ކުޅުދުއްފުށި ސިޓީ މަސްޖިދުލް ޙަސަނާތު މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ ފަރާތުން އަންބަލަން ކޮންސްޓްރަކްޝަން ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ޙަސަނާތު މިސްކިތް މަރާމާތުކުރުމުުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މިސކިތް އިސްކުރުބަރި ހުރި ސަރަހައްދު މަރާމާތު ކުރުމާއި، ފިރިހެނުންގެ ފާހަނަ ބަރި މަރާމާތުކުރުމާއި، އިސްކުރުބަރި އަދި ފާހަނާގެ ހޮޅިލައިން ބަދަލުކޮށް ފާހަނަ ސީލިންގ ބަދަލުކުރުން ހިމެނެއެވެ.

Ad
rt

މީގެ އިތުރުން، މިސްކިތުގެ އިރުމަތި ފަރާތު ފެންޑާ މަރާމާތުކޮށް، މިސްކިތު މިހުރާބު ބޮޑުކޮށް ސޮޓޯރެއް ހެދުމާއި މިސްކިތު ކުރީބައިގެ ސީލިންގ ބަދަލުކޮށް އަސްކަނި މަރާމާތުކުރުމާއި، މިސްކިތު ދެކުނު ކޮޅުގައިވާ ފެންޑާ މަރާމާތުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ގައުފޮޅު ރާނައި، މިހުރާބު ހުޅަނގު ފަރާތުގައި އާޔަތުލް ކުރުސި ލިޔުމުގެ އިތުރުން މިސްކިތު ފުރާޅުގެ އިސްކުރުތައް ބަދަލުރުކުރުން ހިމެނެއެވެ.

މި ކަންތައްތައް ފިޔަވައި، މަރާމަތު ކުރުމުގެ މަރުހަލާގައި އިތުރަށް މަރާމާތުކުރަންޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މަސައްކަތްތައްވެސް މަރާމާތު ކުރެވިގެންދާނެއެވެ.

މި މަސައްކަތުގެ އަމަލީ މަސައްކަތް މިއަދު (23 އޭޕްރީލް 2025) ގައި ފަށާފައިވާއިރު، ކައުންސިލާއި އަންބަލަަން ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކުރެވުނު އެއްބަސްވުމުގައި 56 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ އަގަކީ މުޅި ޖުމްލަ 820،000.00 (އަށްލައްކަ ވިހި ހާސް) ރުފިޔާއެވެ.