މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 522 ވަނަ ޞަފްޙާ

އެމްބާޕޭއަށް ރަތެއް، އަލަވޭސް އަތުން ރެއާލަށް މުހިންމު މޮޅެއް

އެމްބާޕޭއަށް ރަތެއް، އަލަވޭސް އަތުން ރެއާލަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށް ރެއާލުން އުންމީދު ދަމަހައްޓައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި އާސެނަލްއާއި ބައްދަލުކުރާ މެޗަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރޭ މެޗުގެ ފުރަތަމަ އެގާރާގައި ރެއާލުން ޖޫޑް ބެލިންހަމްއާއި ވިނީސިއަސް ހިމަނާފައިނުވެއެވެ. ރޭ މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން […]

އިބްރާހިމް ޚަލީލް
ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓްވެ ތުރުކީ ދޫކޮށްލައިފި

ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓްވެ ތުރުކީ ދޫކޮށްލައިފި

ތުރުކީގައި ހުރި ހުރިހާ ކޭއެފްސީ އައުޓްލެޓްތަކެއް ބަންދުކޮށްފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޓާކީގައި ހުރި ހުރިހާ ކޭއެފްސީ އައުޓްލެޓްތަކެއް ބަންދުކޮށްފައިވަނީ 2025 އޭޕްރީލް 12 ވަނަ ދުވަހުއެވެ. މި ބަންދުކުރުމަކީ ކޭއެފްސީގެ ފްރެންޗައިޒް އޮޕަރޭޓަރު ކަމުގައިވާ އިޝް ގިދާ އިފްލާސްވުމާ ގުޅިގެން އައި ބަދަލެކެވެ. އިޝް ގިދާގެ ދަރަނި 214 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކޭއެފްސީގެ މައި ކުންފުނި ކަމުގައިވާ ޔަމް! ބްރޭންޑްސްއިން އިޝް ގިދާއާއެކު އޮތް އެއްބަސްވުން ނިމުމަކަށް...

އަޙްމަދު ދާއޫދު
ވެސްޓްހޭމް ބަލިކޮށް، ލިވަޕޫލުން ލީގު ހޯދުމާއި ގާތަށް ޖެހިލައިފި

ވެސްޓްހޭމް ބަލިކޮށް، ލިވަޕޫލުން ލީގު ހޯދުމާއި ގާތަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒްއެވެ. ސަލާހްގެ މި މެޗުގައި ހެދި އެސިސްޓާއިއެކު […]

އިބްރާހިމް ޚަލީލް
ރަޝިޔާގެ ހަމަލާއެއްގައި ޔުކްރެއިންގެ 34 މީހުން މަރުވެއްޖެ

ރަޝިޔާގެ ހަމަލާއެއްގައި ޔުކްރެއިންގެ 34 މީހުން މަރުވެއްޖެ

ރަޝިޔާއިން ޔުކްރެއިންގެ އިރުމަތީ އުތުރުގައި އޮންނަ ސުމީ ސިޓީއަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއެއްގައި މަދުވެގެން 34 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ. ޔުކްރެއިންގެ އޮފިޝަލުން ބުނާ ގޮތުގައި، އާދިއްތަ ދުވަހު ހެނދުނު 10:15 ގައި ދެ މިސައިލެއް ސިޓީގެ މެދުތެރެއަށް ވަނީ އަރާފައެވެ. އެ ވަގުތަކީ ކްރިސްޓިއަން ދީނުގެ ހޯލީ ވީކްގެ ފުރަތަމަ ދުވަސް ކަމަށްވާ ޕާމް ސަންޑޭ ފާހަގަ ކުރުމަށް ގިނަ ބަޔަކު އެއްވެފައިވާ ވަގުތެކެވެ. […]

އަޙްމަދު ދާއޫދު
ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް

60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުދުއްވުމަށް  60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތަށް  އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެެހޭ ޤަވައިދަށް މިއަދު އިސްލާހް ގެނެސްފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ގެނައި މި އައު އިސްލާހުގެ ދަށުން، 60 އަހަރުން މަތީގެ މީހުންނަށް ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. މި ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައ...

ޔުމްނާ ޢަލީ
ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް

ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އިއްޔެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު...

ޔުމްނާ ޢަލީ
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން (އެމްޕީއޭއޯ) 2025 ވަނަ އަހަރަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމް އިއުލާން ކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ އޮފީހުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ އިޖްތިމާއީ ދުޅަހެޔޮކަމާއި، ތިމާވެށި ދެމެހެއްޓުމާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި މުޖުތަމައު ބާރުވެރިކުރުވުމަ...

އަލީ އާދިލް
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ) ގެ ދެ ވަކީލަކު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސަސްޕެންޑުކޮށް ފުލުހުންގެ ތަޙުޤީޤަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ޖިންސީ ފުރައްސާރަކުރުމާއި އަޚްލާޤީ މިންގަނޑާ ޚިލާފުވުމުގެ ތުހުމަތުގައި ސަސްޕެންޑުކޮށް، މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ބަލަމުން ގެންދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔ...

އަލީ އާދިލް
ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" 2007 އިން ފެށިގެން

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" 2007 އިން ފެށިގެން

ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް “ޖެނެރޭޝަނަލް ބޭން” ތަޢާރަފްކޮށްފި އެވެ. ރައީސް އޮފީހުން މިއަދު “ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް” އިޢުލާނުކުރަމުން ވިދާޅުވީ، ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށްޓަކައި “ޖެނެރޭޝަނަލް ބޭން” އެއް ތަޢާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި،...

އަލީ އާދިލް
ކުޅުދުއްފުށީގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީނު ކާމިޔާބު ކަމާއެކު ނިންމާލައިފި

ކުޅުދުއްފުށީގައި ބޭއްވި ދަނޑުވެރިކަމުގެ ތަމްރީނު ކާމިޔާބު ކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އެ ސިޓީގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބޭއްވި ދަނޑުވެރިކަމާއި ގުޅޭ ތަމްރީނު ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންނާއި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޕްރައިމް މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ޕްރޮގްރާމް ނަންގަވައިދީ ކުރިއަށް ގެންގޮސްފައިވަނީ ޕްރައިމް މޯލްޑިވްސް ގެ ފަރާތުން މުޙައްމަދު ޒާހިދު އަދި ނިޔާޒް އިބްރާހިމްއެވެ. ތިން ދުވަހުގ...

އައިޝަތު އައިނީ އާމިރު
ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި

ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި

ށ ފީވަކުގައި ޒަމާނީ ފެންވަރުގެ ބޯޓުޔާޑެއް ތަރައްޤީކުރުމަށްޓަކައި ސީނު ގްލޯބަލްއާއި ހަވާލުކޮށްފިއެވެ. ބޯޓުޔާޑު އެޅުމަށްޓަކައި 90،212 އަަކަފޫޓުގެ ބިމެއް ފީވަކު ބަނދަރުގެ އިރު ދެކުނު ކޮޅުން ކައުންސިލުން ދޫކޮށްފައިވާއިރު 40 އަހަރުގެ މުއްދަތަށް ހަވާލުކުރުމަށް ވަނީ ސޮއި ކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފީވަކު ކައުންސިލްގެ ރައީސް، އަލީ ރަޝީދު ހަސަނެވެ. އަދި ސީނު ގްލޯބަލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސީނު ގްލޯބަލްގެ...

އައިޝަތު އައިނީ އާމިރު
އިބްރާހީމް ރަސްގެފާނަށް ހެދި ސިހުރު

އިބްރާހީމް ރަސްގެފާނަށް ހެދި ސިހުރު

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ސިރީ ރަންނަވަ ލޯކަ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވީ މީލާދުން 1721 ވަނަ އަހަރުން 1750 ވަނަ އަހަރަށެވެ. އެއީ ހިޖުރައިން 1133 ވަނަ އަހަރުން 1163 ވަނަ އަހަރަށެވެ. މި ރަދުން ފަސް ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވިއެވެ. ލިބިވަޑައިގަތީ ހަތް ބޭފުޅުންނެވެ. މީގެ ތެރެއިން ފުރަތަމަ ދަރިކަނބަލުން އައިމިނާ ރަނިކިލެގެފާނު ލިބިވަޑައިގެންނެވީ ރަދުންގެ އުމުރުފުޅުން 15 އަހަރުފުޅުގައެވެ. އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ނަން އަރާހުރި ބޭފުޅ...

ޢަބްދުﷲ ސަޢީދު
ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ކުޅުދުއްފުށްޓަށް ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް

ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ކުޅުދުއްފުށްޓަށް ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް

ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. ފެބްރުއަރީ, 2022 ގައި ކުޅުދުއްފުށްޓަށް ދިޔަ ބޯޓެއްގައި ގެންދިޔަ ފޮށިގަނޑެއްގައި ހުރި ގަސްމުށްޓެއްގެ ތެރޭގައި އިންދާފައި އިން ގަހެއްގެ މޫގަނޑުގައި ހަރުކޮށްގެން 51 ގްރާމްގެ ޑައިމޯފިން އެތެރެކުރި މައްސަލާގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ މ. މުލީ މީހެއްގެ މައްޗަށެވެ. ނަމަވެސް އެ މީހާ އެ ދައުވާއަށް އިންކާރުކޮށް, ކޯ...

ހުސައިން ހަބީބް
ކުޅުދުއްފުށީ ރަސްމީ ފާލަން ތަރައްޤީކުރަން ހަވާލުކޮށްފި

ކުޅުދުއްފުށީ ރަސްމީ ފާލަން ތަރައްޤީކުރަން ހަވާލުކޮށްފި

ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކުޅުދުއްފުށި ސިޓީގެ ރަސްމީފާލަން ތަރައްޤީކުރުމުގެ މަސައްކަތް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ފާލަން ތަރައްޤީކުރުމަށް ފަރުމާކުރެވިފައިވަނީ ހިޔާގަނޑަކާއިއެކު ފާލަމުގެ ތިންފަރާތުން ލޯންޗްފަހަރަށް ފަސޭހަކަމާއެެކު ގާތްކޮށް، އަރާފޭބުމަށް ފަސޭހަވާނެހެންނެވެ. އެގޮތުން މި ފާލަމަކީ ރަސްމީ ހައިސިއްޔަތުން ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރީންނާއި، ރަށުގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ދައުވަތު އެރުވިގެން ރަށަށް ވަ...

އައިޝަތު އައިނީ އާމިރު
ފިޔޯރީގައި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ފިޔޯރީގައި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ގދ.ފިޔޯރީގައި ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވަނީ މުހައްމަދު ނަޒުމީއެވެ. އޭނާ ނިޔާވިއިރު އުމުރަކީ 23 އަހަރެވެ. ނަޒުމީ ނިޔާވުމާއި ގުޅިގެން މިއަދު ފެނަކައިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ގދ.ފިޔޯރީ ބްރާންޗުގެ ސުޕަވައިޒަރެއްގެ މަގާމުގައި ހިދުމަތް ކުރައްވަމުން ގެންދެވި މުހައްނަދު ނަޒުމީ ނިޔާވެފައިވާ ކަމަށެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އެ ކުންފުނިން ވަނީ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނ...

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (3)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (3)

ކުރީގެ އަދަދާއި ގުޅޭ: އެ ވާހަކަ ތަކަކީ ތެދު ވާހަކަތަކަކަށް ވިޔަސް، އަދި ދޮގަކަށް ވިޔަސް މި ވަގުތު އޭނާ އެންމެ ކަންބޮޑުވަނީ ހަސަންއާ ބެހޭ ގޮތުން އެ ފަދަ ހުތުރު ވާހަކަތަކެއް ދައްކާކަން އެނގުނީމައެވެ. އެ މީހުންގެ ކައިވެނީގެ މަތިވެރި ގުޅުމަށް ހުތުރު ނަމެއް ލިބުނީތީއެވެ. އަދި ހަސަންގެ ނަން، ކިލަނބުވެފައި އޮތްކަން އެނގުނީތީއެވެ. އެނބުރި ގެއަށް ގޮސް ވަތް އިރު މަރިޔަމްއަށް ހުރީ ރޮވިފައެވެ. ނަމަވެސް އެ ދެ ލޮލުގައިވާ ކަރުނަތައް ބާލާނެ ފުރުސަތު […]

ސަލާމާ ޢަބްދުލް ޢަލީމް
ހަބަލް ޓެލެސްކޯޕުން ޔުރޭނަސްގެ ދުވަހެއްގެ ދިގުމިން ދެނެގެންފި

ހަބަލް ޓެލެސްކޯޕުން ޔުރޭނަސްގެ ދުވަހެއްގެ ދިގުމިން ދެނެގެންފި

ހަބަލް ޓެލެސްކޯޕުން ޔުރޭނަސްގެ ދުވަހެއްގެ ދިގުމިން އަލުން ދެނެގެންފިއެވެ. ދިގު މުއްދަތެއްގެ ހަބަލް ޓެލެސްކޯޕުގެ މަޢުލޫމާތު ތަޙްލީލުކުރުމަށްފަހު، ސައިންޓިސްޓުން ވަނީ ޔުރޭނަސްގެ ދައުރުވުމުގެ ވަގުތު އަލުން ދެނެގަނެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ޔުރޭނަސް އެއްފަހަރު ފުރިހަމައަށް ދައުރުވުމަށް 17 ގަޑިއިރާއި 14 މިނެޓާއި 52 ސިކުންތު ނަގައައެވެ. ޕެރިސް އޮބްޒަވޭޓަރީގެ ލޯރަންޓް ލަމީ އިސްވެ ހުންނަވައިގެން ކުރެއްވި މި ދިރާސާގައި، 10 އަހަރުގެ އޯރޯރާ (އުތުރު ދަނޑިމަތީގެ އަލި) މަޢުލޫމާތު ބޭނުންކޮށްގެން ގްރ...

އަޙްމަދު ދާއޫދު
ކުވެއިތު ދެ އަޚުންގެ ގެއްލުނު ދަބަސް 30 މިނިޓް ތެރޭ ދުބާއީ ޕޮލިހުން ހޯދައިދީފި

ކުވެއިތު ދެ އަޚުންގެ ގެއްލުނު ދަބަސް 30 މިނިޓް ތެރޭ ދުބާއީ ޕޮލިހުން ހޯދައިދީފި

ކުވެއިތު ދެ އަޚުންގެ ގެއްލުނު ދަބަސް ދުބާއީ ޕޮލިހުން ހޯދައިދީފިއެވެ. ދުބާއީ ޕޮލިހުގެ އެއަރޕޯޓް ސެކިއުރިޓީ ޑިޕާޓްމަންޓުން އެ ދަބަސް ދެ އަޚުންގެ އާއިލާއާ ހަވާލުކޮށްދީފައިވަނީ މި މައްސަލަ ރިޕޯޓުކުރިތާ 30 މިނެޓުގެ ތެރޭގައެވެ. މި ދަބަހުގައި 102،000 ދިރުހަމް (ގާތްގަނޑަކަށް 28،000 ޑޮލަރު) އާއި ޕާސްޕޯޓުތަކާއި އަދި ޕާސަނަލް ތަކެތި ހުއްޓެވެ. ދުބާއީ ޕޮލިހުގެ އެއަރޕޯޓް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ބްރިގޭޑިއަރ ހަމޫދާ ބެލްސުވައިދާ އަލް އާމިރީ ވިދާޅުވި ގޮތުގައި، ކުވެއިތުގެ ދެ އަޚުންނަށް އާއިލާގެ މެންބަރ...

އަޙްމަދު ދާއޫދު