އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހުކުރު ދުވަހު ހިނގި ސްނޯ ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 8 އަށް އިތުރުވެއްޖެއެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އިންޑިއާގެ އިސް ފަރާތްތަކުން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ. އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ފަރުމަދަމަތިން ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވި ކަމުގައެވެ. އޭގެ ތެރެއިން 50 މީހުން ސަލާމަތް ކޮށްފައިވާއިރު، 8 މީހަކު މަރުވެފަ...
އަޙްމަދު ދާއޫދު
ޣައްޒާގެ ހަނގުރާމައިގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން މުޅިން ހުއްޓުވައިފިއެވެ. މިއީ ދެވަނަ ފިޔަވައްސަށް ދިއުމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ނަތަންޔާހޫ އަމުރުކޮށްގެން އިސްރާއީލުން އަޅާފައިވާ ފިޔަވަޅެކެވެ. މީގެ ކުރިން، އެމެރިކާގެ އެހީތެރިކަމާއެކު ހުށަހެޅުނު ހުށަހެޅުމަކަށް އިސްރާއީލުން ތާއީދުކޮށްފައިވެއެވެ. މި ހުށަހެޅުމުގައި ވަނީ ރަމަޟާން މަހާއި ޕާސްއޯވަރ (ޔަހޫދީންގެ އީދު) ދުވަސްވަރު މުއްދަތު އިތުރުކުރުމަށެވެ. މިގ...
އަޙްމަދު ދާއޫދު
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބާސާ ޖެހިލައިފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ސޮސިއެޑާޑުން މެޗުގެ ބޮޑުބައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ އަރިޓްޒް އެލުސްޓޮންޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ، ބާސެލޯނާގެ ޑެނީ އޮލްމޯ ހުސްކޮށް އަރައި ކުރަން އުޅުނު […]
އިބްރާހިމް ޚަލީލް
މިއަދު ހެނދުނު އއ. މަހިބަދޫ އާއި އއ. ދިގުރަށާ ދެމެދު “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ތަޢުރީފް ކުރަށްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ދެއްވިގޮތުގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:5...
ޔުމްނާ ޢަލީ
މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން “ގަތަރު ޗެރިޓީ” އާއި ގުޅިގެން ކުރުމަށްފަހު ރޯދަމަހުގެ ކުރިން 27 ފެބުރުއަރީ ވަނަ ދުވަހު ހުޅުވައިފިއެވެ. މިސްކިތް އަލުން ހުޅުވުމަށްޓަކައި 27 ފެބުރުއަރީގައި މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގައި ރަސްމިއްޔާތެއް ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ […]
އިބްރާހިމް އަސްވާޤް
ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން ރެއާލް ބަލިވުމަކީ ބޮޑު ވެއްޓުމެއް ކަމުގައި ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ރެއާލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮޓީ ބުނީ މިވަގުތު ލީގަށް ވާދަކުރާ ހުރިހާ ޓީމެއް ވެސް ވަރަށް ފޯމުގައި އޮއްވައި ރޭ ބެޓިސް އަތުން […]
އިބްރާހިމް ޚަލީލް
ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، “ސުވެނިއަރ 34” ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނ...
ޔުމްނާ ޢަލީ
އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: މިއަދު ޒައިނާގެ އެ ހާލަތަށް ބެލުން ނޫން ގޮތެއް އެ ދެމަފިރިންނަށް ނެތް ކަހަލައެވެ. މަހަކު އެއްފަހަރު ޒައިނާ ދެކިލަން އާދެއެވެ. ބައެއް ދުވަސް ދުވަހު، އެ މީހުން ފައްސާ ބޭރު ކުރެއެވެ. އަނެއްބައި ދުވަސް ދުވަހު، އެ މީހުންނަށް އަނިޔާ ކުރަން މަސައްކަތް ކުރެއެވެ. އަރޫޝާއަށް ލޯ ހުޅުވާލެވުމާއެކު އޭނާ ސިއްސައިގެން ދިޔައީ އެނދުގައި ދާއިން ނެތުމުންނެވެ. ފުންމައިގެން ތެދުވެ އޭނާ ފުރަތަމަ ވެސް ބަލައިލީ ފާހާނާ ބޮކި ދިއްލާފައި ހުރިތޯއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ރަޝިޔާއިން 2025 ވަނަ އަހަރުގެ ފުރަތަމަ ސްޕޭސްކްރާފްޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) ހުކުރު ދުވަހު ފޮނުވައިފިއެވެ. މިއީ 2025 ވަނަ އަހަރު ޕްރޮގްރެސް އެމްއެސް-30 ސްޕޭސްކްރާފްޓް ފުރަތަމަ ފަހަރަށް ދަތުރުކުރުމާއި، އަދި މި އަހަރު ބައިކޮނޫރު ކޮސްމޮޑްރޯމްއިން ފުރަތަމަ ފަހަރަށް ރޮކެޓެއް ދޫކޮށްލުން ވެސް މެއެވެ، ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ސްޕޭސްކްރާފްޓުން އައިއެސްއެސްއަށް 2,599 ކިލޯގްރާމް (5,729 ޕައުންޑް) ގެ މުދާ ގެންދާނެއެވެ. މީގެ ތެރޭގައި އިކުއިޕްމަންޓާއި، އަ...
އަޙްމަދު ދާއޫދު
އިސްރާއީލާއި ހަމާސްގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަސައްކަތުގެ ފުރަތަމަ މަރުހަލާ އިތުރު އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައިސްފިއެވެ. ހަމާސްއިން ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ މަރުހަލާ އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށާއި، ދެވަނަ މަރުހަލާއަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. މި ދަނޑިވަޅުގައި އިސްރާއީލުގެ މަޝްވަރާ ކުރާ ވަފުދު މިސުރުގެ ވެރިރަށް ގާހިރާއިން އެނބުރި ރަށަށް ދަތުރުކޮށްފައިވާ ކަމަށާއި، ބޮޑުވަޒީރު ބެންޖ...
އަޙްމަދު ދާއޫދު
މާލެ އަށް ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ ދަތިތައް ކުރިމަތިވުމުން މާލެ ސަރަހައްދުގެ ސަރުކާރުގެ މައި ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދާރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މިއަދު އެ ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އަދި ވިލިމާލޭ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެކަމަށެވެ.. މިގޮތަށް ނިންމީ މާލެ އަށް މެދުނުކެނޑި ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، އެކަމުގެ […]
ޔުމްނާ ޢަލީ
އިނގިރޭސި ބޮޑުވަޒީރާއި ބޮޑުވަޒީރު ކީރ ސްޓާމަރ އާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ މިއަދު ލަންޑަނުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ޔޫކްރެއިނާއާ ބެހޭ ގޮތުން ބޭއްވޭ މުހިންމު ސަމިޓެއްގެ ކުރިންނެވެ. ބޮޑުވަޒީރުގެ އޮފީސް ކަމުގައިވާ 10 ޑައުނިންގ ސްޓްރީޓުގައި ބޭއްވުނު މި ބައްދަލުވުމުގައި، އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސަމިޓުގައި ޔޫރަޕުގެ ގިނަ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ތުރު...
އަޙްމަދު ދާއޫދު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އާއި […]
ޔުމްނާ ޢަލީ
މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވިގޮތުގައި ރައީސް މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ. ވެރިރަށް މާލެ އަށް އިއްޔެ އިރު އޮއްސެނިކޮށް ވެހެން ފެށި ވާރޭ އަދި ވެސް ނުހުއްޓައެވެ. ބޯ ކެރީގެ [...
ޔުމްނާ ޢަލީ
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން އަންނަކަމަށެވެ. ’’ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދި...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މީގެ އިތުރުން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތައްޔާރީ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މައި މަގުގައި ހުންނަ “ޓީ-ހަޓް” ނަމަކަށް ކިޔާ ކެފޭގައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ އަލިފާން ނިއްވާ ޔުނިޓުން ވަގުތުން ހަރަކާތްތެރިވެފައިވެއެވެ. އެ ކެފޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފަވެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް [...
ޔުމްނާ ޢަލީ