ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 21:45 އިން މެންދަމު 2:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގުގުރައި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ...
އިބްރާހިމް ޚަލީލް
ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅަން ތައްޔާރުވެއްޖެއެވެ. މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. ހުޅުމާލޭގައި އަޅާ މި މިސްކިތުގެ ބިންގާ އެޅުން އިއްޔެ އަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މިސްކިތުގެ ބިންގާއެޅުން ވަނީ ފަހުގެ ތާރީޚަކަށް ފަސް ކުރެވިފައެވެ. މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މަޝްރޫޢުގެ ދަށުން އެޅޭ މިސްކިތަކީ، ހުޅުމާލޭގައި އެތައް އަހަރެއްވަންދެން ޓިނުނ...
ޔުމްނާ ޢަލީ
ކޮންމެ ރޯދަމަހަކުވެސް ޔަގީން ކުރަންވީ އެއްކަމަކީ ދިވެހިންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފެށުނު ރަމަޟާން މަހާއި ގުޅިގެން ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއް ކަމަށާއި، މި ބަރަކާތްތެރި މަހުގައި ހިފާ ރޯދައާއި، އަޅުކަމަށް ދ...
ޔުމްނާ ޢަލީ
ޓިކްޓޮކުން ތައިލެންޑުގައި 8.8 ބިލިއަން ޑޮލަރުގެ ޑޭޓާ ސެންޓަރުތަކެއް ޤާއިމުކުރަން ނިންމައިފިއެވެ. ދުނިޔޭގެ އެންމެ މަޤްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސްއިން ތައިލެންޑުގައި 8.8 ބިލިއަން ޑޮލަރުގެ ޑޭޓާ ސެންޓަރުތަކެއް ޤާއިމުކުރުމަށް ނިންމައިފައިވާއިރު، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައެވެ. މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ބެންކޮކްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޓިކްޓޮކްގެ ޕަބްލިކް ޕޮލިސީގެ ވ...
އަޙްމަދު ދާއޫދު
ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުން ހޫނުވެ، ބައްދަލުވުން ކުރިއަށް ނުގެންދެވި މެދުކަނޑާލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއް ވަނީ ހުކުރު ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބާއްވާފައެވެ. މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޒެލެންސްކީއަށް އިންޒާރު ވެސް ދީފައެވެ. “ކަލޭމެން އެއްބަސްވުމަކަށް އަންނާނީ، ނޫނީ އަހަރެމެން ނުކުންނާނީ،” ޓްރަމްޕް ބުނި ކަމަށް ވެއެވެ. ނަމަވެސް، ޒެލެންސްކީ ވަނީ ޓްރަމްޕްގެ ވާހަކަތަކ...
އަޙްމަދު ދާއޫދު
އެމެރިކާއަށް ރަޝިއާގެ އައު ސަފީރު ޢައްޔަންކުރުމަށް އެމެރިކާއިން ރުހުން ދީފިއެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީގެ ނޯތް އެޓްލާންޓިކް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލެކްސާންޑަރ ޑާޗިއެވް، އެމެރިކާއަށް ރަޝިއާގެ އައު ސަފީރުގެ ގޮތުގައި ޢައްޔަންކުރުމަށް އެމެރިކާއިން ރަސްމީކޮށް ރުހުން ދީފިކަމަށް ރަޝިއާއިން ހުކުރު ދުވަހު ވަނީ އިޢުލާންކޮށްފައެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު އިސްތަންބޫލްގައި ބޭއްވުނު ރަޝިއާ އަދި އެމެރިކާގެ ވަފުދުތަކުގެ މަޝްވަރާ ބައްދަލުވުމެއްގައ...
އަޙްމަދު ދާއޫދު
މި އަހަރު ރަމަޟާން މަހު ކުޅުދުއްފުށީ ސިޓީގައި އިމާމުވެ ތަރާވީސް ކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޒުވާން ޚަތީބުން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން ނެރުނު އިއުލާނުގައި ވާ ގޮތުން ހަސަނާތު މިސްކިތުގައި ތަރާވީސް ކުރަން އިބްރާހިމް މަލްސޫންް ހަމަޖެހިފައި ވާ އިރު، މުޙައްމަދު މިސްކިތުގައި ތަރާވީސް ކުރަނީ މުޙައްމަދު އާދަމް އާއި މުޙައްމަދު ފާއިޤު ޙުސެއިން ފަހުމީ އެވެ. އެގޮތުން އިމާމުވެ ނަމާދު ކުރާ ތިން ކުދިންގެ ތެރެއިން ނަމާދު ކުރަން ހަމަ ޖެހިފައިވާ […]
އައިޝަތު އައިނީ އާމިރު
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކަނޑައަޅުއްވައި އިއުލާނުކޮށްފައެވެ. ”އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އަންގާފައިވާތީ، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސ...
ޔުމްނާ ޢަލީ
މާދަމާ އަކީ މި (1446 ވަނަ) އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ކަނޑައަޅައިފިއެވެ. އެ ވުޒާރާއިން މިގޮތަށް ކަނޑައަޅާފައި ވަނީ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ހަނދު ސާބިތުވިކަން އިޢުލާންކުރައްވާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން ވަނީ އިއްވަވާފައެވެ. މި ބަޔާނުގައި، ޙިޖްރީ ސަނަތުން 1446 ވަނަ އަހަރުގެ ޝަޢުބާން މަހުގެ […...
ޔުމްނާ ޢަލީ
ހދ އަތޮޅު ގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބަރާހީމްގެ އަރިހުން އެދިއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް އެދުނީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް މި ދިޔަ ހަފުތާގައި ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކައުންސިލާއެކެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި، ވުޒާރައިގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުއްޓާއި އަތޮޅުގައި ހުރި އެ...
އައިޝަތު އައިނީ އާމިރު
ރަމަޟާން މަސް ކައިރިވެގެން އަންނައިރު އެ މަހަށް ފުރިހަމައަށް ތައްޔާރުވުމަކީ އަހަރެމެންގެ ނައިބިއްޔާ ސއވ ގެ ހަޔާތްޕުޅުންނާއި ސަލަފުއްސޯލިހުންގެ ފުށުން އަހަރެމެންނަށް ފެންނަން އޮތް ހަގީގަތެވެ. ވުމާއިއެކު ކުރިޔާލައި އެމަހަށް ތައްޔާރުވުން މުހިންމުވާ ފަދައިން އެ މަހުގައި އަމަލުތައް ސީދާކުރުމަކީ އިންސާނާއަށް މި ދުނިޔޭގައި ލިބުގެންދާ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެކަން ޔަގީނެވެ. އަހަރެމެންނާ ދާދިއަވަހަށް މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރާއިރު، އެއީ ކީރިތި ޤުރްއާން ބާވައިލެއްވުނު މަސްކަ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުން ލިބިދާނެ އެއްވެސް ޢަމަލެއް ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށީ ސިޓީގެ މަގުތަކުގެ ގްރީންޒޯން އާއި ޓްރީޕިޓް ތަކުގައި އިންދާފައިވާ ގަސްތަކަށް ގެއްލުންދެމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތުން ސިޓީ ކައުންސިލުން ބުނީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެ ކައުންސިލާއ...
އައިޝަތު އައިނީ އާމިރު
މި އަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގައި ހިފްޡުކޮށް ތަރާވީހް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 24 މިސްކިތެއްގައި ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތެވެ. މާލޭގައި ހިފުޡްކޮށް ތަރާވީހް ނަމާދުކުރާ މިސްކިތްތައް: މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) މަސްޖިދު މަލިކި ސަލްމާން މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގ...
އިބްރާހިމް ޚަލީލް
މިއީ ނުފޫޒެއް ނުފޯރުވައި ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މާލޭގެ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިހާރު ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސް އިޢުލާނުކުރެވިފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ. މިގޮތުން އެ ލިސްޓް ނެރެވުނީ، މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭ.ސީ.ސީ.އިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރު...
ޔުމްނާ ޢަލީ
ބިޓްކޮއިންގެ އަގު 500،000 ޑޮލަރަށް އަރާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިޖިޓަލް ފައިސާ ކަމުގައިވާ ބިޓްކޮއިންގެ އަގު ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ދަށަށް ގޮސްފައިވީ ނަމަވެސް، ސްޓޭންޑަޑް ޗާޓަޑް ބޭންކުގެ ކްރިޕްޓޯ ދާއިރާގެ ތަޙުލީލުކުރާ ފަރާތުން ބުނެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގެ ތެރޭގައި ބިޓްކޮއިންގެ އަގު 500،000 ޑޮލަރަށް އަރާނެ ކަމަށެވެ. ސްޓޭންޑަޑް ޗާޓަޑްގެ ޑިޖިޓަލް އެސެޓްސް ރިސާޗްގެ އިސްވެރިޔާ ޖެފްރީ ކެންޑްރިކް ވަނީ ސީއެންބީސީއަށް ދެއްވި އ...
އަޙްމަދު ދާއޫދު
ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ތަފާތު ފީޗަރސްތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ސަލްޓަން ޕާކަށް އިޝާރާތް ކުރަށްވާ ވިދާޅުވީ، އެތަނުގެ ޙާލަތުވެސް ހުރީ ޢިއްޒުއްދީން ފާލަން ބަންދުކުރުމާ ހަމަޔަށް ހުރި ޙާލަތުގައި ކަމަށެވެ. ”މިދިޔަ ފަސްވަރަކަށް އަހަރު ދުވަހު، މިދިޔަ ދެތިން އަހަރު ދުވަހު ޚާއްޞަކޮށް އެއްވެސްވަރަކަށް އަޅުގަނޑު...
ޔުމްނާ ޢަލީ