ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދުގެ އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

އުމުރުން 77 އަހަރުގައި، މަޑުލު ވަހީދު އިއްޔެ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ.

Ad
rt

މަޑުލު ވަހީދުގެ ވަކިވެވަޑައިގަތުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން ފުން ހިތާމައެއް ފާޅުކުރައްވާފައެވެ. އަދި މަރުޙޫމްގެ އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހުގެ އަދީބެއްގެ އިތުރުން، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ތަރުޖަމާކުރުންތެރިއެކެވެ.

ރައީސް ފާހަގަކުރަށްވާފައިވާ ގޮތުގައި މަޑުލު ވަހީދަކީ، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެކެވެ.

މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ޚިދުމަތްތަކުގެ ތެރޭގައި ލިޔުންތެރިކަމާއި ކުރުވާހަކަ ލިޔުމުގެ ރޮނގުން ދެ ފަހަރެއްގެ މަތިން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް ޙާޞިލުކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވާ އުސްތާޛެކެވެ.

"ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެއެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ތިލަދުން | Thiladhunދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު ވަހީދު އަވަހާރަވެއްޖެދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު، މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ. މަޑުލު ވަހީދ...

މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ޢާއިލާއަށާއި ލޯބިވާ އެންމެހައި ފަރާތްތަކަށް ރައީސް މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

މަޑުލު ވަހީދު އަވަހާރަވުމާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެ، މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. ނައިބު ރައީސް ވަނީ މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

މަޑުލު ވަހީދަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.