އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ރާއްޖޭގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރު ދެއްވައިފިއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިންޑިއާގެ ޝިލޯންގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގަ އެވެ. މި މެޗުން ކާމިޔާބީ އަށް އެދިވަޑައިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަޢޫދީ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ/ބާޒީގެ، ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ. ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތް މިއަދުން ފެށިގެން ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާއި ރައީސް މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދައުވާ ކުރާނެ ކަ...
ހުސައިން ހަބީބް
“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް 15، 2025 ގެ ނިޔަލަށް އިތުރުކޮށްފިއެވެ. ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ޞައްޙަކުރުމަށްފަހު، ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީން ޝަހީދު އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ނިންމީ އިއްޔެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވައި ވޯޓަށް އަހާފައެވެ. އެ ނިންމުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް 64 މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ޝަހީދ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ލޯތްބަށް ގަދަރު ނުކުރާ. ލޯތްބަށް ނަފްރަތު ކުރާ މީހެކޯ މި. އެކަމަކު މިހާރު އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު ދެކެ ލޯބި ވެގެން އެމީހަކާ ހިތާވެގެން އެ މީހަކު ކައިރީގައި ހެން ހަތަރުދަމު އުޅެނީ.” ޝިކާ ބުނެލީ އަޑަށް ބާރު ލައިފައެވެ. އެއާއެކު އަކްރަމް ނުހަނު ބާރަށް ޝިކާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. އެ ވަގުތު ވީ ތަދުން ޝިކާއަށް ދެ އަތުން މޫނުގައި ހިފަހައްޓާލެވުނެވެ. ” ސޮރީ… ސޮރީ…” އަކްރަމް އަވަސް […]
ސަލާމާ ޢަބްދުލް ޢަލީމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް ހިންގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓާތުވައިޓް ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް, އަދި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމުން ސަސްޕެންޑްކުރި ބައެއް ފަނޑިޔާރުން ވަނީ އދ. އާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ހުށަހަޅައިފައެވެ. މާގަރެޓް އިއްޔެ ކުރެއްވި ޓްވީޓެއްގައި...
ހުސައިން ހަބީބް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޓާޝީއަރީ އެކްސްޕެންޝަން ޕްލޭން އެ ހޮސްޕިޓަލްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހިއްސާކޮށްފިއެވެ. މިކަމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަށް، ކުޅުދުއްފުށީ ސިޓީ ހޮސްޕިޓަލުގެ ޗީފް އެގްޒެޓިވް އޮފިސަރ އަލްފާޞިލް ނާޒިމާ އަލީ ވަނީ ޓާޝިއަރީ އެކްސްޕެންޝަން ޕްލޭނެއް ހުށަހަޅުއްވާފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލްގެ މެމްބަރުންގެ އިތުރުން ކޭއާރުއެޗުގެ އިސް ބޭފުޅުން ވަނީ މ...
އައިޝަތު އައިނީ އާމިރު
ކްލައުޑް ސެކިއުރިޓީގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ “ވިޒް” 32 ބިލިއަން ޑޮލަރަށް ގޫގުލްއިން ގަތުމަށް އެއްބަސްވެއްޖެއެވެ. މި މުޢާމަލާތަކީ ފައިސާއިން އަގު އަދާކުރާ ގޮތަށް ކުރިއަށްގެންދާ މުޢާމަލާތެކެވެ. މި މުޢާމަލާތް ނިމުމުން ވިޒް ބަދަލުވާނީ ގޫގުލް ކްލައުޑްގެ ބައެއްގެ ގޮތުގައެވެ. މިއީ ސައިބަރ ސެކިއުރިޓީ އަދި މަލްޓި-ކްލައުޑް ޤާބިލިއްޔަތުތަކަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެކެވެ. އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސެކިއުރި...
އަޙްމަދު ދާއޫދު
ޔުކްރެއިންގެ އެނަރޖީ އިންފްރާސްޓްރަކްޗަރަށް ހަމަލާތައް ދިނުން 30 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ރަޝިޔާގެ ރައީސް ވްލަޑިމީރ ޕުޓިން އެއްބަސްވެއްޖެއެވެ. ރަޝިޔާގެ ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ ފޯނު މަޝްވަރާއަކަށްފަހު، ޔުކްރެއިންގެ މުހިންމު އެނަރޖީ އިންފްރާސްޓްރަކްޗަރަށް 30 ދުވަހުގެ މުއްދަތަށް ހަމަލާ ނުދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްވެސް އެއްބަސްވެފައިވެއެވެ. ނަމަވެސް މި އެއްބަސްވުމ...
އަޙްމަދު ދާއޫދު
ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ދިން ފުރަތަމަ ބޮޑު ހަމަލާގައި ޣައްޒާއިން މަދުވެގެން 413 މީހުން ޝަހީދުވެއްޖެއެވެ. ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި މި ހަމަލާގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންނެވެ. އަދި މި ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ޣައްޒާގެ އުތުރު ސަރަހައްދާއި، ޣައްޒާ ސިޓީ އަދި ޑެއިރް އަލް-ބަލާހް، ޚާން ޔޫނިސް […]
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ޓަރމިނަލަށް ޒިޔާރަތް ކުރައްވައި، އެތަނުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތައް ބައްލަވާލަށްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، ރައީސްގެ މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދ...
ޔުމްނާ ޢަލީ
“ރައީސްގެ ޖަވާބު” ސިލްސިލާއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، މި ފުރުޞަތު ހުޅުވާލާފައި ވަނީ “ރައްޔިތުންގެ އަޑު” ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މި ސިލްސިލާއަކީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. ކުރިން މި ސިލްސިލާގައި ސުވާލުކުރެވެމުން ދިޔ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީގެ ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންފުޅު ކަމަށްވާ ޝަހީދަށް ރުހުން ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރ...
ޔުމްނާ ޢަލީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލެކްޓްރިކް އުޅަނދު ޗާޖުކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްފިއެވެ. މި ނިޒާމު ގާއިމުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވުމުގެ ގޮތުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ދަށުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަ...
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި މައްސަލަ އޭނާގެ ފަރާތުން ވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ހުށަހަޅައިފި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކޮށް, އެ ބޭފުޅުންގެ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމަ...
ހުސައިން ހަބީބް
ކުރީގެ އަދަދާއި ގުޅޭ: ” ޒައިދްގެ ބައްޕަ ވެސް ނިޔާވެއްޖެޔޭ ބުނީމެއްނު. ދޮންމަންމަގެ އާއިލާގެ މީހުންނެއް ނެތްތަ؟” އަނޫޝާ އެހިއެވެ. އޭނާ ހުރީ ޒައިދްއާ އެކަނިވާނެ ވަގުތަކަށް ބަލަބަލައެވެ. އެނދުގައި ޖައްސާލައިގެން އޮތް ޒައިދްއަށް އަނޫޝާގެ ސުވާލަށް ޖަވާބުދޭން އުނދަގޫވި ކަހަލައެވެ. ” އަނ… އާނ ޖަނާއަކީ… ބައްޕަނެތް ކުއްޖެކޭ. އަހަރެން އޭރު މާލެއިން ރަށަށް އައިސް ދުވަސްކޮޅެއް ވީ ތަނާ ބައްޕަ ނިޔާވެއްޖެ. ދެން އޭރުވެސް އަހަންނަކަށް ދޮންމަންމައާމެދު ދެކެވެނީ ވަރަށް ދުރު މީހެއްގެ ގޮތުގައި. […]
ސަލާމާ ޢަބްދުލް ޢަލީމް