ރަޝިޔާއިން 2025 ވަނަ އަހަރުގެ ފުރަތަމަ ސްޕޭސްކްރާފްޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް (އައިއެސްއެސް) ހުކުރު ދުވަހު ފޮނުވައިފިއެވެ.
މިއީ 2025 ވަނަ އަހަރު ޕްރޮގްރެސް އެމްއެސް-30 ސްޕޭސްކްރާފްޓް ފުރަތަމަ ފަހަރަށް ދަތުރުކުރުމާއި، އަދި މި އަހަރު ބައިކޮނޫރު ކޮސްމޮޑްރޯމްއިން ފުރަތަމަ ފަހަރަށް ރޮކެޓެއް ދޫކޮށްލުން ވެސް މެއެވެ، ރޮސްކޮސްމޮސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ސްޕޭސްކްރާފްޓުން އައިއެސްއެސްއަށް 2,599 ކިލޯގްރާމް (5,729 ޕައުންޑް) ގެ މުދާ ގެންދާނެއެވެ. މީގެ ތެރޭގައި އިކުއިޕްމަންޓާއި، އަންނައުނާއި، ކާބޯތަކެއްޗާއި، މެޑިކަލް އަދި ސާފުތާހިރުކަމުގެ ތަކެތި ހިމެނެއެވެ.
މީގެ އިތުރުން، ސްޓޭޝަން ރީފިއުލްކުރުމަށް 950 ކިލޯގްރާމްގެ ފިއުލާއި، 420 ލީޓަރުގެ ބޯފެނާއި، ސްޓޭޝަންގެ ޖައްވު އާކުރުމަށް 50 ކިލޯގްރާމްގެ ނައިޓްރޮޖަން ވެސް ގެންދާނެއެވެ.
އައިއެސްއެސްއަށް ދަތުރުކުރުމަށް ގާތްގަނޑަކަށް ދެ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ. އަދި ރަޝިޔާގެ ޒްވެޒްދާ މޮޑިއުލްގައި ޑައި ޑޮކްކުރުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުއެވެ.
މިވަގުތު އައިއެސްއެސްގައި ތިބީ ހަތް މީހުންގެ ކްރޫއެކެވެ. އެއީ ތިން ރަޝިޔާ މީހުންނާއި ހަތަރު އެމެރިކާ މީހުންނެވެ.
އެމެރިކާގެ ދެ އެސްޓްރޯނޯޓުން ކަމަށްވާ ސުނީ ވިލިއަމްސްއާއި ބުޗް ވިލްމޯރ އައިއެސްއެސްގައި އަށް މަހަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. އެމީހުންގެ ދަތުރު އަސްލު ރޭވިފައިވަނީ އެންމެ ހަފްތާއަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!