އުރީދޫ މޯލްޑިވްސްއިން ރާސްޓަސް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން "ރާސްޓަސް ސަޕްރައިޒް" ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ރާސްޓަސް ކުރާ ފަރާތްތަކަށް 100،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ ފިހާރައަކުން ވެސް ކޮންމެވެސް މިންވަރަކަށް ރާސްޓަސް ކުރުން ފުދޭނެއެވެ. އަދި ހަފުތާއަކު 700 ރުފިޔާއަށް ވުރެ ގިނައިން ރާސްޓަސް ކުރާ ފަރާތްތަކަށް ހަފުތާގެ ބޮޑު އިނާމުގެ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ހަފުތާގެ ލަކީ ޑްރޯގެ އިނާމުތަކުގެ ތެރޭގައި އެޕަލް ވޮޗް ސީރީޒް 9، އައިފޯން 15 ޕްރޯ މެކްސް، ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް، ނިންޓެންޑޯ ސްވިޗް، ޓީސީއެލް 55" ޓީވީ އަދި 5،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހިމެނިފައިވެއެވެ.

"ރާސްޓަސް ސަޕްރައިޒް" ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 30 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ރާސްޓަސް ކުރާ ހުރިހާ ފަރާތްތަކަށް ގްރޭންޑް ޕްރައިޒް ޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.