ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މިރޭ މާލޭގައި މުޒާހަރާއެއް ކުރަމުން އެބަދެއެވެ.
ފިލްޓަރު ތަކުގައި މައްސަލަހުރިކަމަށްްބުނެ ތެލަސީމީއާ ކުދިންގެ ބައެއް ބެލެނިވެރިން ވަނީ މީސްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބެލެނިވެރިންގެ ކަންބޮޑުވުމާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގައި މިރޭ ބައްދަލުވުމެއް ބޭއްވިއެވެ.
މުޒާހަރާ ކުރަން ފެށީ އެ ބައްދަލުވުމަށްފަހުއެވެ.
މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ލިޔުންތަކުގައި ތެލެސީމިއާ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ. އަދި ދަނީ އެފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ތެރޭގައި މައްސަލަ ޖެހޭ ފިލްޓަރުތަކެއް ބޭނުންކުރަމުންދާކަމުގެ ކަންބޮޑުވުމާއި، 40 އަހަރުން މަތީގެ ތެލަސީމިއާ މީހުންނަށް ކުޑަކުދިންގެ ޑޮކްޓަރެއް ފަރުވާދިންކަމުގެ ކަންބޮޑުވުމާއި، ތެލަސީމިއާ ސްޕެޝަލިސްޓެއް ނެތުމާއި އަދި ޕޭސަންޓް ރެކޯޑްސް ބެލެހެއްޓޭނެފަދަ ރަނގަޅު ނިޒާމެއްނެތުން ފަދަ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!