ ސައިޒާއި އަޅާ ކޯންގެ ސައިޒް ވެސް ކުޑަކަމަށެވެ. ބޮނބިކުނޑިއާއި ފައިބަރ ބޭނުން ކުރީމުން ގަހުގެ މޫ ރަނގަޅުވެ އަޅާ މޭވާގެ ސައިޒް ވެސް ކޮންމެވެސް ވަރަކަށް ރަނގަޅުކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
ސައިޒް ކުޑަވުމަށް ދިމާވަނީ ރާއްޖޭގައި ދުވާލާއި ރޭގަނޑު ވެސް ހޫނު ގަދަވުމުން ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ސައިޒުގެ ގޮތުން ކުޑަ ނަމަވެސް އެ ބާވަތްތަކުގެ ރަހަ މީރުކަން އޭނާ ފާހަގަ ކުރެއެވެ.
ދިރާސާގެ ބްރީފިންގައި އޭނާ އިތުރަށް ބުނީ ރާއްޖޭގައި ތަރުކާރީ ކައިއުޅޭ މީހުން ނިސްބަތުން މަދުކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!