މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 584 ވަނަ ޞަފްޙާ

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލަ ބަލަނީ

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލަ ބަލަނީ

މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ބަލަންފަށައިފިއެވެ. ފުލުހުން ބުނީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ޔުމްނާ ޢަލީ
ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!

ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!

ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ. ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ....

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި

ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލެއް ނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ހަލީލް މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ދިވެހިރާއްޖެއިން ޔޫކްރެއިނަށް ތާއީދުކުރާކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އދ ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބަލާލުމުން ރާއްޖޭގެ ސިޔާސަތު ސާފުވެގެންދާނެ ކަމަށެވެ. އަދި ކުދި ގައުމުތަކުގެ މިނިވަންކަމާއި...

އަލީ އާދިލް
ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ: ރައީސް

ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ: ރައީސް

އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރަށްވައިފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ފުރަތަމަ ބުނީ އިއްޔެއެވެ. އިސްރާއީލުން، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނ...

ޔުމްނާ ޢަލީ
ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަންފަށަނީ

ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަންފަށަނީ

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފި އެވެ. އެމިނިސްޓަރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކަދުރަކީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި އެއްޗެކެވެ. މި ކަދުރު ރާއްޖެއަށް ގެނެވިފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ...

އަލީ އާދިލް
އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ތެރެއިން ހޮވުނު ހަތަރު ނަސީބުވެރިން، ދޯހާ މެރެތަންގައި ބައިވެރިވުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ. އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ލަކީ ޑްރޯއިން ހޮވުނު މުޙައްމަދު އަޒުހަދު އަޙްމަދު އަދި ޠާރިޤު މުޙައްމަދު ރަޝީދު މިއަދު ވަނީ ދޯހާއަށް ފުރާފައެވެ. މީގެ އިތުރުން، އުރީދޫގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ޙުސައިން ފަރާޒު މުޙައްމަދުވެ...

އިބްރާހިމް އަސްވާޤް
ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް

ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ރައުންޑް އޮފް 16 ގައި ރޭ ބާސެލޯނާއާއި އާއި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސްޕެނިޝް ސްޕަ ކަޕްގެ ކާމިޔާބަށް ފަހު ބާސާއިން ރޭ އަމިއްލަ ދަނޑުގައި ނުކުތީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. ބާސާގެ ކާމިޔާބީ ފާހަގަކޮށް ބެޓިސް ޓީމުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ރޭ މެޗުގައި ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު […]

އިބްރާހިމް ޚަލީލް
އީސީގެ މެމްބަރު ކަމަށް ދެ މެންބަރަކު އައްޔަން ކުރަން ފާސްކޮށްފި

އީސީގެ މެމްބަރު ކަމަށް ދެ މެންބަރަކު އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ)ގެ ދެ މެންބަރުންގެ މަގާމަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެ ބޭފުޅަކަށް މިއަދު ރުހުންދީފިއެވެ. އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ 25 ނޮވެމްބަރު 2024 ގައި އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ ދަމާގަމަށް މެންބަރުން ޢައްޔަނުކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވި ދެ ނަންފުޅަކީ، މުހައްމަދު ޒާހިދާއި، އަބްދުއްރަހްމާން ސޮލާހު ރަޝީދުގެ ނަމެވެ. ދައުރުން ބޭއްވި މިއަ...

ޔުމްނާ ޢަލީ
ރައީސް އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސް އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް، އެސްޓޯނިއާއަަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގެ ތެރެއިން އެ ސިޓީ ގައި ހުންނަ އެ ޤައުމުގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑރ. ކޭޓޫ ސަކްސް އެވެ. މިޒިޔާރަތުގައި ސް ވަނީ، އެ ދާރުލްއާސާރުގެ […]

ޔުމްނާ ޢަލީ
މުހައްމާ އަށް ބްރޯޑްކޮމްގެ މެންބަރުކަން ކަށަވަރުވެއްޖެ

މުހައްމާ އަށް ބްރޯޑްކޮމްގެ މެންބަރުކަން ކަށަވަރުވެއްޖެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުން މިއަދު ރުހުންދީފިއެވެ. ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އޭގެ ތެރެއިން މުހައްމާގެ ނަން އޮތީ ރައީސް އެންމެ އިސްކަންދެއްވާ ނަމެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސ...

ޔުމްނާ ޢަލީ
ބޮޑު މޮޅަކާއިއެކު ބަޔާން ފަސްބެލުމެއް ނެތި ކުރިއަށް

ބޮޑު މޮޅަކާއިއެކު ބަޔާން ފަސްބެލުމެއް ނެތި ކުރިއަށް

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެއިންހެއިމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބަޔާނުން ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހޮފެއިންހެއިމް ބަލިކޮށްފައެވެ. ރޭ މެޗުގެ ފުރަތަމަ ހާފު ބަޔާނުން ނިންމާލީ ތިން ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ސާނޭ ޖަހާފައި ވަނީ ހޮފެއިންހެއިމްގެ އޭރިއާތެރެއިން މުލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ހަމިނެޓް ފަހުން ކޭން […]

އިބްރާހިމް ޚަލީލް
ޓާރްޓޫ ޔުނިވާސިޓީއާއި އެކުގައި މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވައިފި

ޓާރްޓޫ ޔުނިވާސިޓީއާއި އެކުގައި މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވައިފި

އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޓާރްޓޫ ޔުނިވާސިޓީއާއި އެކުގައި ދިވެހިރާއްޖެ އަށް މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރަށްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް ވަޑައިގެންފައެވެ. އެ ސިޓީ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޓާރްޓޫ ޔުނިވަރސިޓީ އަށް އެމަނިކުފާނު އިއް...

ޔުމްނާ ޢަލީ
ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް އާސެނަލް ދެވަނައަށް

ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް އާސެނަލް ދެވަނައަށް

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ އާސެނަލުން ޓޮޓެންހަމް އަތުން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮޓެންހަމުންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ޖަހައިދިނީ ސޮންއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ލީޑު އަނބުރާލާފައެވެ. އާސެނަލުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 40 ވަނަ މިނެޓުގައި ޓޮޓެންހަމްގެ […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (39)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (39)

ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރި ދާއިން ފެނުމާއެކު އަރުޝާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ގެއަށް ވަންނަން ދުއްވައިގަންނާނީތޯ ނުވަތަަ ހުރިތާ ހުންނަންވީތޯ އަމިއްލަ ހިތާ އޭނާއަށް ސުވާލު ކުރެވުނެވެ. މާ ލަސްތަކެއް ނުވެ ދާއިން އޭނާއާ ދިމާލަށް އަންނަން ފެށިތަން ފެނި، ނޭވާ ހިފަހައްޓާލެވުނެވެ. ދާއިން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމާއެކު އަރޫޝާ މަޑުމަޑުން އަނެއްކާ ވެސް ޖޯލިފަތީގައި އިށީނެވެ. އަރޫޝާ އިން ގޮތުން ހީވަނީ އޭނާ އެ އިނީ ދާއިންއާ ހަތަރުކަޅި ހަމަ […]

ސަލާމާ ޢަބްދުލް ޢަލީމް
ޗައިނާގެ ފައިޓާޖެޓް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވަނީ

ޗައިނާގެ ފައިޓާޖެޓް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވަނީ

ޗައިނާގެ ހަނގުރާމަތީ މަތިންދާބޯޓު (ފައިޓަރޖެޓް) ތަކުގެ އަދަދު 2027 ވަނަ އަހަރާ ހަމައަށް އެމެރިކާއަށްވުރެ 12 ގުނަ އިތުރުވާނެކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނެފިއެވެ. އެޑްވަރޑްސް އެއަރ ފޯސް ބޭސްގެ 412 ޓެސްޓް ވިންގުގެ ކޮމާންޑަރު، ބްރިގޭޑިއަރ ޖެނެރަލް ޑަގް ވިކަރޓް މި މައުލޫމާތު ހާމަކުރެއްވީ ޖެނުއަރީ 6 ވަނަ ދުވަހު ބޭއްވުނު “ބެކް-އިން-ދަ-ސެޑްލް” ހަފްލާގައެވެ. ޗައިނާއިން އަސްކަރީ ބާރު ވަރުގަދަކުރަމުންދާ ބާރުމިނަކީ “މިހާތަނަށް ދުނިޔެ ދެކެފައިނުވާ” ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި އެމެ...

އަޙްމަދު ދާއޫދު
ކެންސަރަށް މަގުފަހިވާތީ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭއިން މަނާކޮށްފި

ކެންސަރަށް މަގުފަހިވާތީ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭއިން މަނާކޮށްފި

ކެންޑީއާއި ބުއިންތަކުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ބޭނުންކުރާ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭ އިން މަނާކޮށްފިއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުދަ ދުވަހު ވަނީ ކެންޑީއާއި، ބުއިންތަކާއި އަދި އެހެނިހެން ކާނާގައި ބޭނުންކުރާ “ރެޑް ނަންބަރު 3” ކިޔާ ސިންތެޓިކް ކުލަ ބޭނުންކުރުން މަނާކޮށްފައެވެ. މި ކުލައަކީ ކާނާގައި ބޭނުންކުރުމަށް 1907 ވަނަ އަހަރު ހުއްދަ ދީފައިވާ ކުލައެކެވެ. އެފްޑީއޭގެ ހިއުމަން ފުޑްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖިމް ޖޯންސް ވިދާޅުވި ގޮތުގައި […]

އަޙްމަދު ދާއޫދު
ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފި

ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފި

މޮޒަމްބިކްގެ ވާދަވެރި ރިޔާސީ އިންތިޚާބަށްފަހު، އިދިކޮޅު ފަރާތްތަކުގެ ދެކޮޅުހެދުމާއެކުވެސް ޗަޕޯ މޮޒަމްބިކްގެ ރައީސްކަމުގެ ހުވާކުރައްވައިފިއެވެ. ގާތްގަނޑަކަށް 1،500 ބައިވެރިންގެ ކުރިމަތީގައި ހުވާކުރެއްވި ޗަޕޯ، ވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވައުދުވެލައްވާފައެވެ. އެހެންނަމަވެސް، އިންތިޚާބުގައި ވޯޓު އޮޅުވާލުން އޮތްކަމަށް ބުނެ ކުރެވުނު މުޒާހަރާތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެން.ޖީ.އޯ އަކުން ވަނީ ލަފާކޮށްފައެވެ. އިންތިޚާބުގެ ކުރިން މާބޮޑަށް މަޝްހޫރުނ...

އަޙްމަދު ދާއޫދު
ޕާޓީތަކުގައި ދަފްތަރު ކުރުމަށް ގެންގުޅޭ "ސިމެދަ" ޕޯޓަލް ހުއްޓާލަން ނިންމައިފި

ޕާޓީތަކުގައި ދަފްތަރު ކުރުމަށް ގެންގުޅޭ "ސިމެދަ" ޕޯޓަލް ހުއްޓާލަން ނިންމައިފި

އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގައި ދަފްތަރުވުމަށް ތަޢާރަފްކޮށްފައިވާ “ސިމެދަ” ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން މި މަހުގެ 30 ގެ ނިޔަލަށް ހުއްޓާލަން ނިންމައިފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ މިއަދު އީސީން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ. އީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި “ސިމެދަ” ޕޯޓަލް ހުއްޓާލި ނަމަވެސް، “މައި ޕޯޓަލް” މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދާނެއެވެ. “ސިމެދަ” ޕޯޓަލް ބޭނުންކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެ...

އަލީ އާދިލް