ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ސާންތީ ނިޔާވުމުގެ ހިތާމާގައި ތައުޒިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މީސް މީޑިއާގައި ލިޔުއްވި މެސެއްގައި ވިދާޅުވީ، ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކ...
ޔުމްނާ ޢަލީ
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ސާންތީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އޭނާ ވަނީ ގައުމީ ލެވެލްގެ އިތުރުން ކްލަބް ލެވެލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 9:30 އިން […]
ޔުމްނާ ޢަލީ
ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މިރޭ މާލޭގައި މުޒާހަރާއެއް ކުރަމުން އެބަދެއެވެ. ފިލްޓަރު ތަކުގައި މައްސަލަހުރިކަމަށްްބުނެ ތެލަސީމީއާ ކުދިންގެ ބައެއް ބެލެނިވެރިން ވަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެލެނިވެރިންގެ ކަންބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގައި މިރޭ ބައްދަލުވުމެއް ބޭއްވިއެވެ. މުޒާހަރާ ކުރަން ފެށީ އެ ބައްދަލުވުމަށްފަހުއެވެ. މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ލިޔުންތަކުގައި ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސް...
ޔުމްނާ ޢަލީ
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިކަން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ވަނ...
ޔުމްނާ ޢަލީ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 21 މާރިޗު 2025 ވަނަ ދުވަހުގެ ދަންވަރު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަންގައި މާލެ ސަރަހައްދުން ބޯޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ބޯޓުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާކަ...
ޔުމްނާ ޢަލީ
ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ މިއަދު ފާހަގަކުރެވުނު ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މިއަހިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ “ގްލޭސިއާ ޕްރިވެންޝަން” އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި، އަދި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮތް ގުޅުން ހަނދާ...
ޔުމްނާ ޢަލީ
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅް މުބާރާތުގެ، ދެކުނު އެމެރިކާ ކޮލިފިކޭޝަންގައި އާޖެންޓީނާއިން އުރުގުއޭގެ މައްޗަށް ކުރި ހޯދައިފިއެވެ. އުރުގުއޭގައި ރޭ ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މި ފަހަރު ކޮލިފައިން މެޗުތަކަށް އާޖެންޓީނާއިން އެކުލަވާލި ޓީމުން މެސީ ބާކީކޮށްފައިވަނީ އަނިޔާގެ ސަބަބުންނެވެ. ދެކުނުއެމެރިކާގެ ކޮލިފައިންގައި މިވަގުތު އެންމެ ކުރީގައި އޮތީ އާޖެންޓީނާއެވެ. އެ ޓީމަށް ވަނީ ކުޅުނު 13 މެޗުން 28 […]
އިބްރާހިމް ޚަލީލް
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ދައްކަލެވޭނެއެވެ. ގޭގައި ތިބެގެން، ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ތިރީގައިވާގޮތަށް އަމަލު ކުރައްވާ 1️ . – http://ore.do/zakat މެދުވެރިކޮށް އެމް-ފައިސާއަށް ލޮގިންވުން 2. ޒަކާތުގެ ބާވަތާއި އަދަދު އިޚްތިޔާރުކުރުން 3. ތަފްޞީލު ތައް ޖައްސަވާ 4. ޕޭމަންޓް މެތަޑްގެ ގޮތުގައި އެމް-ފައިސާ އިޚްތިޔާރުކޮށް ވޮލެޓް ނަންބަރު ޖަހާ 5. ޕޭމަންޓް ކަށަވަރު ކުރުމަށް...
އިބްރާހިމް އަސްވާޤް
މަސްތުވާތަކެއްޗަކީ މިއަދު ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައިގެ ސަބަބުން ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ހަލާކުވެ، އާއިލާތައް ރޫޅި، މުޖުތަމަޢުގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މަސްތުވާތަކެތީގެ ނުރައްކާތެރިކަމަކީ ވަރަށް ބޮޑު ކަމެކެވެ. މި ތަކެތި ބޭނުންކުރާ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބުމުގެ އިތުރުން، އޭގެ ނޭދެވޭ އަސަރު އާއިލާއާއި މުޖުތަމަޢަށްވެސް ކުރެއެވެ. މީގެ ސަބަބުން ވަޒީފާ އަދާކުރުމާއި އިޖްތިމާޢީ ޒިންމާތ...
އަޙްމަދު ވަހީދު
ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ގޫގުލްއިން ދީފިއެވެ. އެއީ ޖީމެއިލްގެ ސާރޗް ފަންކްޝަން އައު ގޮތަކަށް ބަދަލުކުރާ ވާހަކައެވެ. މި ބަދަލާއެކު، ބޭނުންވާ އީމެއިލް ހޯދުމަށް ހޭދަވާ ވަގުތު މަދުވެ، މުހިންމު މަޢުލޫމާތު ފަސޭހައިން ލިބޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ. މިހާރު ޖީމެއިލްގައި ސާރޗްކުރުމުން ނަތީޖާ ދައްކަނީ ތާރީޚުގެ ތަރުތީބުންނެވެ. ނަމަވެސް، އާ އަޕްޑޭޓާއެކު ސާރޗްގެ ނަތީޖާ ދައްކާނީ އެ ސާރޗްއާ ގުޅުންހުރި މިންވަރަށް ބަލައިގެންނެވެ. މިގޮތުން، އެ މީހަކާ ގުޅުން ބާއްވާ މިންވަރާއި، އެ...
އަޙްމަދު ދާއޫދު
އެފް-47 ފައިޓަރ ޖެޓް އުފެއްދުމަށް ޓްރަމްޕް ބޯއިންގއާ ހަވާލުކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމުގެ އެއަރ ފޯސްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އެފް-47 ފައިޓަރ ޖެޓް އުފެއްދުމުގެ މުހިންމު އެއްބަސްވުމެއް ބޯއިންގ އާ ހަވާލުކުރައްވާފައެވެ. ޓްރަމްޕް މި އިއުލާނު ކުރެއްވީ ހުކުރު ދުވަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިހާރު ބޭނުންކުރަމުންދާ އެފް-22 ސްޓެލްތް ވޯޕްލޭން ބަދަލުކުރުމަށް އާ އަދި އިތުރަށް ތަރައްޤީކުރެ...
އަޙްމަދު ދާއޫދު
ސޫދާނުގެ ވެރިރަށް ޚަރުޠޫމުގައި ހުންނަ އެގައުމުގެ ރިޔާސީ ގަނޑުވަރު، ސިފައިންގެ ބާރުގެ ދަށަށް އަނބުރާ ގެނެސްފިއެވެ. މިއީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސް (އާރު.އެސް.އެފް) އާއި ސަރުކާރު ސިފައިންނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ލިބުނު ފުރަތަމަ މިފަދަ ބޮޑު ކާމިޔާބީއެވެ. އަނަޑޯލޫ ނޫސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ސިފައިންގެ ބާރުތަކުން ޕެރަމިލިޓަރީ ގްރޫޕުގެ ފައިޓަރުން ބޭރުކޮށް ގަނޑުވަރުގެ ފުރިހަމަ ބާރު ހޯދާފައިވެއެވެ. ސިފައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވ...
އަޙްމަދު ދާއޫދު
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިގެން ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައެވެ. ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެ...
ޔުމްނާ ޢަލީ
ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މީހަކު އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަމުރަށް ފައިސާތަކަކާއެކު ދޫކޮށްލުމުން، އެފައިސާ ހިފައިގެން ޝަމްޢާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހްގީގަށް އިނގިފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މ...
ޔުމްނާ ޢަލީ
އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުތަކާއި، ހިންގަން ނިންމަވާފައިވާ މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިިފިއެވެ. މިގޮތުން ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު، ރައީސް މުޢިއްޒު މިއަދު ވަނީ އިޞްލާޙުކުރައްވައި، ގެޒެޓްގައިި ޝާޢިއު ކުރަށް...
ޔުމްނާ ޢަލީ
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ޕޯޗުގަލް ބަލިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާއި ނެދަލެނޑްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އިން ވަނީ 2-0 ގެ ނަތީޖާއިން ފްރާންސް ބަލިކޮށްފައެވެ. ކްރޮއޭޝިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ އަށްވަނަ މިނިޓްގައި އެ ޓީމަށް ގޯލު ޖަހަން ރަނގަޅު ފުރަސަތެއް ލިބުނެއެވެ. އެކަމަކު އަންޑްރޭއި ކްރަމަރިޗް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މި […]
އިބްރާހިމް ޚަލީލް
ލައިލަތުލްގަދްރިރޭގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެ ރޭ ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކާއި މިހާރު ބައްދަލުވެފައިވާއިރު ހެޔޮ އަމަލުތައް ގިނަކޮށް އެ އަމަލުތައް ﷲ ގެ ހަޟްރަތުން ގަބޫލްކުރައްވާތޯ ދުއާކުރެއްވުން ގިނަކުރެއްވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ހުތުބާގައި ބުނީ ލައިލަތުލްގަދްރި ވިލޭރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމ...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީގެ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ބެންޒީ ޕްރައިވޭޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ބޯޒިޔާރަތަކީ އާންމުުން މޫދަށް އެރި، ކުރީގެ ސްވިމިންގް ޓްރެކް އޮންނަ ސަރަހައްދެވެ. ނަމަވެސް ފަހުން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ބޭއްވުމަށްޓަކައި ޓްރެކް ވަނީ ރައްމަތިފަންނަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ދެވަނަ ޓްރެކް އެއް ރާވައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ބޯޒިޔާރާތް ބީޗް ތަރައްޤީ ކުރުމުގެ މަޝްރޫއު ނިންމުމަށްފަހު ކަމަށް ސިޓީ ކައުންސ...
އައިޝަތު އައިނީ އާމިރު