މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 521 ވަނަ ޞަފްޙާ

ސައޫދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓު މަޝްރޫޢު ފަށައިފި

ސައޫދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓު މަޝްރޫޢު ފަށައިފި

ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހުޅުމާލޭގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް އަދި ދިވެހިރާއްޖޭގެ މާލީ ވަޒީރު މޫސާ ޒަމީރެވެ. މި މަޝްރޫޢު އިފްތިތާޙުކުރެވުނީ ސަޢުދީ ފަންޑުގެ ސީއީއޯ މިހާރު ރާއްޖެއަށް...

ޔުމްނާ ޢަލީ
ފެނަކައިން އައިސްޕްލާންޓު ގަތުމުގައި ކޮރަޕްޝަން: ސަޢީދާއި މަސްޢޫދުގެ މައްޗަށް ދަޢުވާ

ފެނަކައިން އައިސްޕްލާންޓު ގަތުމުގައި ކޮރަޕްޝަން: ސަޢީދާއި މަސްޢޫދުގެ މައްޗަށް ދަޢުވާ

ފެނަކަ ކޯޕަރޭޝަން އިން އައިސްޕްލާންޓު ގަތުމުގައި ކޮރަޕްޝަން ހިމެނޭތީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މައިފޫނާ / ގދ.ވާދޫ) އާއި ކުރީގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު (ހިންމިޔާ / ރ.އުނގޫފާރު) ގެ މައްޗަށް ދަޢުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ފެނަކަ ކޯޕަރޭޝަނުން ލ. މާމެންދޫގައި ހުރި ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ...

އަލީ އާދިލް
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި ވަޒީރުންގެ ލަފާފުޅާއެކުގައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮ...

އައިޝަތު އައިނީ އާމިރު
ވަގަށް ނެގި ކާރެއް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

ވަގަށް ނެގި ކާރެއް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

ހުޅުމާލެގައި ޕާކުކޮށްފައި އޮތް ކާރެއް ވަގަށް ނެގުމުން، ފުލުހުންގެ މަސައްކަތުން އެ ކާރު ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ފިތުރޯނު މަގުގައި ރޭ 23:50 އެހާކަށްހާއިރު ޕާކުކުރި ކާރު، 1 ގަޑި އިރާއި 15 މިނެޓް ވަރު ފަހުން ކާރު ޕާކު ކުރި ސަރަހައްދުގައި ނެތުމުން ކާރު ތެރޭގައި ތަޅުދަނޑި ބޭއްވިފައިވާކަމަށް ބުނެ ކާރުގެ ވެރިމީހާ ވަގުތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. ފުލުހުން މި މައްސަލަ ތަހުގީގުކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ބެލި […]

އައިޝަތު އައިނީ އާމިރު
ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަަށް

ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަަށް

ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަހުގެ އަޕްޑޭޓް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ދީފިއެވެ. އެމްޓީސީސީއިން މައުލޫމާތު ދިންގޮތުގައި ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކުއޭ ވޯލް ބްލޮކް ލައިން އަދި ބަނދަރުގެ ބެސިން ހިއްކުމުގެ މަސައްކަތްތަކެވެ. އެގޮތުން ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ...

އައިޝަތު އައިނީ އާމިރު
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ކޮމިޓީން ފާސްކޮށްފި

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ކޮމިޓީން ފާސްކޮށްފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މިއަދު ކޮމެޓީން ނިންމާފައިވާއިރު، މިއަދުގެ ކޮމެޓީގެ މި ބިލަށް، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެ...

ޔުމްނާ ޢަލީ
''ދިވެހީންގެ ގޮތުގައި ތިބެވެނީ ދިވެހިބަހުން ބަސްމޮށި އުޅޭތީކަން ހަނދާންނައްތާލައިގެން ނުވާނެ''

''ދިވެހީންގެ ގޮތުގައި ތިބެވެނީ ދިވެހިބަހުން ބަސްމޮށި އުޅޭތީކަން ހަނދާންނައްތާލައިގެން ނުވާނެ''

ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރެވޭ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި، ތާރީޚުން ދައްކާ ހަޤީޤަތަކީ ޒަމާނާއެކު ދިރުމާއި އާރޯކަން ނުލިބޭ ބަސްތައް އުވެމުންދާކަމެވެ. އަދި ދިވެހިބަހަށް މިފަދަ ހާލަތެއް ދިމާވިޔަ ނުދިނުމަށް ހުރިހާ ދިވެހިންގެ ހިންމަތާއި...

ޔުމްނާ ޢަލީ
ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލުކުރުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި

ކަރަންޓު ވިއުގައަށް ދިމާވެފައިވާ މައްސަލަތަކެއް ހައްލުކުރުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި

ފޭސް ދެއެއްގެ ކަރަންޓު ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި އެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައަށް ދިމާވެފައިވާ ކްރިޓިކަލް މައްސަލަތަކެއް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ ތެރެއިން، ހިޔާ ފްލެޓްތަކުގެ 9، 10، 11 އަދި 12 ވަނަ ޓަވަރުތަކުގެ ކަރަންޓު މިއަދު މެންދުރުފަހު 13:30 އިން...

އިބްރާހިމް އަސްވާޤް
ށ.އަތޮޅުގައި، ލަނގިރިޖެހުމާއި ދަފިނެގުން ފަދަ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަނީ

ށ.އަތޮޅުގައި، ލަނގިރިޖެހުމާއި ދަފިނެގުން ފަދަ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ (ށ.އަތޮޅު) ގައި ލަނގިރިޖެހުމާއި ދަފިނެގުން ފަދަ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. އިއްޔެ ކުރި އިޢުލާނެއްގައި ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، ށ.އަތޮޅުގެ ބައެއް ރަށްރަށުގައި މި ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ދިވެހިންގެ ސަޤާފީ ކުޅިވަރުތައް ދަސްކޮށްދީ، އާލާކުރުމެވެ. ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރި...

އަލީ އާދިލް
ޒަކާތު ފަންޑުން މަތީ ތަޢުލީމަށް 50 ސްކޮލަރޝިޕް ހުޅުވާލައިފި

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް 50 ސްކޮލަރޝިޕް ހުޅުވާލައިފި

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް 50 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ހުޅުވާލެވުނު ފުރުސަތުތަކެކެވެ. މީގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ކިޔެވުމަށް ހުޅުވާލެވުނު ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ...

ޔުމްނާ ޢަލީ
އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އެމްޓީސީސީން މަނަދޫގައި 4 މަޝްރޫޢުއެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ނ. މަނަދޫގައި 4 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ޕްރޮޖެކްޓް ސައިޓްތައް މޮބިލައިޒް ކޮށްފިއެވެ. އެމްޓީސީސީން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނީ ރައީސް ޑރ....

އައިޝަތު އައިނީ އާމިރު
ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީ ފަންޑްގެ ވެރިޔާ، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައޫދީ ފަންޑް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުކުރެއްވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. މި ޝަރަފު އެ މަނިކުފާނަށް އެރުވުނީ، އެ މަނިކުފާނުގެ […]

ޔުމްނާ ޢަލީ
ދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު ވަހީދު އަވަހާރަވެއްޖެ

ދިވެހި ބަހުގެ ޚިދުމަތްތެރިޔާ މަޑުލު ވަހީދު އަވަހާރަވެއްޖެ

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހި ބަހުގެ އެކެޑަމީގެ މުޝީރު، މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ. މަޑުލު ވަހީދު އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އުޅުއްވުމަށްފަހުގައެވެ. މަޑުލު ވަހީދަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވ...

ޔުމްނާ ޢަލީ
އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އޮނާނާ ބާކީކޮށްގެން ވެސް ޔުނައިޓެޑް މޮޅެއްނުވި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލުން ވަނީ 4-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިކޮށްފައެވެ. ރޭ މެޗަށް ޔުނައިޓެޑް ނެރުނު ފުރަތަމަ އެގާރާގައި އެ ޓީމްގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ ހިމަނާފައިނުވެއެވެ. ސަބަބަކީ މެޗުތަކުގައި ތަކުރާރުކޮށް އޭނާ ބޮޑެތި ގޯސްތައް ހަދަމުން އަންނާތީއެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިޔޯންއާއި 2-2 ގެ ނަތީޖާއިން މިދިޔަ ހަފްތާގައި […]

އިބްރާހިމް ޚަލީލް
ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެގޮތުގައި 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން،އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 ސައުދީ ރިޔާލް (ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާ) އ...

ޔުމްނާ ޢަލީ
ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް

ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓު (ސައޫދީ ފަންޑް)ގެ އެންމެ އިސްވެރިޔާ، ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ. ދިވެހި ދައުލަތުން އަރުވާ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢޫދީ ފަންޑްގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ސަޢޫދީ ފަ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)

ކުރީގެ އަދަދާއިގުޅޭ: ” އަހަރެން ކީއްކުރީތަ؟ ” ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ހަސަން ސުވާލު ކުރިއެވެ. ނަމަވެސް މަރިޔަމް އޮތީ ހަސަންގެ ސުވާލުތަކަށް ޖަވާބު ނުދޭން ނިންމައިގެންނެވެ. އެއްޗެއް ނުބުނުމުން ހަސަން މަރިޔަމްގެ ގައިގައި ކޮއްޓާލިއެވެ. ” އަހަރެން ދެކެ މަރިޔަން ރުޅި އައިސްފަ ހުރިކަން އަހަންނަށް އެނގެޔޭ. މިރޭ ކަންތައް ތި ކުރަނީ މީގެ ކުރިން ދުވަހަކު ވެސް މަރިޔަން ކަންތައް ކުރި ގޮތަކަށް ނޫން.” ހަސަން ބުންޏެވެ. ” ބައެއް ކަންތައްތަކަކީ ވަގުތާ ހާލަތު […]

ސަލާމާ ޢަބްދުލް ޢަލީމް
ގޫގުލްގެ އެކްސްޓެންޑެޑް ރިއަލިޓީ އައިނު ދައްކާލައިފި

ގޫގުލްގެ އެކްސްޓެންޑެޑް ރިއަލިޓީ އައިނު ދައްކާލައިފި

ކެނެޑާގެ ވެންކޫވަރުގައި ކުރިއަށްދާ ޓެޑް 2025 ކޮންފަރެންސްގައި ގޫގުލްއިން އެކުންފުނީގެ އެކްސްޓެންޑެޑް ރިއަލިޓީ (އެކްސްއާރު) އައިނު ދައްކާލައިފިއެވެ. މިއީ ސްމާޓްފޯނަކާ ގުޅާލެވޭ، ލައިވްކޮށް ތަރުޖަމާކުރުމާއި ކުރިން ބެލި މަންޒަރުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އައިނެކެވެ. ގޫގުލްގެ އެކްސްއާރު ޑިވިޜަންގެ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު ޝަހްރާމް އިޒާދީ މި އައިނާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި އައިނަކީ ކެމެރާއަކާއި، މައިކްރޯފޯނަކާއި، ސްޕީކަރުތަކެއް ހަރުކުރ...

އަޙްމަދު ދާއޫދު