ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2022 ޖެނުއަރީ 22 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައިގެ ތަޙުޤީޤުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލުތައް ކޮށް އަދި 6 މީހެއްގެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ގޯތިތަކުގެ މަގުފާރު ކައިރި ބޭރުގައި އެކި ބާވައްތަކުގެ ގަސްތައް އިންދައި، ގަސް ހެއްދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ، ވީ އެންމެ އަވަހަކަށް ގަސްތައް ނެގުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، މި ކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ދަނީ ހުށަހެޅެމުންނެވެ. އެހެންކަމުން، އިންފާރުން ބޭރު މަގުގައި ގަސް ހައްދާފައިވާ ގޯތިތަކުން ވީ އެންމެ އަވަހަކަށް އެ ގަސްތައް ނެގުމަށް އިއުލާނުގައި އ...
އައިޝަތު އައިނީ އާމިރު
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތަކެއް ފަށައިފިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަށްކޮށް މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްކޭޓްކުރާ ޒުވާނުންނާއި ގުޅިގެން 8 އަހަރުންމަތީގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސްކޭޓް ކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޭޕްރީލް 11 އިން 13 އަށް ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ދަރިވަރުން ވަނީ ތަމްރީން ވެފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގަންނާފައެވެ. އެގޮތުން މި ރަސްމ...
އައިޝަތު އައިނީ އާމިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން އދ. އަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވާން އދ. އިން އަންގައިފި އެވެ. މިދިޔަ ފެބްރުއަރީ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެ މައްސަލަ އދ. ގެ ސަމާލު ކަމަށް ގެނެސްފަ އެވެ. […]
ހުސައިން ހަބީބް
މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިއެވެ. މިކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ. މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހި...
ޔުމްނާ ޢަލީ
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނަސް މި މަގާމަށް އައްޔަނުކުރެއްވީ 13 މާރިޗް 2025 ގައެވެ. ގާނޫނު ބުނާ ގޮތުން އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ މަޤާމަށް އަނަސް ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ އެސްއޯއީ ކ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށް، އެތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމްބަސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ތާރީޚީ ފެށުމާއި ގު...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ މި ބިލުގެ މަސައްކަތް ނިންމާފައިވާއިރު، މިއަދު ތަޅުމުގައި ވޯޓަށް އެހުމުން ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ...
ޔުމްނާ ޢަލީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް އާ މެމްބަރަކު އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އެވެ. އޭނާ އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ މިއަދުއެވެ. އޭނާ އެޗްޑީސީގެ ބޯޑަށް އައު މެމްބަރަކު ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަމުގައި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ، މުޙައްމަދު ވަހީދު 6...
ޔުމްނާ ޢަލީ
މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ޒަރީއާއިން ދިވެހިންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން މަޝްވަރާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހެން ބުނީ، ޓިކްޓޮކްގެ އިސް ބޭފުޅުންގެ ވަފުދަކާއެކު މިއަދު އެ ވުޒާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ވުޒާރާއިން ބުނިގޮތުގައި ޓިކްޓޮކް ކުންފުނީގެ އިސް ބޭފުޅުންގެ ވަފުދެއް މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް،...
ޔުމްނާ ޢަލީ
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މަރުޙޫމް ޢަބްދުﷲ އަޙްމަދު ބަދާވީގެ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މަރުޙޫމް ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިޔާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައ...
ޔުމްނާ ޢަލީ
ނިންޓެންޑޯ ސްވިޗް 2 ޕްރީ-އޯޑަރ އެމެރިކާގައި ލަސްވެއްޖެއެވެ. ނިންޓެންޑޯއިން އިއުލާނުކޮށްފައިވާ އެންމެ އައު ކޮންސޯލް، ނިންޓެންޑޯ ސްވިޗް 2 ގެ ޕްރީ-އޯޑަރ އެމެރިކާގައި ފެށުން ވަނީ މުއްދަތެއް ނޭންގޭގޮތަށް ލަސްކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރި އައު ޓެރިފްތަކާ ގުޅިގެންނެވެ. އެންގެޖެޓްއަށް ނިންޓެންޑޯއިން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި ނިންޓެންޑޯ ސްވިޗް 2 ގެ ޕްރީ-އޯޑަރ 2025 އޭޕްރިލް 9 ގައި ނުފެށޭނެ ކަމަށެވެ. މިއީ ޓެރިފްތަކުގެ އަސަރާއި...
އަޙްމަދު ދާއޫދު
ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދުގެ އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އުމުރުން 77 އަހަރުގައި، މަޑުލު ވަހީދު އިއްޔެ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. މަޑުލު ވަހީދުގެ ވަކިވެވަޑައިގަތުމާއި ގުޅިގެން ރައީސް މުޢިއްޒު އެ...
ޔުމްނާ ޢަލީ
އެމެރިކާގެ ކެލިފޯނިއާގެ ސޭން ޑިއޭގޯ އާއި އެ ސަރަހައްދަށް ބިންހެލުމެއް އައިސްފިއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައީ ރިކްޓަރ ސްކޭލްގައި 5.2 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ހޯމަ ދުވަހުގެ މެންދުރުފަހު ކެލިފޯނިއާގެ ޖޫލިއަން ސަރަހައްދުންނެވެ. ބިންހެލުމާ ގުޅިގެން ގަވަރނަރ ގެވިން ނިއުސަމްގެ އޮފީހުން ވަނީ އެކްސް ގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ވަނީ ގަވަރނަރަށް މި ހާދިސާއާ ގުޅޭ މަޢުލޫމާތު ދެވިފައިވާ ކަމަށާއި، ސަރުކާރުން ވަނީ ލޯކަލް […]
އަޙްމަދު ދާއޫދު
ޣައްޒާގެ އަލް-މަމަދާނީ ހޮސްޕިޓަލަށް އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ދިން ހަމަލާ ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ކަން ހާމަކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީންނެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ. އަދި ޚާއްޞަކޮށް ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބައިނަލްއަޤްވާމީ މ...
އަޙްމަދު ދާއޫދު
އއ. ރަސްދޫގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް މިރޭ ނިޔާވެއްޖެއެވެ. އުމުރުން 31 އަހަރުގެ އަލީ ޝާމިން ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. މި ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވަނީ މީގެ ކުރިން، 31 މާރޗް ގައެވެ. އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ […]
އަލީ އާދިލް