މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 510 ވަނަ ޞަފްޙާ

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (8)

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (8)

ކުރީގެ އަދަދާއި ގުޅޭ: ” ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ރަޝީދު ކައިރީ ނޫނެކޭ ބުނާކަށް ނުކެރޭނެ. މަރިޔަން ވެސް އެކަނި އުޅެން ދަސްކުރަން ވާނެ.” ހަސަން ބުންޏެވެ. ހަސަންގެ ވާހަކައިން މަރިޔަމްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން މަރިޔަމް އިންތިހާއަށް ދެރަވެސް ވިއެވެ. ރަޝީދުގެ އެހީތެރިކަމުގައި އެ ރަށަށް ކަރަންޓުގެ ހިދުމަތް ލިބެން ފަށައިފިއެވެ. އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް ކަރަންޓު ލިބުން ވެގެން ދިޔައީ ރައްޔިތުން އުފަލުން […]

ސަލާމާ ޢަބްދުލް ޢަލީމް
މޮޓޮރޯލާގެ މޮޓޯ އޭއައި ޗެޓްބޮޓަށް އައު ހަތަރު ފީޗާ އިތުރުކޮށްފި

މޮޓޮރޯލާގެ މޮޓޯ އޭއައި ޗެޓްބޮޓަށް އައު ހަތަރު ފީޗާ އިތުރުކޮށްފި

މޮޓޮރޯލާއިން އެ ކުންފުނީގެ އަމިއްލަ އާޓިފިޝަލިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، މޮޓޯ އޭއައި އަށް ބޮޑެތި އަޕްގްރޭޑްތަކެއް ގެނެސްފިއެވެ. ބުރާސްފަތި ދުވަހު އިޢުލާނުކުރި ގޮތުގައި، ލެނޯވޯގެ ދަށުން ހިންގާ މި ބްރޭންޑުން މޮޓޯ އޭއައި އަށް އައު 4 ފީޗަރ ވަނީ އިތުރުކޮށްފައެވެ. އެއީ ނެކްސްޓް މޫވް، ޕްލޭލިސްޓް ސްޓޫޑިއޯ، އިމޭޖް ސްޓޫޑިއޯ އަދި ލުކް އެންޑް ޓޯކްއެވެ. މީގެ އިތުރުން، މޮޓޮރޯލާއިން ގޫގުލް، މެޓާ، މައިކްރޯސޮފްޓް އަދި ޕަރްޕްލެކްސިޓީ ފަދަ ބޮޑެތި އޭއައި ކުންފުނިތަކާ ގުޅިގެން […]

އަޙްމަދު ދާއޫދު
ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި

ރެއާލް ބަލިކޮށް ބާސާއިން ކޮޕް ޑެލް ރޭ ކާމިޔާބުކޮށްފި

ސްޕެނިޝް ލީގު ކަޕް (ކޮޕަ ޑެލް ރޭ) ފައިނަލް މެޗުގައި ރޭ ރެއާލް މެޑްރިޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ބާސާއިން މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހުވަގުތު ކޫންޑޭ ޖަހައިދިން ލަނޑުންވެ. މެޗު ނިމިގެން ދިޔައީ 3-2 އިން […]

އިބްރާހިމް ޚަލީލް
ޓްރަމްޕާއި ޒެލެންސްކީ ވެޓިކަންގައި ބައްދަލުކޮށްފި

ޓްރަމްޕާއި ޒެލެންސްކީ ވެޓިކަންގައި ބައްދަލުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އިޓަލީގެ ވެޓިކަން ސިޓީގެ ބެސިލިކާގައި އެކަހެރި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ޕޯޕް ފްރާންސިސްގެ ޖަނާޒާގެ ކުރިން ބޭއްވުނު ބައްދަލުވުމެކެވެ. ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ތާރީޚީ ބައްދަލުވުމަކަށް ވެގެން ހިނގައިދާނެއެވެ. މިއީ އެމެރިކާގެ އޯވަލް އޮފީހުގައި ދެ ލީޑަރުން ދެމެދު ހިނގި ހޫނު ބަހުސަކަށްފަހު ބޭއްވުނު އެންމެ ފުރަތަމަ ބައްދަލުވުމެވެ. ބައްދަލުވުމަށްފަހު، ޓ...

އަޙްމަދު ދާއޫދު
ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ. “2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” ނަމުގައި މި ކޮމިޝަން އުފައްދަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، 2025 އެޕްރީލު 18 ވަނަ ދުވަހު […]

ޔުމްނާ ޢަލީ
އީރާނުގެ ބަނދަރެއްގައި ބޮޑު ގޮވުމެއް

އީރާނުގެ ބަނދަރެއްގައި ބޮޑު ގޮވުމެއް

އީރާނުގެ ދެކުނުގެ ބަނދަރެއްގައި ހިނގި ބޮޑު ގޮވުމެއްގައި ފަސްމީހުން މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ޝަހީދު ރަޖާއީ ބަނދަރުގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އާއި ގުޅިގެން ހޯމޯޒްގާން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މެހްރްދާދް ހަސަންޒާދާ ވަނީ ސަރުކާރުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިހާތަނަށް 5 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު ގޮވުން ހިނގިކަން އެނގުމާއެކު ހުރިހާ އޭޖެންސީތަކެއް...

އަޙްމަދު ދާއޫދު
ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން

ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިދާރާ ހިންގުން ނަވީނާއި ހަވާލުކޮށްފައި ވަނީ އެ މަސްއޫލިއްޔަތު ޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައެވެ. ފުލުހުންގެ އިދާރާއަށް ވަގުތީ ވެރިއަކު ހަމަޖައްސަން ޖެހުނީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ މަގާމުން އިސްތިއުފާދެއްވުމުންނެވެ. ނަވީން އާއި ފުލުހުންގެ މުއައްސަސާގ...

ޔުމްނާ ޢަލީ
ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު

ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް ދާޚިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައަޅާފައިވާ ކަމަށެވެ. ކޮމި...

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް

ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައިވާނެކަމަށް ޕީޖީ އޮފީހުން މިރޭ ބުނެފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މި އިރުޝާދުތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. ޕީޖީގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށް ހާމަކޮށްފައިވާ އިރުޝާދުތައް މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ […]

ޔުމްނާ ޢަލީ
ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ. މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް...

ޔުމްނާ ޢަލީ
ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަން ނިންމަވައިފިއެވެ. ސީޕީ ވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސީޕީ އިސްތިއުފާދެއްވަން ނިންމެވިކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު މައްސަލަ: ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ޔުމްނު ވެއްޓުނު މައްސަލަ: ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި މައްސަލާގައި ފުލުހުން ކުރިން ވަނީ 7 މީހެއްގެ ފޯނު ހިފަހައްޓާފައެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން މިއަދު ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ޔުމްނު) ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތައް ބުރޫ އަަރާގޮތަށް އެކި ވަރުގެ ގެއލުންތައް ދެމުންދާތީ، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ކަންބޮޑުވުންފާޅުކުރަށްވައިފިއެވެ. މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރަށްވައި މޭޔަރ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކޮމިއުނިޓީ ޕާކުގައި ކުޑަކުދިން ކުޅޭ ސާމާނު ބެހެއްޓުމަށް އަޅަމުންދާ ބުޑުތައް ހިކުމުގެ ކުރިން އެއަށް ލައްވާފައިވާ ސްޓަޑްތައް ހަލުވާ ދ...

އައިޝަތު އައިނީ އާމިރު
މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލަކަތޮޅު (މ.އަތޮޅު) ގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓު، މުލީގައި އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ އެ އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ. ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަރޕޯޓަށް އިއްޔެ ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ. އެސެސްމަންޓްތައް ނިންމައި، މުލީ އެއާޕޯޓަށް ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރ...

ޔުމްނާ ޢަލީ
ކޮންގޯ އާއި ރުވާންޑާ އިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޮންގޯ އާއި ރުވާންޑާ އިން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޮންގޯ އާއި ރުވާންޑާ އިން މެއި 2 ގެ ކުރިން ސުލްހަވެރިކަމުގެ އެއްބަސްވުމެއްގެ ޑްރާފްޓެއް އެކުލަވާލުމަށާއި، ހަތިޔާރުއެޅި ގްރޫޕްތަކަށް އެއްވެސް ސިފައިންގެ އެހީތެރިކަމެއް ނުދިނުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުކުރު ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިއީ އިރުމަތީ ކޮންގޯގައި ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އެއްބަސްވެވުނު އެއްބަސްވުމެކެވެ. ރުވާންޑާގެ އެހީތެރިކަމާއެކު ކޮންގޯގައި ކުރިއަށްދާ...

އަޙްމަދު ދާއޫދު
އިކްއެޑޯގެ ޕެސިފިކް ސަރަޙައްދަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް

އިކްއެޑޯގެ ޕެސިފިކް ސަރަޙައްދަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް

އިކްއެޑޯގެ ޕެސިފިކް ސަރަޙައްދަށް ހުކުރު ދުވަހު 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިކަމަށް ޔޫރަޕިއަން މެޑިޓަރޭނިއަން ސައިސްމޮލޮޖިކަލް ސެންޓަރުން ރިޕޯޓްކޮށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ރޭގަނޑު 6:45 ގައި (1145 ޖީ.އެމް.ޓީ) އުތުރު ހުޅަނގު ސަރަޙައްދުގެ އެސްމެރަލްޑާސް ސިޓީ ކައިރީގައި، ބިމުގެ އަޑިން 30 ކިލޯމީޓަރު (18.6 މޭލު) ފުންމިނުގައެވެ. މި ބިންހެލުމުގެ ސަބަބުން މަދުވެގެން 20 މީހުންނަށް އަނިޔާވެ، 60 ގެއަކަށާއި، ޞިއްޙީ މަރުކަޒަކަށާއި، އަސްކަރީ އިމާރާތަކަށް ގެއްލުން ލިބިފައިވެއެވެ. ބިންހެލުމުގެ...

އަޙްމަދު ދާއޫދު
ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

ޕީއެސްޖީން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް

ނީސް އަތުން ބަލިވެ، ޕީއެސްޖީން މި ސީޒަނުގައި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައިވާއިރު، އެ ޓީމުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ، ލީގުގައި ފުރަތަމަ ކުޅުނު 30 މެޗުން ވެސް ބަލިނުވެއެވެ. ރޭ 31 ވަނަ މެޗުގައި އެ ޓީމް ވަނީ ނީސް އަތުންބަލިވެ ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިސްފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތީ 31 މެޗުން […]

އިބްރާހިމް ޚަލީލް
ޣައްޒާއިން ކާބޯތަކެތީގެ ސްޓޮކް ހުސްވެއްޖެ: ވޯލްޑް ފުޑް ޕްރޮގްރާމް

ޣައްޒާއިން ކާބޯތަކެތީގެ ސްޓޮކް ހުސްވެއްޖެ: ވޯލްޑް ފުޑް ޕްރޮގްރާމް

ޣައްޒާގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، އެންމެ ފަހުގެ ކާނާގެ ސްޓޮކް ވެސް ހުސްވެއްޖެކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)އިން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި އދ. ގެ އޭޖެންސީން ބުނީ ޣައްޒާގެ އާއިލާތަކަށް ފޯރުކޮށްދޭ ހުރިހާ ކާބޯތަކެތީގެ ސްޓޮކް މިހާރު ވަނީ ހުސްވެފައި ކަމަށެވެ. ޑަބްލިއުއެފްޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރޗް 2 އިން ފެށިގެން ޣައްޒާގެ ބޯޑަރު ކްރޮސިންގްތައް ބަންދުވެފައިވާތީ، އެންމެ ފަހުން ބާކީ ހުރި ކާބޯތަކެތި ޣައްޒާގެ ހޮޓް މީލްސް ކިޗަންތަކަށް […]

އަޙްމަދު ދާއޫދު