އޯޕަން އޭއައި ކުންފުނިން ޖީޕީޓީ-4އޯ އަޕްޑޭޓްކުރުމުން ނުރަނގަޅު ނަތީޖާއަކާ ކުރިމަތިވެއްޖެއެވެ. އޯޕަން އޭއައި ކުންފުނިން ވޭތުވެދިޔަ ހޮނިހިރު ދުވަހު ޖީޕީޓީ-4އޯ މޮޑެލް އަޕްޑޭޓް ކުރިއެވެ. މި އަޕްޑޭޓްގެ ބޭނުމަކީ ޗެޓްޖީޕީޓީގެ ހިލޭ ވަރޝަން ބޭނުންކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އޭގެ ބުއްދި އަދި ޝަޚްޞިއްޔަތު ފުރިހަމަކުރުމަށެވެ. ނަމަވެސް، އާދީއްތަ ދުވަހު ކުންފުނިން ހާމަކުރި ގޮތުގައި މި އަޕްޑޭޓަކީ އުންމީދުކުރިވަރަށް ކާމިޔާބު ނުވި އަޕްޑޭޓެކެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން އ...
އަޙްމަދު ދާއޫދު
ސްޕެއިން އަދި ޕޯޗުގަލްއަށް ދިމާވެފައިވާ ބޮޑު ކަރަންޓު ކެނޑުމަކަށްފަހު، ހޯމަ ދުވަހުގެ ހަވީރު ވަނީ ބައެއް ސަރަޙައްދުތަކަށް ކަރަންޓު އަލުން ފޯރުކޮށްދޭން ފަށާފައެވެ. މި ކަރަންޓު ކެނޑުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމު ހުއްޓި، ވައިގެ ދަތުރުތައް ލަސްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ކަރަންޓު ކެނޑުމުގެ އަސަރު ވަގުތީގޮތުން ފްރާންސްއަށްވެސް ކޮށްފައިވާކަން ރިޕޯޓުތަކުން ދައްކައެވެ. މި ކަރަންޓު ކެނޑުމުގެ ސަބަބު ބެލުމަށް ސަރުކާރުތަކުގެ ފަރާތުން މަސައްކަތްކުރަމުންދާއިރު، މިހާތަނަށް މިކަން ދިމާވި ސަބަބެއ...
އަޙްމަދު ދާއޫދު
ޣައްޒާއިން މިހާތަނަށް 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އާދީއްތަ ދުވަހު ބުނެފިއެވެ. މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ އިތުރުން 12,400 އަންހެނުން ވެސް ޝަހީދުވެފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގައި 2,180 އާއިލާ މުޅިން ނެތިގޮސްފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ 5,070 އާއިލާއިން މިހާރު ދިރިއުޅެނީ އެންމެ މެންބަރެއް ކަމަށެވެ....
އަޙްމަދު ދާއޫދު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗް ގެންގުޅުއްވާ ކަސްޓަމަރުންނަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. އުރީދޫ މޯލްޑިވްސްއިން މިއަދު ބުނެފައިވަނީ، މިހާރު ކުރިއަށްދާ ޚާއްޞަ އޮފަރގެ ދަށުން ޚިދުމަތް ނަންގަވާ ފަރާތްތަކަށް 6 މަސްދުވަހުގެ ހިލޭ އެޕަލް ވޮޗް ސެލިއުލަރ ޚިދުމަތް ލިބޭނެ ކަމަށެވެ. މި ޚާއްޞަ އޮފަރގެ މުއްދަތަށްފަހު، މަހަކު 200 ރުފިޔާއަށް ޚިދުމަތް ލިބޭނެއެވެ. އުރީދޫއިން އިތުރަށް ހާމަކޮށްފައިވަނީ، އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް […]
އިބްރާހިމް އަސްވާޤް
5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ 27 އޭޕްރިލް 2025 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި “ބްރިލިއަންޓް ކެރިއަރ” ނަމަކަށް ކިޔާ ދޯނި ކަމަށެވެ. މި ދޯނީގައި 5 މީހުން ތިބިއިރު، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ފުލުހުން ބުނީ، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައިކަމަށެވެ. އެއިރު […]
ޔުމްނާ ޢަލީ
މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތްތަށް މިއަދު ފަށައިފިއެވެ. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤުސަދުގައި، މި ޙިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔަ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު މެލޭޝިޔާއަށް ކުރަމުންދާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއެކު...
އައިޝަތު އައިނީ އާމިރު
ހދ. ނައިވާދޫގައި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯހެއް ފަށައިފިއެވެ. މި ކޯހަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ފަންޑުކޮށްގެން ކުރިއަށް ގެންދާ ކޯހެއްކަމަށް މަޢުލޫމާތު ލިބެއެވެ. ނައިވާދޫ ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މި ކޯސް ކިޔަވައިދެނީ ނައިވާދޫ ޑައިވް އެންޑް ވޯޓަރސްޕޯޓްސްގެ އޯނަރ އިންސްޓްރަކްޓަރ މަންސޫރު ޢަލީއެވެ. މި ކޯސް ނިންމުމާއި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ނައިވާދޫގައި މެއި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ […]
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްއިން ރާސްޓަސް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން “ރާސްޓަސް ސަޕްރައިޒް” ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ރާސްޓަސް ކުރާ ފަރާތްތަކަށް 100،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ ފިހާރައަކުން ވެސް ކޮންމެވެސް މިންވަރަކަށް ރާސްޓަސް ކުރުން ފުދޭނެއެވެ. އަދި ހަފުތާއަކު 700 ރުފިޔާއަށް ވުރެ ގިނައިން ރާސްޓަސް ކުރާ ފ...
އިބްރާހިމް އަސްވާޤް
މެލޭޝިއާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ދަޢުވަތު ދެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި “މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެ މިހާރަށްވުރެ ވަރުގަދަ، ވިޔަފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެ އާއި މެލޭޝިޔާ އާ ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅާފައިވާ ކަމަށް ދެ ޤައުމުން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވުނު ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުން ހިއްސާކުރާ އުސޫލުތަކާއި، އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުވ...
ޔުމްނާ ޢަލީ
18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދާފައިވާ ޚާއްޞަ ކޮމިޝަންގެ މެމްބަރުންގެ އަދަދު 5 އަށް އިތުރުކޮށްފިއެވެ. ރައީސްގެ ޤަރާރަކުން މި ކޮމިޝަން އުފެއްދެވީ އިއްޔެއެވެ. ރައީސް އޮފީހުން މިއަދު ބުނީ ލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު، މެލޭޝިޔާ އަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކޮށް ތިއްބެވީ ދެ ޤައުމުގެ އިސް ވެރިންކަމަށްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމު...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ފެނުގެ ނިޒާމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އާއި، އިނޮޅިވަރަމް ކައުންސިލްގެ މެމްބަރުންނާއި އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާއިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، ނިމިދިޔަ ސަރުކާރުން ފަށައިފައި...
އައިޝަތު އައިނީ އާމިރު
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގެ ދައުވާލިބޭ މީހުންބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު […]
ހުސައިން ހަބީބް
ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ދެކޮޅު ހަދައިފި އެވެ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ނަރީޝްގެ އިތުރުން އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ވަނީ ހުށަހަޅައިފަ […]
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ކުޅިވަރު، ޞިއްޙީ، ފަތުރުވެރިކަން އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ ދާއިރާތައް ހިމެނެއެވެ. ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މެލޭ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވައިފިއެވެ. މިއަދު ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައްދަލުކުރެއްވުމަށްފަހު ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސް...
ޔުމްނާ ޢަލީ