ހުޅުމާލޭ ވިނަރެސް ފްލެޓެއްގެ އެޕާޓްމަންޓެއްގައި ހޭނެތިފައި އޮތް އަންހެނަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރޭން އަންހެނަކު ރޯއަޑު އިވޭކަމުގެ ރިޕޯޓު މިއަދު (28 އޭޕްރިލް 2025 ވަނަ ދުވަހު)ގެ ހެނދުނު 6:05 ހާއިރު އެ އިދާރާއަށް ލިބުނުކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށްގޮސް ވަނީ ގަދަކަމުން އެމީހާ ރޯ އަޑު އިވުނު އެޕާޓްމަންޓްގެ ދޮރު ހުޅުވާފައެވެ. އަދި ދޮރުހުޅުވައި […]
ޔުމްނާ ޢަލީ
” މަންމާ. އަޅުގަނޑު މިއީ މީހުންނަށް އުނދަގޫ ކުރާ ވަރަށް ވުރެ ބޮޑު ކުއްޖެކޭ.” ހަސަންއަށް ބަލައިލަމުން ޝަބްނަމް ބުންޏެވެ. އެ ވަގުތު ރަޝީދު ވެސް ހޭންފެށިއެވެ. އާދައިގެ ގޮތަކަށް ހީލަމުން ހަސަން އަވަސް އަވަހަށް ސައިތަށި ދަމާލީ، ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވެގެންނެވެ. ހަސަން އިނީ އޭނާއަށް ހާއްސަކުރި ކޮޓަރީގެ އެނދުމަތީގައެވެ. އެނދުގައި ދެ އަތް ވިއްދާލުމަށްފަހު އޭނާ ނަޒަރު ހިންގާލީ ސީލިންގަށެވެ. ކޮޓަރިއަށް ވަދެ، އެކަނިވެލުމާއެކު ހަށިގަނޑުން ބައެއް މަދުކަމުގެ އިހްސާސް އޭނާއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ގޫގުލް ޑީޕްމައިންޑް ކުންފުނީގެ މުވައްޒަފުން، އެ ކުންފުނިން އިސްރާއީލުގެ ސަރުކާރާ ގުޅުންހުރި ދިފާއީ ޖަމާއަތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވިއްކުމާ ދެކޮޅަށް ޔޫނިއަނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސްއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ގާތްގަނޑަކަށް 300 މުވައްޒަފުން ވޭތުވެދިޔަ ހަފްތާތަކުގައި ކޮމިއުނިކޭޝަން ވޯކަރސް ޔޫނިއަން (ސީޑަބްލިއުޔޫ) އާ ގުޅުމަށް މަސައްކަތް ކުރަމުންދެ...
އަޙްމަދު ދާއޫދު
އިނގިރޭސި އެފްއޭ ކަޕް ފައިނަލުން މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ޖާގަ ހޯދައިފިއެވެ. ސިޓީން ފައިނަލުން ޖާގަ ކަށަވަރުކޮށްފައި ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި 2-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެންނެވެ. މިއީ އެފްއޭ ކަޕް ފައިނަލުން ޖެހިޖެހިގެން ސިޓީން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. ފާއިތުވި ސީޒަންގައި ސިޓީ ވަނީ ފައިނަލުގައި ޔުނައިޓެޑް އަތުން ބަލިވެފައެވެ. ނަމަވެސް އޭގެ ކުރީ ސީޒަންގައި އެފްއޭ ކަޕް އުފުލައިލީ ސިޓީންނެވެ. ސިޓީން ވަނީ ޖުމްލަ ހަތްފަހަރެއްގެ […]
އިބްރާހިމް ޚަލީލް
އިންޑިއާ ސަރުކާރުން ޕާކިސްތާނުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ބައެއް ބާވަތްތަކުގެ ވިސާތައް، ކަޝްމީރަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ބާޠިލުކޮށްފައިވާތި، އެޕްރީލް 24 އިން ފެށިގެން 4 ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ 537 ރައްޔިތުން އިންޑިއާއިން ފައިބައިފިއެވެ. މީގެ ތެރޭގައި 9 ޑިޕްލޮމެޓުންނާއި އޮފިޝަލުން ހިމެނެއެވެ. އަޓާރީ-ވަގާ ބޯޑަރުން މި މީހުން ވަނީ ޕާކިސްތާނަށް ގޮސްފައެވެ. ޖަމްމޫ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހިތާމަ ފާޅު...
އަޙްމަދު ދާއޫދު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިންޖީނު ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ކޮންޓްރޯލް ކޮށްފިއެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވެގެންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 06:19 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، ފަޔަރ ފައިޓަރުން ވަނީ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ކާމިޔާބުކޮށް، ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ. ލިވަޕޫލުން ވިހިވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ރޭ ލީގުގައި 5-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްގެންނެވެ. ރޭ މެޗަށް ނުކުތްއިރު ލީގު ކަށަވަރު ކުރުމަށް ލިވަޕޫލަށް ބޭނުންވެފައި އޮތީ ވެސް އެންމެ ޕޮއިންޓެކެވެ. އަދި ލީގުގައި ބާކީ ލިވަޕޫލަށް ހަތަރު މެޗު އެބައޮތެވެ. ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަވަރު […]
އިބްރާހިމް ޚަލީލް
ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 52،200 އިން މައްޗަށް އަރައިފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން އިއްޔެ ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 52،243 އަށް އަރައިފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 51 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި 115 މީހުން ޒަޚަމްވ...
އަޙްމަދު ދާއޫދު
މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ މަނިކުފާނު ބަސްދީގަތުމުގައި މިހެން ވިދާޅުވީ، “2025 އެޕްރީލް 18...
އައިޝަތު އައިނީ އާމިރު
ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމަތައް އޭސީ ކުރުމުުގެ ގޮތުން އެކަމަށް ބޭނުންވާ ކަރަންޓް ވަޔަރ ކުރުމުގެ ސާމާނާއި އޭސީ ފޭދޫ ކައުންސިލުން އެރަށު ސްކޫލަށް ހަވާލުކޮށްދީފިއެވެ. ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙުމަދު ރައިޝަމް “ތިލަދުން” އަށް މައުލޫމާތުދެއްވައި ވިދާޅުވެފައިވަނީ، ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ހާސްކަމާއި، އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު ހާސިލްކުރުމަށް ދަތިވެ، ކިޔެވުމަށް ބަހައްޓަން ޖެހޭ ޝައުޤުވެރިކަން ދައްވާކަމަށް ފާހަގަ ކުރެވޭކަމަށެވެ. އެހެ...
އައިޝަތު އައިނީ އާމިރު
ހއ. ހޯރަފުށީގައި ބޭއްވި “ތަޢުލަޤު ދީނީ ސުވާލު މުބާރާތް 2025” ކާމިޔާބު ކަމާއެކު ނިންމާލައި، މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 20 އިން 24 އަށް ބޭއްވި މި މުބާރާތުގައި ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ 60 ކުދިން ބައިވެރިވެފައިވާއިރު، މުބާރާތުގައި އެކި ގްރޭޑްތަކުން ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމު ދީފައިވެއެވެ. ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އަދި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […]
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސް މެލޭޝިއާއަށް ވަޑައިގެންނެވުމުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑރ. ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެ...
ޔުމްނާ ޢަލީ
މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފި އެވެ. ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ. އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން […]
ހުސައިން ހަބީބް
އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅުއްވާނީ ތަހުޒީބުކަމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާ ކަމަށެވެ. “އަޅު...
ޔުމްނާ ޢަލީ
މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ. މިހާރު ޤައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެފައިވާ ޤައުމަކީ މެލޭޝިއާ ކަމަށްވުމާއެކު، މި ދަތުރުފުޅުގެ ސަބަބުން އެ ޤައުމުގ...
ޔުމްނާ ޢަލީ
މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31 އަހަރު) އެވެ. ފާޠިމަތު ޝަހުދާގެ ޚަބަރެއް ނުވާތާ މިހާރު ވަނީ 6 ދުވަސް ވެފައެވެ. ފުލުހުންގެ ދިން މައުލޫމާތުގައި ވާގޮތުން، ފާޠިމަތު ޝަހުދާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ 20:00 ހާއިރުއެވެ. އޭނާ އެންމެ […]
ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޖެންޑާކޮށްފި އެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް […]
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވ...
ޔުމްނާ ޢަލީ