ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް އާ މެމްބަރަކު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އެވެ.
އޭނާ އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ މިއަދުއެވެ.
އޭނާ އެޗްޑީސީގެ ބޯޑަށް އައު މެމްބަރަކު ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރުކަމުގައި ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނު ގެ، މުޙައްމަދު ވަހީދު 6 އޭޕްރިލް 2025 ގައި އެ ބޯޑުން ވަކިކުރެއްވުމަށްފަހުއެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!