މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 534 ވަނަ ޞަފްޙާ

މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

މާރަންދޫ، އުތީމު އަދި މުރައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ހއ މާރަންދޫ، އުތީމު އަދި މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މުރައިދޫ އަދި މާރަންދޫގައި މި ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމެވެ. އަދި އުތީމުގައި އޭޓިއެމް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ. ވަޒީރުން ވަނީ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އޭޓިއެމުން ފައިސާ ނަންގަވާ، ފައިސާ...

އައިޝަތު އައިނީ އާމިރު
''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''

''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް އެ އުފާވެރި ޚަބަރުދެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެކަން ހާމަކުރަށްވައި ރައީސް ވަނީ މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެ އަހަރު […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (16)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (16)

ކުރީގެ އަދަދާއި ގުޅޭ: ދުއްވާފައި ދިޔަ ކާރުގެ ދުވެލި މަޑުކޮށްލަން ޝިކާއަށް މަޖުބޫރުވީ އޭނާގެ ކުރިމަތިން ހުރަސްކޮށްލި އަކްރަމްގެ ސައިކަލް ފެނުމުންނެވެ. ފަހަތުގައި އެ އިން އަންހެން ކުއްޖާއަކީ ޝިކާ ދަންނަ މޫނެއް ނޫނެވެ. ޝިކާގެ ހިތް ނުތަނަވަސް ވެގެން ދިޔުމާއެކު އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ. ” ނޫން… އަދި މިއީ ކަމުދާ ގޮތެއް ނޫން. ” ޝިކާއަށް ބުނެވުނެވެ. އުނގުމަތީގައި ފޯނު ބޭއްވުމަށްފަހު އޭނާ ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ކުރިމަތިން ދިޔައީ އަކްރަމްކަން އޭނާއަށް […]

ސަލާމާ ޢަބްދުލް ޢަލީމް
އޮބާމާ ބްލޫސްކައިއާ ގުޅިވަޑައިގެންފި

އޮބާމާ ބްލޫސްކައިއާ ގުޅިވަޑައިގެންފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބްލޫސްކައި ޕްލެޓްފޯމްގައި ރަސްމީ އެކައުންޓެއް ހުޅުއްވައި އެޕްލެޓްފޯމާ ގުޅިވަޑައިގެންފިއެވެ. އޮބާމާ ބްލޫސްކައި އާއި ގުޅިވަޑައިގެންފައި މިވަނީ އެމެރިކާގެ ގިނަ ސިޔާސީވެރިން X (ކުރީގެ ޓްވިޓާ) އިން ދުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ބްލޫސްކައިގެ ބާނީ ރޯސް ވަންގް ވަނީ އޮބާމާގެ އެކައުންޓް ޞައްޙަކަން ޔަގީންކޮށްދެއްވާފައެވެ. މި ޕްލެޓްފޯމްގައި ފުރަތަމަ ޕޯސްޓްތަކުގައި، އޮބާމާ އޭނާގެ ރިޔާސަތުގައި ފާސްކުރެވުނު އެފޯޑަބަލް ކެއަރ އެކްޓްގެ 15 ވަނަ އަހަރީދުވަސް ފާހަގަކުރައ...

އަޙްމަދު ދާއޫދު
ކެނެޑާގެ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަނީ

ކެނެޑާގެ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަނީ

ކެނެޑާގެ ރިޔާސީ އިންތިޚާބު އޭޕްރިލް 28ގައި ބާއްވަން ނިންމައިފިއެވެ. ކެނެޑާގެ ބޮޑުވަޒީރު މާރކް ކާރނީ އާދީއްތަ ދުވަހު އިޢުލާން ކުރެއްވި ގޮތުގައި، އެ ގައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ. އެމެރިކާއިން ކެނެޑާ އަށް ކުރިމަތިކުރުވަމުންދާ އެނެކްސޭޝަންގެ ބިރާއި ޓެރިފްތަކުގެ ސަބަބުން، މިއީ ކެނެޑާގެ ތާރީޚުގައި އެންމެ މުހިންމު އިންތިޚާބު ކަމުގައި ބެލެވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ކެނެޑާ ވާންޖެހޭނީ އެމެރިކާގެ 51 ވަނަ ސ...

އަޙްމަދު ދާއޫދު
ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް އަމާޒުކޮށްގެން ވާއްވާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލް ގުޅިގެންނެވެ. މެއި 15 ވަނަ ދުވަހު ފަށާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯރަފުށީގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ ކޮންމެ ރަށަކުން ވެސް އެއް ޓީމަށެވ...

އިބްރާހިމް ޚަލީލް
އިންޑިއާގައި 20 އަހަރުގެ އަންހެނަކު ދަންޖައްސާފައި ހުއްޓާ ފެނިއްޖެ

އިންޑިއާގައި 20 އަހަރުގެ އަންހެނަކު ދަންޖައްސާފައި ހުއްޓާ ފެނިއްޖެ

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ނާގްރާ ސަރަހައްދުގެ އެކަހެރި އަވަށެއްގައި 20 އަހަރުގެ އަންހެނަކު ދެއަތް ބަނދެ ގަހެއްގައި ދަންޖައްސާފައި ހުއްޓާ އާދީއްތަ ދުވަހުގެ ހެނދުނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެމީހާ ދަންޖެއްސުމުގެ ސަބަބުން މަރުވެފައިވާއިރު، އެ އަންހެންމީހާގެ ދެއަތް ފުރަގަހަށް ބަނދެފައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. މަރުވެފައިވާ އަންހެންމީހާގެ މާމަ ބުނެފައިވަނީ އޭނާގެ ކާވެނި މިއަހަރުގެ އޭޕްރިލް 25 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އަމިއްލައަށް މަރުވުމެއ...

އަޙްމަދު ދާއޫދު
އިމިގްރޭޝަން ޚިޔާނާތުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އިމިގްރޭޝަން ޚިޔާނާތުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން ރޭ އާންމުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަ...

ޔުމްނާ ޢަލީ
ޖަލުގައި ޒުވާން ގައިދީއަކު މަރުވެއްޖެ

ޖަލުގައި ޒުވާން ގައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ޒުވާން ގައިދީއަކު މިއަދު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން ބުނިގޮތުގައި މަރުވެފައި ވަނީ އުމުރުން 23ގެ، އިބްރާހިމް ޝަމްވީލް، ފޯ ފްލާވަރ/ސ. މަރަދޫ އެވެ. ‘’މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި، އަދި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައި’’ ކަރެކްޝަނުން ބުންޏެވެ. މީނާއަކީ މީހެއްގެ ފުރާ...

ޔުމްނާ ޢަލީ
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ޑިވެލޮޕްމެންޓް ބޭންކުގެ އެމްޑީ އަދި ސީއީއޯކަމުގެ މަގާމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އ...

ޔުމްނާ ޢަލީ
ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކުރަން އަންނަ މަހު ހުޅުވާލަނީ

ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީކުރަން އަންނަ މަހު ހުޅުވާލަނީ

ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރިސޯޓްތައް އެންމެ މަދުން ހުރި އަތޮޅުތަކަށް އަމާޒުކޮށްގެން އެ އަތޮޅުތަކުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން ހދ. އަތޮޅާއި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. މިވަގު...

އިބްރާހިމް ޚަލީލް
ފަލަސްޠީނުގެ އައު ސަފީރަށް މެކްސިކޯގެ ރައީސްގެ މަރުޙަބާ

ފަލަސްޠީނުގެ އައު ސަފީރަށް މެކްސިކޯގެ ރައީސްގެ މަރުޙަބާ

މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ ފަލަސްތީނުގެ ސަފީރަށް މަރުހަބާ ވިދާޅުވެއްޖެއެވެ. މެކްސިކޯ ސިޓީގައި ހުންނަ ނޭޝަނަލް ޕެލަސްގައި މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބައުމް ވަނީ ފަލަސްޠީނުގެ އައު ސަފީރު ނަދިޔާ އާރް. އެޗް. ރަޝީދުގެ ކްރެޑެންޝަލްސް ރަސްމީކޮށް ބަލައިގެންފައެވެ. ރަސްމީ ޙަފްލާއެއްގައި ސަފީރު ރަޝީދު ވަނީ އޭނާގެ ސަރުކާރުގެ ފަރާތުން އަދާކޮށް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަަމަލާތަކާ މެދު މެކްސިކޯގެ ގެންގުޅޭ ވިސްނުމަށް ތަޢުރީ...

އަޙްމަދު ދާއޫދު
ޝައްމާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި

ޝައްމާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި އެވެ. ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝައްމާންގެ ބަންދަށް 15 ދުވަސް ކޯޓުން އޮތީ އިތުރުކޮށްފަ އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ […]

ހުސައިން ހަބީބް
ރައީސް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރަށްވައި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރަށްވައި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިފިއެވެ. ރައީސްގެ މި ޒިޔާރާތުގައި ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ. އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމު...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (15)

ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (15)

ކުރީގެ އަދަދާއި ގުޅޭ: ބޮޮޑު ބަނޑާއެކު ފޮޓޯ ޝޫޓިންއެއްގައި ހެވިފައި އެ ހުރީ އޭނާގެ ލޯބިވާ ދޮންތައެވެ. ދާދި ކައިރީގައި މަންމައާއި ބައްޕަގެ އިތުރުން ބޭބެ މެން ވެސް ތިއްބެވެ. އެ މަންޒަރު ފެނުމުން ޝިކާގެ ހިތަށް ލިބުނު އުފާވެރިކަމާއެކު ހިތްދަތި ވެސް ވިއެވެ. އެ ތަނަށް ދާން ހިތް އެދުނަސް، އެ ހިތްވަރެއް ޝިކާއަކަށް ނުލިބުނެވެ. ލޯ ކުރިމަތީގައި އެ ތިބީ އޭނާގެ ފުރާނަ ފަދަ އާއިލާއެވެ. އިސާހިތަކު ކުޑައިރުގެ ހަނދާންތައް ވެސް ހިތަށް ޖަމާވާން […]

ސަލާމާ ޢަބްދުލް ޢަލީމް
ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭގޮތް ހަދަނީ

ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭގޮތް ހަދަނީ

މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕްގައި މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންދާ ކަމަށް ޓްރެކަރަކުން ހާމަކޮށްފިއެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މެޓާގެ ދަށުން ހިންގާ މި އެޕްލިކޭޝަނުން އަންނަނީ ބައެއް ސްމާޓްފޯނުތަކުން ފޮޓޯ ނެގުމުގައި ރެކޯޑުކުރެވޭ ކުރު ވީޑިއޯ އަދި އޯޑިއޯ ހިމެނޭ މޯޝަން ފޮޓޯ ހިއްސާކުރެވޭނެ ގޮތް ތަރައްޤީކުރަމުންނެވެ. މި ފީޗަރ ފުރަތަމަ ފެނިފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ނެރެފައިވާ ވަޓްސްއެޕްގެ އެންމެ ފަހުގެ ބީޓާ ވަރޝަންގައެވެ. އައިފޯނު ބޭނުންކުރާ ފަރާތްތަކަށް މި ފީޗަރ ފެ...

އަޙްމަދު ދާއޫދު
އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާތީ ދަރިފުޅު މަރާލައިފި

އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާތީ ދަރިފުޅު މަރާލައިފި

އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ބޮޑު ސިޓީ ޕޫނޭގައި ދިރިއުޅެމުންދިޔަ 38 އަހަރުގެ ޓެކްނޮލޮޖީ ދާއިރާގެ މުވައްޒަފެއް، އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވަމުންދާކަމަށް ޝައްކުކޮށް، އެ ދެމަފިރިންގެ 3 އަހަރާއި 6 މަހުގެ ދަރިފުޅު މަރާލައިފިއެވެ. ޗަންދަން ނަގަރު ސަރަހައްދުގައި ހިނގި މި ހާދިސާގައި ކުޑަކުއްޖާގެ ކަރު ބުރިކޮށްލުމަށްފަހު ބޯވަނީ އެހެން ސަރަހައްދަކަށް އެއްލައިލާފައެވެ. އޭގެ ފަހުން ބައްޕަ ފެނުނީ ވަރަށް ބޮޑަށް މަސްތުވެފައި ހުރި ހާލުގައި ލޮޖެއްގެ ތެރެއިންނެވެ. ފުލުހ...

އަޙްމަދު ދާއޫދު
ހަ ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފި

ހަ ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލްގެ ވައިގެ ހަމަލާތަކެއްގައި 6 ކުޑަކުދިން ހިމެނޭގޮތަށް ޣައްޒާއިން އިތުރު 21 މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ މެޑިކަލް އޮފިޝަލުން އަނަޑޯލުއަށް ކަށަވަރުކޮށްދިން ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައިވާ އަލް-ތުއްފާހު ސަރަޙައްދުގައި ހުރި މަޝްހަރާވީ ޢާއިލާގެ ގެއަށް އިސްރާއީލުން ދިން ހަމަލާގައި 6 ކުދިންނާއި އިތުރު 3 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، މެދު ޣައްޒާގެ އަލް-މަޣްރަޤާ ސަރަޙައްދަށް އިސްރާއީލުން ދިން އެހެން ހަމަލާއެއްގައި އިތުރު 2 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް ސޯސްތަ...

އަޙްމަދު ދާއޫދު